Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީއޭ އިން ޔާމީނާއެކު ކޯލިޝަން ނެހެދުން

ރައީސް ޔާމީނާއެކު ދެވަނަ ފަހަރަށް ކޯލިޝަން ނުހެދި ސަބަބު އެމްޑީއޭ އިން ބުނެދީފި!

ރައީސް ޔާމީނާއެކު ކޯލިޝަން ހެދުމަށްފަހު، އެމަނިކުފާނުގެ ސަރުކާރާއެކު ތަހައްމަލު ކުރަމުންދިޔައީ ވަރަށް ހިތްދަތި ދުވަސްތަކެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 06:39
ސިޔާމް އަދި ރައީސް ޔާމީން

ސިޔާމް އަދި ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއެކު ކޯލިޝަން ސަރުކާރެއް ފުރިހަމަކުރުމަށްފަހު، އެމަނިކުފާނާއެކު ކުރިއަށް ނުދިޔަ ސަބަބު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހާމަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީނާއެކު އެޕާޓީން ކުރިއަށް ނުދިޔުމުގައި ވަރަށް ގިނަ ސަބަބުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރައީސް ޔާމީނާއެކު ކޯލިޝަން ހެދުމަށްފަހު، އެމަނިކުފާނުގެ ސަރުކާރާއެކު ތަހައްމަލު ކުރަމުންދިޔައީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި ކޯލިޝަން ދެމެހެއްޓީ ޤައުމީ މަސްލަހަތަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިތް ނޭދޭ ވަރަށް ގިނަ ކަންތައްތައް ކުރިމަތިވި ކަމަށާއި ރާއްޖޭގެ ބައިތުލްމާލުން ފައިސާ ގެއްލިގެންދާން ޖެހޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރަކަށް ޕީޕީއެމްއާއެކު ކުރިއަށް ނުދިޔުމުގައި އެއީ އެންމެ ބޮޑު ސަބަބު ކަމަށާއި ކޯލިޝަންއާއެކު ހެދި އެގްރީމަންޓްގައި އޮތް 20 ޕަސަންޓްގެ ތެރެއިން 10 ޕަސަންޓް ވެސް ނުލިބޭ ކަމަށެވެ.

އެމްޑީއޭގެ ރައީސް ކޯލިޝަން ހައްދަވަނީ ސަރުކާރުން ލިބޭނެ ފައިދާތަކަށް ނޫންކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ދުނިޔޭގެ ފޮރިން ޕޮލިސީގެ ތެރެއިން ޕީޕީއެމްގެ ލީޑަރޝިޕުން ނާއި ރައީސް ޔާމީނު ވެސް އެޕާޓީން ހިތްހަމަނުޖެހޭ ވަރަށް ގިނަ ކަންތައްތައް ކުރައްވާފައިވާ ކަމަށެވެ.

ހުރިހާ ކަމެއް އޭރު ތަހައްމަލު ކުރަމުން ދިޔައީ އޭރު ހާލަތު ނާޒުކު ވުމުން ކަމަށެވެ. އޭރު ރައީސް ޔާމީނުގެ ސަރުކާރުން ޖުމްހޫރީ ޕާޓީ ވަކިވެ، އަދާލަތު ޕާޓީ ވެސް ވަކިވެ، ރައީސް މައުމޫން ވެސް ވަކިވެވަޑައިގަތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭ އާއި ޕީޕީއެމް އިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދިއެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބަށް ވެސް ރައީސް ޔާމީން ބޭނުންފުޅުވީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި ކޯލިޝަން ހަދައިގެން އިންތިހާބުގައި ވާދަ ކުރާށެވެ. ނަމަވެސް އެ އިންތިހާބުގައި އެމްޑީއޭ އިން ރައީސް ޔާމީނާއެކު ކޯލިޝަން ހަދާފަ އެއްނުވެއެވެ.  

މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

01 ފެބުރުއަރީ 2025
ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި

ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި

01 ފެބުރުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު