Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީއޭ އާއި އެކު ޑރ.މުއިއްޒުވީ އެއްބަސވްުން

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

1 ފެބުރުއަރީ 2025 | ހޮނިހިރު 14:55

އައްބާސް ވަނީ ވެރިކަން ހޯދަން އެމްޑީއޭގެ އެހީތެރިކަން ހޯދުމަށް ފަހު މިހާރު ސަރުކާރުން އަމަލުކުރަނީ ރަނގަޅަށް ނޫންކަމަށް ވެސް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ފެބުރުއަރީ 2025 | ހޮނިހިރު 14:55
އެމްޑީއޭގެ ލީޑަރ ސިޔާމް، މެމްބަރު އައްބާސް އަދި ރައީސް މުއިއްޒު

އެމްޑީއޭގެ ލީޑަރ ސިޔާމް، މެމްބަރު އައްބާސް އަދި ރައީސް މުއިއްޒު

މޯލްޑިވްސް ޑިޕޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ އެކު ރައީސް ޑރ.މުހައްމަދު ސަރުކާރުން ހަދާފައިވާ ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނެ ކަމަށް އެމްޑީއޭ އަށް ނިސްބަތްވެ ވަޑައިގަންނަވާ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އަށް މައުލޫމާތުދެއްވަމުން އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާޓީ ކަމަށްވާ އެމްޑީއޭ އާއި އެކު އެ އެއްބަސްވުން އެކުލަވާލީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށެވެ.

Advertisement - newsAdvertisement

އައްބާސް ވަނީ 2023ގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީއޭ އާއި އެކު އެއްބަސްވުމެއް އެކުލަވާލާފައިވާ އެއްބަސްވުމުގައި ސަރުކާރުގެ 15% އެމްޑީއޭ އަށް ދޭން އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ އެގްރީމެންޓްގައި ބުނާގޮތުން އެމްޑީއޭ އަށް 15% ލިބެން ޖެހޭ ކަމަށް ވީނަމަވެސް އެމްޑީއޭ އަށް ހައްގު މިންވަރު ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގައި ތިބި އެމްޑީއޭގެ މީހުންނަށް ބިރު ދައްކަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި އެމްޑީއޭއަށް ނިސްބަތްވާ 25 ވަރަކަށް ޕޮލިޓިކަލް އެޕޮއިންޓީސް ތިބި ނަމަވެސް އެމްޑީއޭގެ ސިޔާސީ ހަރަކާތްތަކުގައި އުޅުމުގެ އިޒުނައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގްރީމެންޓެއް ނޯންނާނެ ކަމަށް ސަރުކާރުން ބުނާ ނަމަ ރައީސް މުއިއްޒު ސޮއިކުރައްވާފައިވާ އެއްބަސްވުން އާއްމުންނާއި ހިއްސާކުރާނެ ކަަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް އިތުރު ފުރުސަތެއް ސަރުކާރަށް ދެނީ އެއްބަސްވީ ގޮތަށް އެމްޑީއޭ އާއި މެދު އަމަލުކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައްބާސް މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ އެމްޑީއޭއާ އެކު އެކުލަވާލާފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ.

އައްބާސް ވަނީ ވެރިކަން ހޯދަން އެމްޑީއޭގެ އެހީތެރިކަން ހޯދުމަށް ފަހު މިހާރު ސަރުކާރުން އަމަލުކުރަނީ ރަނގަޅަށް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްމޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 މެއި 2025

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ
26 ފެބުރުއަރީ 2025

ޒަކިއްޔާގެ މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް

26 ފެބުރުއަރީ 2025
ޒަކިއްޔާގެ މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް
01 ފެބުރުއަރީ 2025

ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި

01 ފެބުރުއަރީ 2025
ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި
09 ޑިސެމްބަރު 2024

އައްބާސްގެ ތުހުމަތު ފުލުހުންނަށް: މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ ފުލުހުންނާ ގުޅިގެން، ސީދާ ރަށްރަށުގެ ޕޮލިސްޓޭޝަންތަކުގައި އުޅޭ ފުލުހުންވެސް މަސްތުވާތަކެތި ބޭނުންކުރޭ

09 ޑިސެމްބަރު 2024
އައްބާސްގެ ތުހުމަތު ފުލުހުންނަށް: މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ ފުލުހުންނާ ގުޅިގެން، ސީދާ ރަށްރަށުގެ ޕޮލިސްޓޭޝަންތަކުގައި އުޅޭ ފުލުހުންވެސް މަސްތުވާތަކެތި ބޭނުންކުރޭ
05 ޑިސެމްބަރު 2024

ދައުލަތުގެ ކުންފުނިތަކުން އެމީހަކަށް އަތު ޖެހުނު ގޮތަކަށް ބޮޑެތި ވައްކަން ކުރަނީ: މެމްބަރު އައްބާސް

05 ޑިސެމްބަރު 2024
ދައުލަތުގެ ކުންފުނިތަކުން އެމީހަކަށް އަތު ޖެހުނު ގޮތަކަށް ބޮޑެތި ވައްކަން ކުރަނީ: މެމްބަރު އައްބާސް
23 ޖުލައި 2024

ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި

23 ޖުލައި 2024
ރައީސް އޮފީހުގެ މައްސަލައެއް ޕީޖީ ފުލުހަށް ހުށަހެޅިތަނާ "އިއްތިފާޤަކުން" ސަރުކާރު މެމްބަރުން ޕީޖީ ބޭރު ކުރައްވާނެކަމުގެ އިންޒާރުދީފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
14 ސެޕްޓެމްބަރު 2023

އެމްޑީޕީއާއެކު އެމްޑީއޭއިން ކޯލިޝަން ހެދީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްޤީކުރަން އެހެން ބަޔަކަށް ނޭންގޭތީ: ސާލިމް

14 ސެޕްޓެމްބަރު 2023
އެމްޑީޕީއާއެކު އެމްޑީއޭއިން ކޯލިޝަން ހެދީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްޤީކުރަން އެހެން ބަޔަކަށް ނޭންގޭތީ: ސާލިމް
13 އޯގަސްޓު 2023

ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް

13 އޯގަސްޓު 2023
ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް
09 އޯގަސްޓު 2023

އެހެން ރައީސަކު ނުވިސްނަވާ ވަރަށް ކުދި އާބާދީތަކާމެދު ވިސްނެވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ

09 އޯގަސްޓު 2023
އެހެން ރައީސަކު ނުވިސްނަވާ ވަރަށް ކުދި އާބާދީތަކާމެދު ވިސްނެވި ހަމައެކަނި ބޭފުޅަކީ ރައީސް ސާލިހު: ޑރ. ރަފިއްޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް