Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ޑްރަގް އޭޖެންސީ

އެންޑީއޭގެ ތާރީޚުގައިވެސް އެންމެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގީ މިދިޔަ ދޮޅު އަހަރު: ޝަމާއު

އެންޑީއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާތައްވެސް ފެންނަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ފެބުރުއަރީ 2023 | ހޮނިހިރު 06:23
ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ

ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ

މިދިޔަ ދޮޅު އަހަރަކީ އެންޑީއޭގެ ތާރީޚުގައިވެސް އެންމެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގުނު އަހަރުކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭގޮތުން އެ އޭޖެންސީގެ ބޭފުޅުންނާ ބުދަ ދުވަހު ވަނީ ބައްދަލު ކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވީ، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެންޑީއޭއަށް މުހިއްމު ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ.

އެންޑީއޭއިން ވަނީ ފާއިތުވި ދުވަސްތަކުގައި ކައުންސިލަރުންނަށް އަމާޒުކޮށް އެތައް ތަމްރީނު ޕްރޮގްރާމެއް ހިންގާފައެވެ. އެގޮތުން މިދިޔަ ދޮޅު އަހަރަކީ އެންޑީއޭގެ ތާރީޚުގައިވެސް އެންމެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގުނު އަހަރުކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މަސްތުވާތަކެއްޗާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް އިން އެޑިޝަން ސްޓަޑީޒްގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް އެންޑީއޭއިން އިއުލާނު ކޮށްފައިވާ ކަމަށެވެ.

މިހާރުވެސް ދެ ދަރިވަރަކު ރާއްޖެއިން ބޭރުން ޔޫރަޕްގައި އެ ދާއިރާއިން ފަންނު ޙާސިލު ކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެންޑީއޭއިން ހުޅުވާލި އަދަދަށް ދަރިވަރުން ކުރިމަތިނުލާކަމަށް ޝަމާއު ވިދާޅުވިއެވެ. އެއީ މި މަސައްކަތުގެ ބާވަތުންކަމަށް ވެދާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

އޭގެ އިތުރުން، މިހާރުވެސް އެންޑީއޭގެ މުވައްޒަފުންނާއި ކަރެކްޝަންސްގެ މުވައްޒަފުން ޕްރިޒަން ރިހެބިލިޓޭޝަނާ ބެހޭ ތަމްރީނުތަކެއް ފުރިހަމަކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ، ހަމައެކަނި އެންޑީއޭގެ ކަންކަން އިސްލާޙުކޮށްގެން ކަންކަން ރަނގަޅެއް ނުވާނެކަން މިހާރު ފެނިފައިވާ ކަމަށެވެ. ވުމާއެކު، މިހާރު މަސައްކަތް ކުރަމުންދަނީ އިދާރާތައް ގުޅިގެންކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ، އެންޑީއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާތައްވެސް ފެންނަމުންދާ ކަމަށެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީމަސްތުވާތަކެތިހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
22 ސެޕްޓެމްބަރު 2025

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!
01 ސެޕްޓެމްބަރު 2025

އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ

01 ސެޕްޓެމްބަރު 2025
އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ
17 ޖުލައި 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ

17 ޖުލައި 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
26 ޖޫން 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާދިނުމާއި މުޖްތަމައުއަށް ނެރުމަށް ސަރުކާރުގެ ސިޔާސަތެއް ނެތް - އެމްޑީޕީ

26 ޖޫން 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާދިނުމާއި މުޖްތަމައުއަށް ނެރުމަށް ސަރުކާރުގެ ސިޔާސަތެއް ނެތް - އެމްޑީޕީ
13 މެއި 2025

އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަން ނިންމައިފި

13 މެއި 2025
އޭސީޕީ ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރަން ނިންމައިފި
05 ފެބުރުއަރީ 2025

ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 ވަރަކަށް މީހުން - އެންޑީއޭ

05 ފެބުރުއަރީ 2025
ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 ވަރަކަށް މީހުން - އެންޑީއޭ
02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު