Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް

އިސްކަންދަރުން، ޣިޔާސުއްދީން ކޮޅަށްވެސް 18 ލަނޑު ޖަހައިފި

މޮޅާއެކު، މި ގްރޫޕްގެ އެއްވަނާގައި އޮތީވެސް އިސްކަންދަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2023 | ހޮނިހިރު 03:37
އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ތެރެއިން

އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން ވެސް އިސްކަންދަރު ސްކޫލް ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ހަވީރު ގްރޫޕް ޑީގައި ކުޅުނު މެޗު އިސްކަންދަރުން ކާމިޔާބުކުރީ 18-0ންނެވެ. މީގެ ކުރިން މުބާރާތުގައި އަމީނިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އިސްކަންދަރުން ވަނީ 29 ލަނޑު ޖަހާފައެވެ. ޣިޔާސުއްދީން ކޮޅަށްވެސް ލަނޑު ޖަހައި މޮޅަށް ކުޅުނީ، އެ މެޗުގައި ވެސް މޮޅަށް ކުޅުނު ކުޅުންތެރިންނެވެ. މެޗުގައި އިސްކަންދަރުގެ ލަނޑުތައް ޖެހީ، އީތަން އިބްރާހީމް ޒަކީއާއި މުހައްމަދު އިލާން އިމްރާންއާއި ޔޫސުފް އަޔާން އާމިރުއާއި އަހުމަދު ކައިމް ޣަޔާޝްއާއި އަލީ އިލާން އަހުމަދުއާއި މުހައްމަދު ރުހަމް ނާޝިދުއާއި މުހައްމަދު ލާމިހް އިމްތިޔާޒް، އަދި އަބްދުﷲ އައިދަހް ސާޖިދުއެވެ.

މީގެ ތެރެއިން އިލާން އެކަނި ވަނީ ފަސް ލަނޑު ޖަހާފައެވެ. އަމީނިއްޔާ ކޮޅަށް 13 ލަނޑު ޖެހި އިލާން ވަނީ މި މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. އިސްކަންދަރުގެ އަޔާން ތިން ލަނޑު ޖެހިއިރު، ކައިމް ވަނީ ދެ ލަނޑު ޖަހާފައެވެ. އިލާން، ރުހަމް، ލާމިހް އަދި އައިދަހް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހާފައެވެ.

މި މޮޅާއެކު މި ގްރޫޕްގެ އެއްވަނާގައި އޮތީވެސް އިސްކަންދަރެވެ. އެއީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއި ފައިދާ ލަނޑުންނެވެ.

އިންޓަރ ސްކޫލް ފުޓުބޯޅަ ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު