މާފަންނުގައި ހުރި ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި
ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ސިމާހާ ނަސީމް | 24 ފެބުރުއަރީ 2023 | ހުކުރު 17:14

ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުން
މާލެސިޓީގެ މާފަންނުގައި ހުރި ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފިއެވެ.
ފުލުހުން ބުނީ އެމީހާއަށް ހަމަލާ ދިނުމާއި ގުޅިގެން އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި ޒަޚަމްވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.









