Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ގުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތް: އޮޑިޝަނުން ހޮވުނު ބައިވެރިންނާއި ފަނޑިޔާރުން މިރޭ އިޢުލާންކުރަނީ

ހޮވުނު ބައިވެރިންނާއި ފަނޑިޔާރުން އިއުލާން ކުރާނީ މިރޭ 09:00ގައި ރާއްޖެ ޓީވީން

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 24 ފެބުރުއަރީ 2023 | ހުކުރު 04:41
"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންގެ ތެރެއިން

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަންގެ ތެރެއިން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް، "ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަނުން ހޮވުނު ބައިވެރިންނާއި، ފަނޑިޔާރުންގެ ނަންތައް އިޢުލާންކުރުން މިރޭ އޮންނާނެއެވެ.

ބައިވެރިންނާއި ފަނޑިޔާރުންގެ ނަންތައް ރާއްޖެޓީވީން އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 09:00 ޖަހާއިރުއެވެ. ރަންތާޖު ޤުރުއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ހޮވާ 20 ބައިވެރިން މިހާރު ވަނީ ހޮވާފައެވެ.

މުބާރާތުގެ އޮޑިޝަންގައި ބައިވެރިވި މީހުންގެ ތެރެއިން 20 ފަރާތް ހޮވުމުގެ ކަންކަން ކުރިއަަށް ދިޔައީ، މުބާރާތުގައި ކިޔެވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ކިޔެވުމަށް ފަނޑިޔާރުން ބެއްލެވުމަށް ފަހުގައެވެ.

ބާރާތުގެ އޮޑިޝަންތައް ނިންމާލީ ޖުމުލަ 111 ބައިވެރިންނާ އެކުގައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލެ ފިޔަވައި، އޮޑިޝަން ބާއްވާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަޙައްދެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ޤާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އޮޑިޝަންތަކުގައި ފަނޑިޔާރުކަން ކުރައްވާފައި ވަނީ އެކި ސަރަޙައްދުތަކަށް ބަހާލައިގެން، ކޮންމެ ސަރަޙައްދެއްގައި 3 ފަނޑިޔާރުންނެވެ.

ރަންތާޖު ޤުރުއާން މުބާރާތްރާއްޖެ ޓީވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
21 އޮކްޓޯބަރު 2025

"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!

21 އޮކްޓޯބަރު 2025
"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
03 އޮކްޓޯބަރު 2025

އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް

03 އޮކްޓޯބަރު 2025
އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް
30 ސެޕްޓެމްބަރު 2025

"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ

30 ސެޕްޓެމްބަރު 2025
"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ
30 ސެޕްޓެމްބަރު 2025

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ

30 ސެޕްޓެމްބަރު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ
22 ސެޕްޓެމްބަރު 2025

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
19 ސެޕްޓެމްބަރު 2025

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް
17 ސެޕްޓެމްބަރު 2025

މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ

17 ސެޕްޓެމްބަރު 2025
މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު