Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީންގެ ހައްޤުތައް ކަށަވަރުކުރުން

ރާއްޖޭގައި އުޅޭ ބިދޭސީންގެ ހައްޤުތައް ކަށަވަރުކުރުމުގައި ސަރުކާރުން ދެމި އޮންނާނެ: މިނިސްޓަރު ޝާހިދު

ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2023 | ހުކުރު 02:03
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންއިން އިންތިޒާމުކުރި "ރީޖަނަލް މީޓިންގ އޮން ދަ ޕްރޮޓެކްޝަން އޮފް މައިގްރަންޓްސް އިން ވަލްނަރަބަލް ސިޗުއޭޝަންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހިޖުރަކުރުމާ ގުޅިފައިވާ މައްސަލަތަކުގެ ހައްސާސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ކޮވިޑް-19ގެ ޢާލަމީވަބާއިން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި ބިދޭސީންގެ ބައިވެރިވުން ހިމެނުމަށް ސަރުކާރުން ދިން އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގައި އެކަކު އަނެކަކު ބަލައިގަތުމާއި ބައިވެރިވުން އިތުރުކުރުމާއި އިހުސާސްތައް ދެނެގަތުން އިތުރު ކުރުމަށްޓަކައި އ.ދ. އާއި މަދަނީ ޖަމިއްޔާތަކުގެ އެހީގައި މީސްމީޑިއާގައި ހިންގުނު ތަފާތު ޕްރޮގްރާމުތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ގޮތުން އެކުލަވާލާފައިވާ ގްލޯބަލް ކޮމްޕެކްޓް ފޯ ސޭފް، އޯޑާލީ އެންޑް ރެގިއުލަރ މައިގްރޭޝަންގެ 7 ވަނަ އޮބްޖެކްޓިވް ޢަމަލީގޮތުން ކުރިއަށް ގެންދިއުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ހޯދިފައިވާ ކުރިއެރުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބޭއްވުނު މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ހިޖުރަކުރުމާއި ހިޖުރަވެރިންނާ ގުޅޭގޮތުން ސަރުކާރުން ގެނެސްފައިވާ ޤާނޫނީ އިސްލާހުތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާ ގުޅޭގޮތުން 2021 ވަނަ އަހަރު އެކުލަވާލެވުނު ޤަވާއިދާއި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ފެންވަރު ކަނޑައެޅުމަށް 2021 ވަނަ އަހަރު އެކުލަވާލެވުނު ޤަވާއިދާއި 2022 ވަނަ އަހަރު އެކުލަވާލެވުނު އެމްޕްލޯއިމަންޓް އޭޖެންސީތަކުގެ ޤަވައިދު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ޤާނޫނީގޮތުން އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހުގެ ސީނިއަރ އެޑްވައިޒަރ އޮން މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް، ޕިއާ އޮބެރޯއި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް، ޚާއްސަކޮށް ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީން ޤަވައިދުތަކުގެ ތެރެއިން ނިޒާމުގެތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ހިޖުރަކުރުމާ ގުޅޭ ގްލޯބަލް ކޮމްޕެކްޓުގައި ބުނެފައިވާފަދައިން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭ ސިޔާސަތުގެ އުޞޫލުތައް ބޭނުންކޮށް ދިވެހި ސަރުކާރުން ކޮވިޑް-19ގެ ޢާލަމީވަބާގެ ދުވަސްވަރު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ ޤާނޫނީ ޙާލަތަށް ބެލުމެއް ނެތި، ވެކްސިން ފޯރުކޮށްދިނުމަށް ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ހިޖުރަކުރުމާއި ހިޖުރަވެރީންނާ ގުޅޭ ކަންކަމުގައި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ވެސް އެކަމަނާ މަރުހަބާ ދެންނެވިއެވެ.

މިބައްދަލުވުމުގައި ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް އޮފިޝަލުންނާއި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ރާއްޖޭގެ އޮފީހާއި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ އިސް ވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާރިޖީ ވުޒާރާފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު