Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫކްރެއިން ހަނގުރާމައަށް 1 އަހަރު ފުރުން

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 1 އަހަރު: ދުނިޔެ ނުތަނަވަސްކަމެއްގައި

1 އަހަރު ވީއިރު ރަޝިޔާ އޮތީ ހަނގުރާމާގައި އެންމެ ތަންފުކެއްވެސް ދޫ ދޭގޮތަކަށް ނޫން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 17:45
ބައިޑެން ޑިޕްލޮމެޓިކް މަސައްކަތްޕުޅުގައި

ބައިޑެން ޑިޕްލޮމެޓިކް މަސައްކަތްޕުޅުގައި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ހުކުރު ދުވަހު 1 އަހަރު ފުރޭއިރު، ހަނގުރާމަ އިތުރަށް ހޫނުވެގެން ދިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ދަނީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެމެރިކާގެ ރައީސް ޖޯބައިޑަން ބުދަ ދުވަހު ވަނީ، ޕޮލަންޑްގެ ވޮސޯގައި، ނޭޓޯގެ އިރުމަތީ ފަޅީގެ ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާފައެވެ. މި ގްރޫޕަކީ 2014 ވަނަ އަހަރު ރަޝިޔާގެ ރައީސް ޕޫޓިންގެ އެންގެވުމަށް ޔޫކްރެއިންގެ ކްރައިމިއާ ސަރަހައްދު ހިސޯރުކުރުމާ ގުޅިގެން އުފެއްދި ނޭޓޯގެ ކުޑަ ގްރޫޕެކެވެ. މިއިން ކޮންމެ ގައުމެއްގެވެސް މިހާރުގެ ބިރަކީ ޔޫކްރެއިންގައި ޕޫޓިންއަށް ކާމިޔާބު ލިބިއްޖެނަމަ ދެން އެއިން ގައުމަކަށް އަރާފާނެކަމުގެ ބިރެވެ.

މިބައްދަލުވުމުގެ ކުރިން ރައީސް ބައިޑެން ވަނީ ޔޫކްރެއިން ހިމެނޭގޮތުން އެސަރަހައްދަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައެވެ. ދަތުރުފުޅުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވިގޮތުގައި ޔޫކްރެއިން ހިފުމުން، އެކަން ފުރަތަމަ ވެގެންދިޔައީ ޔޫކްރެއިނަށް އެކަނި ކުރިމަތިވި ޓެސްޓަކަށެވެ. ނަމަވެސް މިއަދު އެކަން ބަދަލުވެގެން އައިގޮތުން ޔޫރަޕާއި އެމެރިކާއާއި، ނޭޓޯ، އަދި ދުނިޔޭގެ ހުރިހާ ޑިމޮކްރަސީއަކަށްވެސް ވަނީ ޓެސްޓަކަށް ވެފައިކަމަށް ވިދާޅުވިއެވެ.

ނޭޓޯގެ ބައްދަލުވުމުގައި މޯލްޑޯވާގެ ރައީސާ ވަނީ މިފަދަ ކަންބޮޑުވުމެއް ހާމަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އޭނާގެ ސަރުކާރު ވައްޓާލުމަށް ބޭރުގެ ނުފޫޒުތައް ބޭނުން ކޮށްގެން ރަޝިޔާއިން މަސައްކަތް ކުރަމުންދާކަމަށެވެ. ޔޫކްރެއިނާ އިންވެގެން އޮންނަ މޯލްޑޯވާއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަގީރު ގައުމެކެވެ. މޯލްޑޯވާއިން މިހާރު މަސައްކަތްކުރަމުން ދަނީ 27 ގައުމުގެ މައްޗަށް އެކުލެވޭ އީޔޫއާ ގުޅުމަށެވެ. ރައީސް ބައިޑަން ވަނީ މިމަގަށް މޯލްޑޯވާ ކުރާ މަސައްކަތް އެންޑޯޒް ކުރައްވާފައެވެ.

މޯލްޑޯވާއަށް އީޔޫގެ ކެންޑިޑޭޓް ސްޓޭޓަސް ލިބިފައިވަނީ ޔޫކްރެއިނާ އެއް ދުވަހަކު، މިދިޔަ ޖޫން މަހުއެވެ.

އެމެރިކާއިން އަޅާ މިފަދަ ކޮންމެ ފިޔަވަޅަކަށް ރަޝިޔާއިން އަންނަނީ ފާޑުކިޔައި، އެކަން ކުށްވެރިކުރަމުންނެވެ.

ޔޫކްރެއިން ހަނގުރާމާގައި ރަޝިޔާ ކުށްވެރިކޮށް ޔޫކްރެއިނުން ހުށަހެޅި ގަރާރާ ބެހޭގޮތުން މަޝްވަރާކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ އިމަރޖެންސީ ސެޝަނެއްވެސް ވަނީ ބުދަ ދުވަހު ފަށާފައެވެ.    

މި ސެޝަންގައި ތަގުރީރު ކުރައްވަމުން، ރަޝިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ވަސީލީ ނެބެންޒާ ވިދާޅުވީ، ހަނގުރާމާގައި ޔޫކްރެއިނަށް ހުޅަނގުން ދޭ ތަރުހީބުގެ ބޮޑު ކަމުން، ހަނގުރާމައިގެ ފުން އަނދަވަޅުގެ ތެރެއަށް މުޅި ދުނިޔެވެސް ވައްޓާލުމަށްވެސް ހުޅަނގުގެ ބާރުތަކުން ތައްޔާރަށް އޮތް ކަންހާމަވާ ކަމަށެވެ.

ވީ ކޮންމެ ގޮތަކުން ރަޝިއާ ބަލިކުރަން ހުޅަނގު އޮތީ ކެތްމަދުވެފައި ކަމަށާއި ހަމައެކަނި ޔޫކްރައިން ގުރުބާން ކޮށްގެން އެމީހުންނަށް ނުފުދޭކަމަށް ވިދާޅުވެފައި ވެއެވެ. 

ރަޝިއާގެ މަންދޫބު ވަނީ ހަނގުރާމަޔާ ބެހޭގޮތުން އެގައުމުން ބުނަމުން އައި ބުނުން ދިފާއުކުރައްވާފައެވެ. އާންމު މަޖިލީހާ މުޚާތަބު ކުރައްވަމުން މަންދޫބު ވިދާޅުވީ، ރަޝިއާގެ ކަންބޮޑުވުންތަކަށް ހުޅަނގުން އަޅާނުލައި ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ހުޅަނގުން ދަނީ ރަޝިއާގެ ބޯޑަރުތަކާ ކައިރިއަށް ނޭޓޯގެ އަސްކަރީ ބާރުވެރިކަން، ފަހަރަކަށްވުރެ ފަހަރެއް ފުޅާކުރަމުން ކަމަށެވެ.

ޚާއްސަ ސެޝަނާ މުޚާތަބްކުރައްވަމުން ޖެނެރަލް އެސެމްބްލީގެ ރައީސް ވަނީ، އެއް އަހަރު ވަންދެން އދ. މަޖިލީހާއި މުޅި ބައިނަލްއަގުވާމީ މުޖްތަމައުން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއަށް ގޮވާލަމުން އައިއިރުވެސް ހަނގުރާމަ ހުއްޓާފައި ނުވިނަމަވެސް މިކަމުގައި މިލިޓަރީ ބާރުވެރިކަން ބޭނުންކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ލޭއޮހޮރުވުމުގެ "ނަރަކަ"އިން މިންޖުކުރެވޭނީ ހަމައެކަނި ރަޝިޔާއަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަނެއްކޮޅުން ރަޝިޔާއިންވެސް ގެންދަނީ ރަހުމަތްތެރި ގައުމުތަކާ ބައްދަލުކޮށް އުކުޅުތައް ރާވަމުންނެވެ. މިގޮތުން ރައީސް ވްލަޑިމިއަރ ޕޫޓިންވަނީ ބުދަ ދުވަހު ޗައިނާގެ ޗީފް ޑިޕްލޮމޭޓް ވެންގ ޔީއާ ބައްދަލުކުރައްވާފައެވެ. އާންމުކޮން ބޭރުގެ ލީޑަރުންނާ ޕޫޓިން ބައްދަލުކުރައްވަނީ ވަރަށް ދިގު މޭޒެއްގެ އެއްކޮޅުގައި އިންނަވައި، އެބޭފުޅަކު އަނެއްކޮޅުގައި ބައިންދަވައިގެން ކަމަށް ވީނަމަވެސް، ވެންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ބޭއްވެވީ ސަލާންވެސް ކޮށްލެއްވޭހާ ގާތުގައި، މޭޒެއްގެ ދެފަރާތުގައި ތިއްބަވައިގެންނެވެ.

ޗައިނާ ފިޔަވައި ދެން ރަޝިޔާއަށް މަދަދު ދޭނެކަމަށް ފެންނަނީ ފްރާންސުންނެވެ. ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ދާދި ފަހުންވެސް ވިދާޅުވެފައިވަނީ، ރަޝިޔާ ހަނގުރާމާގައި ބަލިވުމަށް އެދިވަޑައިގެންނެވި ނަމަވެސް އެގައުމު ޗިސްޗިސް ވުމަށް އެދިވަޑައިނުގަންނަވާ ކަމުގައެވެ.

ކޮންމެއަކަސް، ހުކުރު ދުވަހު ރަޝިޔާއިން ކަންތައް ކުރާނެ ގޮތެއް އަދި ހަމަ ލަފާކޮށްލަންވެސް ނޭގެއެވެ. ނަމަވެސް ޔޫކްރެއިނުން އޮތީ ހަތިޔާރާއި ބަރު ވެހިކަލްތައް ނެރެ، ދީފާނެ އިތުރު ހަމަލާތަކަކަށް ތައްޔާރަށް ކަމަށް ބުނެއެވެ. އެންމެންގެ މިވަގުތުގެ ކަންބޮޑުވުމަކީ ޔޫކްރެއިން ފިޔަވައި އިތުރު ގައުމަކަށް ހަމަލާތައް އަމާޒުވެދާނެތީއެވެ.  

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު