Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

އެންމެފަހުން ލިވަޕޫލް ނުވިއްކަން ނިންމައިފި

21 ފެބުރުއަރީ 2023 | އަންގާރަ 02:59

ލިވަޕޫލް ގަތުމަށް މަސައްކަތް ކުރި ގަތަރު މީހުން މިހާރު ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 21 ފެބުރުއަރީ 2023 | އަންގާރަ 02:59
ލިވަޕޫލްގެ ބައެއް ކުޅުންތެރިން: ކުލަބު ނުވިއްކާނެ

ލިވަޕޫލްގެ ބައެއް ކުޅުންތެރިން: ކުލަބު ނުވިއްކާނެ

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ލިވަޕޫލް ވިއްކާލުމާމެދު ގޮތެއް ނުނިމި ދިގުލައިދިއުމަށްފަހު އެކަން ނުކުރަން މިހާރުގެ ވެރިން ނިންމައިފި އެވެ.

ލިވަޕޫލް ހިންގަމުންދަނީ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުންނެވެ. ކުލަބުގެ ހިންގުމުގައި އިސްދައުރެއް އަދާކުރާ އޯނަރު ޖޯން ވިލިއަމް ހެންރީ އާއި ޗެއާމަން ޓޮމް ވާނާ ކުލަބު ވިއްކާލާނެ ކަމަށް އިއުލާނުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއާއެކު ގަތަރާއި ސައޫދީ އަރަބިއާއިން ހުށަހެޅުންތައް ލިބުނު ނަމަވެސް ލިވަޕޫލް އެއްކޮށް ދޫކޮށްލަން ފެންވޭ ސްޕޯޓްސް ގްރޫޕުން ފަހުން ބޭނުމެއްނުވި އެވެ. ކުލަބު ގަތުމަށް ބޭނުންވި އަރަބި މަހުޖަނުން ފެއަށް ޖެހުނީ މިހެންވެ އެވެ.

ފެންވޭ ސްޕޯޓްސް ގްރޫޕުން 2010 ވަނަ އަހަރު ލިވަޕޫލް ގަތީ 300 މިލިއަން ޕައުންޑަށެވެ. މިހާރު އެކުލަބުގެ އަގު 3.7 ބިލިއަނަށް އަރައެވެ. ނަމަވެސް ފެންވޭ ސްޕޯޓްސް ގްރޫޕުން ކުލަބުގެ ބާރުތައް ނުވަތަ މެޖޯރިޓީ ޝެއާ ދޫކޮށްލަން ބޭނުންނުވުމުން ލިވަޕޫލާމެދު ޝައުގުވެރިކަން ފާޅުކުރި ހުރިހާ ފަރާތްތަކުން ރަސްމީކޮށް ވާހަކަ ދައްކަން ވަނީ އިންކާރުކޮށްފަ އެވެ. ލިވަޕޫލް ގަތުމަށް ޝައުގުވެރިވި ގަތަރުގެ ފަރާތްތަކުން މިހާރު މިސްރާބު ޖަހާފައިވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ގަތުމަށެވެ.

ވާދަވެރި ކުލަބުތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި ނިއުކާސަލް އާއި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް ވެސް މުއްސަދިން ހަރަދުކުރާ ކުލަބުތަކަށް ބަދަލުވާތީވެ ފެންވޭ ސްޕޯޓްސް ގްރޫޕުގެ ނިންމުމާމެދު ލިވަޕޫލްގެ ބައެއް ސަޕޯޓަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެމީހުން ދެކޭ ގޮތުގައި ކުރިމަގުގައި ވާދަވެރި އަދި ކާމިޔާބު ކުލަބެއްގެ ގޮތުގައި ދެމިއޮވެވޭނީ ފައިސާގެ ގޮތުން ތަނަވަސްވެވިގެންނެވެ. އެކަންވާން އޮތީ ކުލަބު ވިއްކާލައިގެން ކަމަށް ދެކޭ މީހުން ގިނަ އެވެ.

ފެންވޭ ސްޕޯޓްސް މިކަމާގުޅޭ ގޮތުން ނެރުނު ކުރު ބަޔާނުގައިވަނީ ލިވަޕޫލް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ކުލަބު ނުވިއްކައި ކުލަބަށް އިންވެސްޓްކުރާނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް