Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަންސޫ ފާޓީ ބޭނުންވަނީ ދިގު މުއްދަތަކަށް ބާސެލޯނާގައި މަޑުކުރަން

ފާޓީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2023 | އަންގާރަ 02:28
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަންސޫ ފާޓީ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަންސޫ ފާޓީ

ބޭނުންވަނީ ދިގު މުއްދަތަކަށް ބާސެލޯނާގައި މަޑުކުރުމަށް ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ބުނެފި އެވެ.

ފާޓީ މިހެން ބުނީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން ގެންގުޅޭ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެމުންނެވެ. އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ޕްރިމިއާ ލީގުގެ ކުލަބުތަކުން ފާޅުކޮށްފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ފާޓީ ދޫކޮށްލުމަކީ ބާސެލޯނާ އިން ބޭނުންވާ ގޮތެއް ނޫން ކަމަށް އެ ކުލަބުން ވެސް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން 2019 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ފާޓީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހު އެވެ. ފާޓީ ބުނީ މިހާރު އޭނާ ހުރީ އެ މުއްދަތާ ހަމައަށް ބާސެލޯނާގެ އެއްބަސްވުމެެއްގައި ކަމަށާއި، އޭނާގެ އުންމީދަކީ އިތުރު އަހަރުތަކަށް ވެސް އެ ކުލަބުގައި މަޑުކުރަން ކަމަށެވެ. ފާޓީ ބުނީ ބާސެލޯނާގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި، އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި އަށް މިހާރު އޭނާ މުޅިން ހޭނިއްޖެ ކަމަށެވެ.

ފާޓީ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 91 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި އެ ޓީމަށް ކުޅެދިން 33 މެޗުން އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. ބާސެލޯނާއާއެކު ފާޓީ ވަނީ ކޮޕަ ޑެލް ރޭ މުބާރާތަކާއި، ސްޕެނިޝް ސުޕަ ކަޕް މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު