Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

މިނިސްޓަރ މާރިޔާ އަށް ފިޔަވަޅު އަޅަން ގޮވާލާ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

20 ފެބުރުއަރީ 2023 | ހޯމަ 12:38

އެ ކުއްލި މައްސަލަ އަށް ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 8 މެމްބަރުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ފެބުރުއަރީ 2023 | ހޯމަ 12:38
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަދައްކަވަނީ

ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަދައްކަވަނީ

ސިފައިންގެ ޚިދުމަތުގައި އުޅުނު މީހަކަށް މަލާމާތްކޮށްފައިވާތީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި މެދު ފިޔަވަޅު އެޅުމަށާއި، އާއްމުންގެ ކިބައިން މަޢާފަށް އެދުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މަޖިލީހަށް ހާޒިރުވެވަޑައިގެން ތިބެވި 48 މެމްބަރުންގެ ތެރެއިން އެ ކުއްލި މައްސަލަ އަށް ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 8 މެމްބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ވޯޓުދެއްވީ އެ ކުއްލި މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ދިފާއީ ވަޒީރު ރާއްޖެއިން ބޭރުގައި ހުރި ދިވެއްސަކު އުފުލި ތަކުލީފުތަކަށް މަލާމާތްކޮށް ޖޯކު ޖެހުމުން އެކަން ބަލާދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ. އޭނާ ވިދާޅުވީ މާރިޔާ ޖޯކު ޖެހި އަބްދުއް ސަމަދު އަކީ ސިފައިންގެ ޚިދުމަތުގައި އުޅުއްވާ ޝަރަފްވެރިކަމާއި އެކު ރިޓަޔަރކުރައްވާފައިވާ ބޭފުޅަކަށް ވާއިރު އޭނާ އާއި މެދު މާރިޔާ ގެންގުޅުއްވާފައި ވަނީ ދަށު ދަރަޖައިގެ ބަސްމަގު ކަމަށެވެ. ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ މިނިވަންކަން ސަލާމަތްކުރަން ފުރަތަމަ ކުރިމަތިލާން ތިބި ބަޔެއް ކަމަށާއި އެފަދަ ފަރާތަކުން ގައުމަށް ގައްދާރު ނުވާނެ ކަމަށް މެމްބަރު ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ބުނެފައެވެ. ސިފައިންނާއި ފުލުހުންނަށް ޑިފެންސް މިނިސްޓަރަކު ބަދު ބަސް ބުނުމަކީ އާާއްމު ކަމެއް ކަމަށް ވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އެހެންކަމުން އެކަމާއި މެދު ފިޔަވަޅު އަޅާ ދިނުމަށާއި، މާރިޔާ ރައްޔިތުންގެ ކިބައިން މާޢާފަށް އެދުމަށް ވެސް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހުކުރު ދުވަހުގެރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ސަމަދަކީ ސިފައިން ގޭގައި މަސައްކަތް ކުރި މީހެއްކަމަށް ބުނެ އިންޑިއާއިން ޑީޕޯޓްކޮށްލުމުން މިޑިއާތަކަށް ދިން އިންޓަރވިއުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދު ދެއްވާފައެވެ. މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އެއީ މާރިޔާ ސަމަދަށް ކުރެއްވި ވަރަށް ބޮޑު "މަލާމާތެއް" ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް  މާރިޔާ ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ޓްވީޓެއް ކުރައްވާ އޭނާގެ ވާހަކަ ދިފާއުކުރައްވާފައެވެ. 

އިދިކޮޅު ކޯލިޝަނުން، ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ދިފާއުގައި ކަމަށް ބުނެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބާއްވަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިންގައި އިސް ސަފުގައި އުޅޭ ސަމަދު، މި މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓީ އޭނާ ބޭސްފަރުވާއަށް އާއިލާއާ އެކު ބެންގަލޫރަށް ގޮސް އުޅެނިކޮށެވެ.

އިންޑިއާގެ އިމިގްރޭޝަނުން ސަމަދު ޑީޕޯޓްކޮށްލާފައިވާއިރު، މީގެ ކުރިން އެ ޕާޓީގައި ހުރި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކް ވެސް އިންޑިއާއިން އަނބުރާ ފޮނުވާލިއެވެ. އެއީވެސް އެފަދަ މައްސަލައެއްގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް