Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީ-ސީރިއާ ބިންހެލުން

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

އޮސްޓްރޭލިއާގެ ރެސްކިއު ޓީމަކުންވެސް ހަތޭގައި ދަނީ ހަރަކާތްތެރިވަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2023 | ހޯމަ 10:33
ތުރުކީގައި ހަރަކާތްތެރިވަމުންދާ ވޮލެންޓިއަރުން

ތުރުކީގައި ހަރަކާތްތެރިވަމުންދާ ވޮލެންޓިއަރުން

މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައިގެން ވާނެ ގެއްލުމެއް ނޯންނާނެކަން އެންމެ ސާފުކޮށް ފެނިގެންދާ އެއް ތަނަކީ ތުރުކީވިލާތުގެ ހަތޭ ޕްރޮވިންސްއެވެ. ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުމުގައި މުޅި ސަރަޙައްދު އެފުށް މިފުށަށް ޖެހިފައި އޮތް އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ވޮލަންޓިއަރުން، އެ ސަރަޙައްދުގައި އެހީތެރިވަމުން ދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފެބުރުއަރީ 19 ވަނަ ދުވަހު، ރޮއިޓަރޒްއާ ވާހަކަދެއްކި ބައެއް ވޮލަންޓިއަރުން ވަނީ، ކޮންމެ ހާލަކައިގެންވެސް ތުރުކީވިލާތަށް އެހީވުމަށް އެމީހުން އަތުކުރި އޮޅާލި ސަބަބުން ހިއްސާކޮށްފައެވެ.

ހަތޭ ޕްރޮވިންސްގައި މިވަގުތު ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ އެކަކީ ޔޫކްރައިންގެ ވެރިކަން ކުރާ ކިއޭވްއަށް އުފަން، ޢުމުރުން 34 އަހަރުގެ އަރޓެމްއެވެ. އޭނާ ބުނި ގޮތުގައި ތުރުކީވިލާތަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ، ތުރުކީވިލާތުގެ ރައްޔިތުންގެ ފަރާތުން، އޭނާގެ އުފަން ވަޒަނުގެ އަހުލުވެރިންނަށް ލިބެމުންދިޔަ އެހީތެރިކަމުގެ ސަބަބުންނެވެ. ހެޔޮ ކަމުގެ ބަދަލުގައި، ހަމަ އެފަދަ ހެޔޮ ކަމެއް ކޮށްދިނުމުގެ ބޭނުމުގައެވެ.

ބޭރަކްތާރު ޓީބީ2 ޑްރޯންއެއް ޔޫކްރައިންއަށް ފޯރުކޮށްދިނުމަށްޓަކާ ލިތުއޭނިއާގެ އާންމުން ފައިސާ އެއްކުރި ހިސާބުން، އެ މޮޑެލްގެ ޑްރޯންއެއް ޔޫކްރައިންއަށް ހަދިޔާ ކުރުމަށްޓަކާ، ތުރުކީވިލާތުގެ ޑިފެންސް އިންޑަސްޓްރީ އޭޖެންސީއިން ލިތުއޭނިއާއަށް ދޭން ނިންމާފައި އޮތްކަން، ލިތުއޭނިއާގެ ޑިފެންސް މިނިސްޓްރީއިން އިއުލާން ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އެމެރިކާގައި ދިރިއުޅެމުންދާ ކޮރެއާ ދަރިކޮޅުގެ ސޮލޮމޮން ސޮންގްވެސް މިވަގުތު ހުރީ ތުރުކީވިލާތުގައެވެ. ތުރުކީވިލާތުގައި ހާލުގައި ޖެހިފައިވާ ކޮރެއާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައެވެ. ސޮލޮމޮން ބުނި ގޮތުގައި ތުރުކީވިލާތުގެ މީހުންނަކީ ހަނގުރާމައިގެ ދުވަސްވަރު، ކޮރެއާ މީހުންނަށް އިންތިހާއަށް އެހީތެރިކަން ފޯރުކޮށްދިން ބައެކެވެ. އަދި މިއީ އެކަމުގެ އަގު އަދާ ކުރަންވީ ވަގުތު ކަމަށް ޤަބޫލު ކުރެވޭ ކަމަށްވެސް ސޮލޮމޮން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ރެސްކިއު ޓީމަކުންވެސް ހަތޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެ ޓީމުން ތުރުކީވިލާތުގައި ހަރަކާތްތެރިވަމުން ދަނީ ކުރިމަތިލާން ޖެހިފައިވާ ފުން ހިތާމަ ހިއްސާ ކުރުމުގެ ގޮތުންކަން، ރެސްކިއު ނިއުސަތު ވޭލްސް ސްޓޭޝަން އޮފިސަރ، ސްކޮޓް ހޭންލީގެ ވާހަކަތަކުން ހާމަވެއެވެ.

ތުރުކީވިލާތާއި ސޫރިޔާ ހިއްސާކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ކާރިޘާގައި މަރުވި މީހުންގެ ޢަދަދު، ފެބުރުއަރީ 20 ވަނަ ދުވަހަށް އަލިވިލުނުއިރު ވަނީ ބައި ލައްކައަށް އަރަން ގާތްވެފައެވެ. އެތައް ސަތޭކަ ހާސް އެޕަރޓްމަންޓެއް ސުންނާފަތިވެ، ގިނަ ބަޔަކަށް ވީނުވީއެއް އަދިވެސް ކަށަވަރު ވެފައި ނުވާ އިރު، މަރުވި މީހުންގެ ޢަދަދުތައް އަދިވެސް އިތުރަށް މައްޗަށް ދާނެ ކަމީ، ޤަބޫލުކުރަން ޖެހިފައި އޮތް ހިތްދަތި ޙަޤީޤަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު