Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމުތަކުގެ ސަފީރުން

8 ޤައުމެއްގެ ސަފީރުން ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

20 ފެބުރުއަރީ 2023 | ހޯމަ 02:06

ފަތްކޮޅު އަރުވައިފައިވަނީ މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކްގެ އައު ސަފީރުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ފެބުރުއަރީ 2023 | ހޯމަ 02:06
ޤައުމުތަކުގެ އައު ސަފީރުން ފަތްކޮޅު އެރުވުން

ޤައުމުތަކުގެ އައު ސަފީރުން ފަތްކޮޅު އެރުވުން

އަށް ޤައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ފަތްކޮޅު އަރުވައިފައިވަނީ މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުން، ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

ރައީސަށް ފަތްކޮޅު އެރުވި 8 ޤައުމުގެ ސަފީރުންނަކީ، މޮންގޯލިއާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު ގަންބޯލްޑް ޑަމްބަވް، އާއި ފްރާންސް ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އާއި ރަޝިއާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު ލިވަން އެސް ޖަގަރްޔަން އާއި ސާރބިއާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު ސިނިސާ ޕަވިޗް އާއި ހެލެނިކް ރިޕަބްލިކް ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ އާއި ސްލޮވޭނިއާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު މަތާޔާ ވޮޑެބް ގޯޝް، އާއި ނެމީބިއާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު ގެބްރިއެލް ޕީ. ސިނިމްބޯ، އަދި ކެނެޑާ ސަރުކާރުން ކަނޑައެޅުއްވި އައު ސަފީރު އެރިކް ވޯލްޝްއެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެހެން ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވިފައިވާކަމަށާއި، އެކަން ހާސިލްކުރުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ އިންސާނީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމާއި ޑިމޮކްރަސީ ހަރުދަނާކުރުމާއި އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުން، މިތިން އަސާސްގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދަތުރުފަތުރުކުރުމުގައި ލުއިފަސޭވުމަކީ ސަގާފީ ގުޅުންތަކާއި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ހިތްވަރު ލިބި ސުލްހަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާސިލްވެވޭނެ ފާލަމެއްކަމުގައި ވިދާޅުވިއެވެ.

ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެޤައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އައު ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖުލައި 2017

ޑރ. ނަސީރު ސަފީރުކަމުގެ ފަތްކޮޅު އދ ގެ ސެކެރެޓަރީ ޖެނަރަލްއަށް އަރުއްވައިފި

27 ޖުލައި 2017
ޑރ. ނަސީރު ސަފީރުކަމުގެ ފަތްކޮޅު އދ ގެ ސެކެރެޓަރީ ޖެނަރަލްއަށް އަރުއްވައިފި
20 ޖުލައި 2017

އިންޑިއާގެ އާ ރައީސަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

20 ޖުލައި 2017
އިންޑިއާގެ އާ ރައީސަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
12 ޖުލައި 2017

ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު

12 ޖުލައި 2017
ސިޔާސީ މަސައްކަތަށް އެކި މީހުން ދިން ފައިސާ ހަރަދުކުރި ގޮތް ރައީސަށް ހިއްސާ ކުރިން:އަދީބު
24 ޖޫން 2017

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި

24 ޖޫން 2017
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ރައީސަށް ތައުޒިޔާ ފޮނުއްވައިފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
19 އެޕްރީލު 2017

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް