Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އަހަރަމެންނަކީ ތަފާތު ޓީމެއް، އަބަދުވެސް ކުރިއަށް ދެވޭނެ: އެމްބާޕޭ

20 ފެބުރުއަރީ 2023 | ހޯމަ 02:34

އެމްބާޕޭ ބުނީ ޕީއެސްޖީން ދައްކައިދިނީ އެމީހުންގެ އެންމެ ރަނގަޅު ނޫން ދުވަހު ވެސް އެ ޓީމަކީ ތަފާތު ޓީމެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ފެބުރުއަރީ 2023 | ހޯމަ 02:34
ޕީއެސްޖީ އަށް ކުޅެމުން އަންނަ މެސީ، އެމްބާޕޭ އަދި ނޭމާ

ޕީއެސްޖީ އަށް ކުޅެމުން އަންނަ މެސީ، އެމްބާޕޭ އަދި ނޭމާ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ ތަފާތު ޓީމެއް ކަމަށާއި، އަބަދު ވެސް ކުރިއަށް ދެވޭނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޒުވާން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ މިހެން ބުނީ ފްރާންސް ލީގުގައި ލީލްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނުކުތްއިރު ޕީއެސްޖީން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އެކަމުގެ ސަބަބުން ޕީއެސްޖީ އަށް މި ސީޒަންގައި އޮތީ އުނދަގޫތަކަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ލީލްގެ މައްޗަށް ޕީއެސްޖީ އަށް ކުރި ހޯދުނީ އުނދަގޫ ގޮތަކަށެވެ. ދެ ލަނޑުން ޕީއެސްޖީން ލީޑު ކުރަމުން ދަނިކޮށް ލީލް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެމްބާޕޭގެ ލަނޑުން މެޗުގެ ނަތީޖާ ޕީއެސްޖީން ހަމަހަމަކުރިއިރު، ފަހު ވަގުތު މޮޅުކޮށްދިނީ ލިއޮނަލް މެސީ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، އުނދަގޫ ހާލަތަކުން އަރައި ގަނެވެއްޖެ ކަމަށާއި، ލީލްއާ ދެކޮޅަށް ދެއްކުނީ ޕީއެސްޖީގެ އެންމެ މޮޅު ކުޅުން ނޫން ކަމަށެވެ. އެމްބާޕޭ ބުނީ އެ މެޗުގައި ޕީއެސްޖީ އަށް ބައިވަރު ގޯސްތަކެއް ހެދުނު ކަމަށެވެ. އަދި ރަނގަޅު ފެންވަރެއްގައި ކުޅޭ ޓީމަކާ ދެކޮޅަށް ކުޅެ ހެދުނީ އާދައިގެ ގޯސްތަކެއް ކަމަށެވެ. އިތުރަށް އެމްބާޕޭ ބުނީ ޕީއެސްޖީން ދައްކައިދިނީ އެމީހުންގެ އެންމެ ރަނގަޅު ނޫން ދުވަހު ވެސް އެ ޓީމަކީ ތަފާތު ޓީމެއް ކަމަށެވެ. އަދި ޕީއެސްޖީގައި ތިބީ ވެސް ވަރަށް ތަފާތު ކުޅުންތެރިން ކަމަށާއި، އެންމެން އެކުގައި ހުރިހާ ކަމަކުން އަރައިގަނެ ކުރިއަށް ދެވޭނެ ކަމަށެވެ.

ފްރާންސް ލީގުގައި ޕީއެސްޖީ އޮތީ ތާވަލްގެ އެއް ވަނައިގަ އެވެ. ނަމަވެސް އެމީހުން އެންމެ ބޭނުންވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިއަހަރު ވެސް އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެ މުބާރާތުގެ ގަދަ 16 ގައި އަމިއްލަ ދަނޑުގައި ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ. ދެ ވަނަ ލެގު އޮންނާނީ ބަޔާންގެ ދަނޑުގަ އެވެ. ކުއާޓާ ފައިނަލަށް ޕީއެސްޖީ އަށް ދެވޭނީ އެ މެޗުގައި ބަޔާން ބަލިކޮށްގެންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް