Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

މިއަހަރުގެ ސްޕޯޓްސް އެވޯޑްސް އަންނަ މާޗު މަހުގެ 16ގައި، ލެޖެންޑުން ބައިވެރިވާނެ

މިދިޔަ އަހަރު ބޭއްވި ސްޕޯޓްސްް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ދުނިޔޭގެ ކުޅިވަރުގައި ވިދަމުން އަންނަ ފަރާތްތަކާއި ކުރީގެ ލެޖެންޑުން ވެސް ވަނީ ބައިވެރިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ފެބުރުއަރީ 2023 | ހޯމަ 02:31
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022

މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ މާޗު މަހުގެ 16 ދުވަހުން ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ އެކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގަ އެވެ. މިއީ މެދުކެނޑުމަކަށްފަހު ސަރުކާރުން މި އެވޯޑު ބާއްވާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ވެސް މި އެވޯޑު ހަފްލާ ވަނީ މާލޭ ސިންތެޓިކް ޓްރެކްގައި ބާއްވައިފަ އެވެ. މިދިޔަ އަހަރު ބޭއްވި ސްޕޯޓްސްް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ދުނިޔޭގެ ކުޅިވަރުގައި ވިދަމުން އަންނަ ފަރާތްތަކާއި ކުރީގެ ލެޖެންޑުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ކުލަ ގަދަކޮށް ސްޕޯޓްސް އެވޯޑްސް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން ރާއްޖެ އެމްވީއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މިއަހަރުގެ އެވޯޑު ޙަފްލާ ވެސް ކުރިއަށް ދާނީ މިދިޔަ އަހަރެކޭ އެއް ގޮތަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އެވޯޑު ޙަފްލާގައި ވެސް ކުޅިވަރުގެ ލެޖެންޑުން ބައިވެރިވާނެ ކަމަށެވެ.

މިދިޔަ އަހަރު މި އެވޯޑު ތައާރަފް ކުރުމަށް ފަހު މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ޤައުމަށް ރީތި ނަން ހޯދައިދޭ އެތުލީޓުންގެ މަސައްކަތް ފާހަގަ ކުރުމުގެ ބޭނުމުގައި ތައާރަފް ކުރި އެވޯޑެއް ކަމަށެވެ. މިދިޔަ އަހަރު އޮތް އެވޯޑް ހަލްފާގައި ވަނީ ހުރިހާ ކުޅިވަރަކުން ވެސް އެވޯޑު ދީފަ އެވެ. އެގޮތުން 18 ކުޅިވަރަކުން ފާހަގަ ކުރެވޭ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ވަނީ އެވޯޑު ދީފަ އެވެ.

މިދިޔަ އަހަރުގެ އެވޯޑު ހަފްލާގައި ބައިވެރިވި ޝަޚުސިއްޔަތުންގެ ތެރޭގައި ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، މިޝެލް ސަލްގާޑޯ، އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ، ފުޓުބޯޅަ ލެޖެންޑް ރެފްރީ މާކަސް މާކްގެ އިތުރުން އެހެނިހެން ފަރާތްތައް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ބޭއްވި އެވޯޑު ހަފްލާއާއެކު ރާއްޖޭގެ ނަން ވަނީ ބޭރު ޤައުމުތަކުގެ މީޑިއާ އަށް ވެސް އަރައިފަ އެވެ. މީގެ އިތުރުން އެ އެވޯޑް ހަފްލާ އަށް ވަނީ ދުނިޔޭގެ ސަމާލުކަން ވެސް ލިބިފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު