Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވެއްޓުނު ޢިމާރާތްތަކުގެ ދަށަށް އުފަންވި ކުއްޖާ

ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށަށް އުފަންވި ކުއްޖާ، ދެމަފިރިއަކާ ހަވާލުކޮށްފި

ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އުފަންވި އެ ތުއްތު ކުއްޖާ ހޯދަން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އެދެމުން ދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2023 | އާދީއްތަ 12:40
ވެއްޓުނު ޢިމާރާތްތަކުގެ ދަށަށް އުފަންވި ކުއްޖާ އުރާލައިގެން

ވެއްޓުނު ޢިމާރާތްތަކުގެ ދަށަށް އުފަންވި ކުއްޖާ އުރާލައިގެން

ތުރުކީވިލާތާއި ސޫރިޔާ ހިއްސާކުރާ ބޯޑަރު ސަރަޙައްދަށް މިމަހު ކުރީކޮޅު އައި ބާރުގަދަ ބިންހެލުމުގެ ކާރިޘާއާ ގުޅިގެން ކުރިއަށް ގެންދާ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ކުއްޖަކީ، ބިންހެލުމުގެ ތެރެއަށް އުފަންވެފައި އޮއްވާ ފެނުނު ތުއްތު ތުއްތު ކުއްޖާއެވެ. ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އުފަންވި އެ ތުއްތު ކުއްޖާ ހޯދަން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އެދެމުން ދިޔައެވެ.

ރެސްކިއު އޮޕަރޭޝަންގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެންމެ ގަދައަށް ވައިރަލްވި އެއް ވީޑިއޯއަކީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުން، ހިރަފުހުން ތަތްތެޅިފައި އޮތް ތުއްތު ކުއްޖާ ނަގައިގެން އަންނަ މަންޒަރު ފެންނަ ވީޑިއޯއެވެ.

ވީޑިއޯއިން ފެންނަ ތުއްތު ކުއްޖާއަކީ ޢަބްދުﷲއާއި އަފްރާ މްލެއިހާންގެ ދެމަފިރިންނަށް އުފަންވި ދަރިއެއްކަން ވަނީ ފަހުން ދެނެގަނެވިފައެވެ. އެ ހާދިޘާގައި، ތުއްތު ކުއްޖާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ އެހެން ކުދިން ވަނީ މި ދުނިޔެއާއި ވަކިވެފައެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ޙަލަބް ޕްރޮވިންސްގެ ޖަންދާރީސް އަވަށަށް އުފަންވި އެ ތުއްތު ކުއްޖާ ވަނީ ޔަޠީމުވެފައެވެ.

ތުއްތު ކުއްޖާއަށް ފަރުވާ ދީފައިވަނީ ޖީހާން ހޮސްޕިޓަލުގައެވެ. އެއީވެސް އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ސަރަޙައްދެއްގައި ހުންނަ ހޮސްޕިޓަލެކެވެ. އެ ތުއްތު ކުއްޖާ ނިސްބަތްވަނީ ކޮން ޢާއިލާއަކަށްކަން ދެނެގަނެވެންދެކަށްވެސް އޮތީ ހޮސްޕިޓަލުގައެވެ.

ތުއްތު ކުއްޖާގެ ޢާއިލާއިން އެ ކުއްޖާއާ ޙަވާލުވީ ފެބުރިއަރީ 18 ވީ ހޮނިހިރު ދުވަހުއެވެ. ތުއްތު ކުއްޖާއާ ހަވާލުވީ އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތަ ޙާލާއާއި އޭނާގެ ފިރިމީހާ ޚަލީލް އަލް-ސަވާދީއެވެ. ޙާލާގެ ދެމަފިރިން، ތުއްތު ކުއްޖާއަށް ނަން ދިނީ އެ ދަރިފުޅުގެ މަންމަގެ ނަމުންނެވެ. މިއަދު އެއީ އަލް-މަރްޙުމާ އަފްރާގެ ލޯބިލޯބި އަފްރާއެވެ.

ޙާލާގެ ދެމަފިރިންނަށްވެސް ދާދިފަހުން ވަނީ ދަރިއަކު ލިބިފައެވެ. ފިޔާތޮށި ކުލައިގެ ފޮތިގަނޑެއްގެ ތެރެއަށްލާ އޮޅާލައިގެން އެއް އަތުން އަފްރާ އުރާލައިގެން އަލް-ސަވާދީ އިން އިރު، ނޫކުލައިގެ ފޮތިގަނޑެއްގެ ތެރެއަށްލާ އޮޅާލައިގެން އަނެއް އަތުން އުރައިގެން އިނީ އޭނާގެ އަމިއްލަ ދަރިފުޅު އަޠާއެވެ. އަޠާ އުފަންވީ ބިންހެލުން އައިތާ 3 ވަނައަށް ވީ ދުވަހުއެވެ. އަލް-ސަވާދީ ބުނި ގޮތުގައި އޭނާ އެ ދެދަރިންވެސް ބޮޑު ކުރާނީ އެކީގައެވެ.

އަލް-ސަވާދީގެ ޢާއިލާ ދިރިއުޅެމުންދާ ޖަންދާރީސްއަކީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަޙައްދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!

ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!

23 ފެބުރުއަރީ 2023
ބިންހެލުމަކަށް އުފަންވި ކެފޭ އޯނަރުގެ ފަރާތުން ތުރުކީވިލާތަށް ހާއްސަ ހައިރާތެއް!

ބިންހެލުމަކަށް އުފަންވި ކެފޭ އޯނަރުގެ ފަރާތުން ތުރުކީވިލާތަށް ހާއްސަ ހައިރާތެއް!

12 ފެބުރުއަރީ 2023
ކާރިޘާއެއްގެ މެދަށް އުފަންވި 'ގަރބަލައިޒަރ' ދިނީ ޢުއްމީދީ މެސެޖެއް

ކާރިޘާއެއްގެ މެދަށް އުފަންވި 'ގަރބަލައިޒަރ' ދިނީ ޢުއްމީދީ މެސެޖެއް

02 ފެބުރުއަރީ 2023
އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

25 ފެބުރުއަރީ 2021
ސްޓޫޑެންޓް އޮފް ދަ އިޔާ 2 އަށް ހަތަރު ވަނަ ދުވަހު ލިބުނު އާމްދަނީ 54 ޕަސެންޓް ދަށަށް!

ސްޓޫޑެންޓް އޮފް ދަ އިޔާ 2 އަށް ހަތަރު ވަނަ ދުވަހު ލިބުނު އާމްދަނީ 54 ޕަސެންޓް ދަށަށް!

14 މެއި 2019

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު