Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތުރުކީ-ސޫރިޔާ ބިންހެލުން

ބިންހެލުމަކަށް އުފަންވި ކެފޭ އޯނަރުގެ ފަރާތުން ތުރުކީވިލާތަށް ހާއްސަ ހައިރާތެއް!

12 ފެބުރުއަރީ 2023 | އާދީއްތަ 08:47

ޝޮޓަރެވްސްކީ 1963 ވަނަ އަހަރު، ސްކޮޕްޔޭއަށް އައި ބާރުގަދަ ބިންހެލުމަށް އުފަންވި މީހެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 ފެބުރުއަރީ 2023 | އާދީއްތަ 08:47
އެންމެ ޑޮލަރެއްގެ މިންވަރު ހަދިޔާ ކުރާ މީހުންނަށްވެސް ޝޮޓަރެވްސްކީގެ ކެފޭއިން ހިލޭ ކޮފީ ލިބޭ

އެންމެ ޑޮލަރެއްގެ މިންވަރު ހަދިޔާ ކުރާ މީހުންނަށްވެސް ޝޮޓަރެވްސްކީގެ ކެފޭއިން ހިލޭ ކޮފީ ލިބޭ

ސޫރިޔާއާއި ތުރުކީވިލާތް ހިއްސާ ކުރާ ބޯޑަރު ސަރަޙައްދު ހަފުސްކޮށްލި ފެބުރިއަރީ 6 ވަނަ ދުވަހުގެ ވަރުގަދަ ބިންހެލުމުގެ ހާދިޘާގައި ހާލުގައި ޖެހިފައި ވާ މީހުންނަށް އެހީވުމުގެ ހަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.

ހާލުގައި ޖެހިފައި ވާ މީހުންނަށް ބޭނުންވާ އެހީގެ އިތުރުން އެނޫންވެސް ގޮތް ގޮތުން ތުރުކީވިލާތާއި ސޫރިޔާއަށް އެހީވުމަށް ޤައުމުތަކުގެ ސަރުކާރުންތަކުން މަސައްކަތް ފަށާފައި ވާ އިރު، ޖަމިއްޔާ ޖަމާޢައަތްތަކާއި، އަމިއްލަ ވިޔަފާރިތަކުންވެސް ދަނީ އެހީގެ އެކިއެކި ކެމްޕޭންތައް ހިންގަމުންނެވެ. ހިތައް ދަތި ކުރަނިވި މަންޒަރު ދައްކުވާދޭ ފޮޓޯތަކެއް ޖަހައިގެން އެކައުންޓަކަށް ފައިސާ ޖަމާ ކުރަން އެދުމުގެ ބަދަލުގައި، އެހީ ދިނުމަށް ވީހާވެސް ގިނަ ޢަދަދެއްގެ ބަޔަކު ޝަޢުޤުވެރި ކުރުވުމަށް މަސައްކަތް ކުރަމުން ދާ އެކަކީ ސާޝޯ ޝޮޓަރެވްސްކީއެވެ.

ޝޮޓަރެވްސްކީ އަކީ، ނޯތު މެސަޑޯނިއާ (2019 ވަނަ އަހަރުގެ ކުރިން މެސަޑޯނިއާ)ގެ ވެރިކަން ކުރާ ސްކޮޕްޔޭގައި "ބައިފް ތަފްދަލީދްޒޭ"ގެ ނަމުގައި ކެފޭއެއް ހިންގާ މީހެކެވެ. ޝޮޓަރެވްސްކީ ދަނީ އޭނާގެ ވިޔަފާރި ބޭނުން ކޮށްގެން، ތުރުކީވިލާތުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެކަން ކުރަނީ، ކެފޭއަށް ޒިޔާރަތް ކުރާ މީހުންނަށް ހިލޭ ކޮފީ ދީގެންނެވެ. ހިލޭ ކޮފީ ލިބެނީ ތުރުކީވިލާތަށް އެހީވުމަށް ޤާއިމު ކޮށްފައިވާ ފަންޑަށް ފައިސާ ޖަމާ ކޮށްގެންނެވެ.

ޝޮޓަރެވްސްކީގެ ކެފޭއިން ހިލޭ ކޮފީ ބޭނުން މީހުން، މެސަޑޯނިއަން ރެޑް ކްރޮސްގައި ޤާއިމުކޮށްފައިވާ ހާއްސަ ނަމްބަރަކަށް ގުޅާ، ތުރުކީވިލާތަށް އެހީ ހުށަހަޅަންޖެހެއެވެ.

ހިލޭ ކޮފީ ދިނުމުގެ ކުރިން، އެމީހަކީ ޙަޤީޤަތުގައިވެސް އެހީ ދިން މީހެއް ތޯ ޝޮޓަރެވްސްކީ ކަށަވަރު ކުރެއެވެ.

އެންމެ ޑޮލަރެއްގެ މިންވަރު ހަދިޔާ ކުރާ މީހުންނަށްވެސް ޝޮޓަރެވްސްކީގެ ކެފޭއިން ހިލޭ ކޮފީ ލިބޭނެ އިންތިޒާމް، އޭނާ ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2019

ސައުދީގެ ކެފޭތަކުގައި ލައިވް ޝޯވ ބޭއްވުމުގެ ހުއްދަ ދޭން ނިންމައިފި

26 ޖެނުއަރީ 2019
ސައުދީގެ ކެފޭތަކުގައި ލައިވް ޝޯވ ބޭއްވުމުގެ ހުއްދަ ދޭން ނިންމައިފި
12 ޖެނުއަރީ 2019

މި ކެފޭތަކުގައި ގިނައީ ޑައުން ސިންޑްރޯމް މުވައްޒިފުން!

12 ޖެނުއަރީ 2019
މި ކެފޭތަކުގައި ގިނައީ ޑައުން ސިންޑްރޯމް މުވައްޒިފުން!
29 ޑިސެމްބަރު 2017

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ
29 ނޮވެމްބަރު 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

29 ނޮވެމްބަރު 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން
21 ޖުލައި 2017

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!
30 ޖޫން 2017

ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި

30 ޖޫން 2017
ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި
15 މެއި 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ
22 އެޕްރީލު 2017

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
08 މާރިޗު 2017

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

08 މާރިޗު 2017
ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް