Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގަރބަލައިޒަރ

ކާރިޘާއެއްގެ މެދަށް އުފަންވި 'ގަރބަލައިޒަރ' ދިނީ ޢުއްމީދީ މެސެޖެއް

މަޝްރޫއަށް 2 އަހަރު ފުރުނުއިރު "ގަރބަލައިޒަރ" ތައްޔާރު ކުރުމުގެ މަސައްކަތުގައި 12 މުވައްޒަފަކު ހަރަކާތްތެރިވޭ، އޭގެ ތެރެއިން 9 މީހުންނަކީ އަންހެނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 03:16
ކޮންމެ އުފެއްދުމެއްވެސް ބާޒާރަށް ނެރުމުގެ ކުރިން، އެމީހުންގެ އަމިއްލަ ދަނޑުތަކުގައި ހައްދާ ގަސްތަކުގައި، އެ ކާނާ ތަހުލީލު ކުރޭ

ކޮންމެ އުފެއްދުމެއްވެސް ބާޒާރަށް ނެރުމުގެ ކުރިން، އެމީހުންގެ އަމިއްލަ ދަނޑުތަކުގައި ހައްދާ ގަސްތަކުގައި، އެ ކާނާ ތަހުލީލު ކުރޭ

ދަނޑުވެރި ޢާއިލާއަކަށް ނިސްބަތްވާ ޒައިނަބްއާއި ހަނާން އިސްމާޢީލަކީ، ލުބްނާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިޤްތިޞާދީ ކާރިޘާގެ ސަބަބުން ދަނޑުވެރިންނަށް އުފުލަން ޖެހިފައި ވާ ތަކުލީފުތައް އެންމެ ގާތުން ދެކި، އެކަން ތަޖުރިބާ ކުރަމުން ދާ ދެބެންނެވެ. އެކަމުގެ ނަތީޖާއަކަށް ވީ، އެ އަނދަވަޅުން އަރައިގަތުމަށް، އެ ދެބެންނަށްވެސް ކޮށްދެވެން އޮތް ހާ ކަމެއް ކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައި ތެދުވުމެވެ.

އަމަލީ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން މާ ބޮޑު ތަޖުރިބާތަކެއް ލިބިފައި ނެތެއް ކަމަކު، ކޮވިޑް-19ގެ ލޮކްޑައުން ވީ ޒައިނަބްއާއި ހަނާންގެ ދެބެންގެ އަތުގައި ހިފި ނަޞީބަކަށެވެ. ފުރަބަންދުވެގެން ތިބެން ޖެހުނު ވަގުތުތަކުގެ ބޭނުން، އެ ދެބެން ހިފީ، އެކި ކަހަލަ ދިރާސާތައް ކުރުމަށެވެ. ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތައް ބަލާ، ހޯދާ، ދެނެގަތުމުގައެވެ. އުކާލާ ކުނީގެ ބޭނުން ކޮށްގެން، ދިޔާ ގަސްކާނާ ތައްޔާރު ކުރުމުގެ ޚިޔާލު އުފެދިގެން އައި އެކަމުގެ ތެރެއިންނެވެ.

އުކާލާ ކުނިބުނި ތެރޭގައި އެކުލެވޭ އޯގޭނިކް ކުނި ބޭނުންކޮށްގެން ޒައިނަބްއާއި ހަނާން ތައްޔާރު ކުރާ "ގަރބަލައިޒަރ" އަކީ، ލުބްނާންއަށް އިމްޕޯރޓް ކުރާ ގަސްކާނާއަށް ވުރެ އަގުގެ ގޮތުން ބަލާއިރު ހެޔޮ އުފެއްދުމެކެވެ. އެކި ކަހަލަ ކެމިކަލްތައް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އާންމު ގަސްކާނާއަށްވުރެ، ވެއްޓާވެސް ރައްޓެހި އުފެއްދުމެކެވެ.

މަޝްރޫއަށް 2 އަހަރު ފުރުނުއިރު "ގަރބަލައިޒަރ" ތައްޔާރު ކުރުމުގެ މަސައްކަތުގައި 12 މުވައްޒަފަކު ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 9 މީހުންނަކީ އަންހެނުންނެވެ. މަޤްޞަދަކީ، ވިޔަފާރީގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމެވެ. "ގަރބަލައިޒަރ"ގެ އުފެއްދުންތައް، މުޅި ލުބްނާންގެ އެކި ހިސާބުތަކުން 500 އެއްހާ ދަނޑުވެރިންނަށް ވިއްކައެވެ.

"ގަރބަލައިޒަރ" ތައްޔާރު ކުރުމަށްޓަކާ މޭވާއާއި ތަރުކާރީގެ ތެރެއިން އުކާލާ ބައިތައް ކުދިކުދި ކުރެއެވެ. އެއަށްފަހު، އެކި ކަހަލަ ޖަނަވާރުތަކުގެ ބޮޑުކަމުދާތަކެއްޗާ އެ އެއްކޮށް، އެކަމަށް ހާއްސަ މެޝިންތަކެއްގައި ބަހައްޓައެވެ.

"ގަރބަލައިޒަރ"ގެ އޮޕަރޭޝަންސް މެނޭޖަރ، ހުސްނީ އިސްމާއީލް ކިޔައިދިން ގޮތުގައި، އެކި ކަހަލަ ޖަނަވާރުތަކުގެ ބޮޑުކަމުދާ ތަކެތި ބޭނުންކޮށް، ތަފާތު ތަޖުރިބާތައް ކުރަމުންދާ ކަމަށެވެ.

ކޮންމެ އުފެއްދުމެއްވެސް ބާޒާރަށް ނެރުމުގެ ކުރިން، އެމީހުންގެ އަމިއްލަ ދަނޑުތަކުގައި ހައްދާ ގަސްތަކުގައި، އެ ކާނާ ތަހުލީލު ކުރެއެވެ.

އިޤްތިޞާދީ، މާލީ އަދި ސިޔާސީ ހަލަބޮލިކަމާއި ނުތަނަވަސްކަމުގައި އޮތް ލުބްނާނުގެ އާބާދީގެ ބޮޑު ބައެއް މިއަދު ދިރިއުޅެމުން ދަނީ އިންތިހާ ފަޤީރު ކަމުގެ ހާލަތުގައި ކަމަށް ވީ ނަމަވެސް، ކޮންމެ މީހަކުވެސް ދަނީ އެމީހަކަށް ވީ ގޮތަކުން ދިރިއުޅުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އެއީ އިތުރު މީހަކު ކޮށްދޭން ޖެހޭ ކަމެއް ކަމުގައި ނުދި، އަމިއްލަ ފައި މައްޗަށް ތެދުވުމުގައި އަންހެނެއް ފިރިހެނެއް، ޒުވާނެއް މުސްކުޅިއެއް ތަފާތެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިން ހިއްހަަމަޖައްސައިދިނުމަށް ގޭގައި ހުރެގެން ބައްޕަ ތައްޔާރުކޮށްދިނީ މެކްޑޮނަލްޑް ބާރގަރ

ދަރިން ހިއްހަަމަޖައްސައިދިނުމަށް ގޭގައި ހުރެގެން ބައްޕަ ތައްޔާރުކޮށްދިނީ މެކްޑޮނަލްޑް ބާރގަރ

03 މެއި 2020
"ރޮކް ޕޭޕަރ ސިޒަރ" ކުޅެގެން ބޮޑު އަދަދަކުން ދަރަނިވެރިވުމުން ސަލާމަތް ކޮށްދިނީ ކޯޓުން

"ރޮކް ޕޭޕަރ ސިޒަރ" ކުޅެގެން ބޮޑު އަދަދަކުން ދަރަނިވެރިވުމުން ސަލާމަތް ކޮށްދިނީ ކޯޓުން

26 އެޕްރީލު 2020
އިންޑިޔާގަ ފިޔާ އަގުބޮޑުވެފައިވާ މި ދަނޑިވަޅުގަ، އަކްޝޭ އަންހެނުންނަށް ދިނީ ފިޔާއިން ހަދާފައިވާ ހަދިޔާއެއް

އިންޑިޔާގަ ފިޔާ އަގުބޮޑުވެފައިވާ މި ދަނޑިވަޅުގަ، އަކްޝޭ އަންހެނުންނަށް ދިނީ ފިޔާއިން ހަދާފައިވާ ހަދިޔާއެއް

17 ޑިސެމްބަރު 2019
ލޫލިޔާގެ އުފަން ދުވަހު ސަލްމާން ދިނީ ޑައިމެންޑް އަނގޮޓީއެއް

ލޫލިޔާގެ އުފަން ދުވަހު ސަލްމާން ދިނީ ޑައިމެންޑް އަނގޮޓީއެއް

01 އޯގަސްޓު 2019
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު