Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއް އުއްމަތެކޭ ކެމްޕޭން

ފައިސާ ފޮނުވަން އިންނާނީ އައިއޭސީގެ އެކައުންޓް ނަންބަރު، އަމިއްލަ މީހެއްގެ އެކައުންޓް ނަންބަރެއް ނީންނާނެ - އެއް އުއްމަތެކޭ ކެމްޕޭން ޓީމް

އިންޓަރނޭޝަން އެއިޑް ކެމްޕޭންގެ ކުއްލި އެހީވުމުގެ ފަންޑުގެ އެކައުންޓް ނަންބަރަކީ 7770000062741

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ފެބުރުއަރީ 2023 | އާދީއްތަ 09:48
އައިއޭސީން ރާއްޖޭގައި ހުޅުވާފައިވާ ފަންޑުގެ މައުލޫމާތު

އައިއޭސީން ރާއްޖޭގައި ހުޅުވާފައިވާ ފަންޑުގެ މައުލޫމާތު

ތުރުކީ-ސީރިއާއަށް އައި ބިންހެލުމާއި ގުޅިގެން، އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާތީ، އެފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ހުޅުވާފައިވާ އެކައުންޓަށް ފައިސާ ފޮނުވާއިރު އެއީ އެތަނުގެ އެކައުންޓްކަން ޔަގީންކުރުމަށް އެއް އުއްމަތެކޭ ކެމްޕޭން ޓީމުން އެދިއްޖެއެވެ.

އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަކޮށް، އެއް އުއްމަތެކޭ ކެމްޕޭން ޓީމްގައި ގިމެނޭ މަހަލްދީބް ފައުންޑޭޝަންގެ ޗެއަރ ޕާސަން، ޝައިޚް އަބްދުﷲ ރަޝީދު ވިދާޅުވީ ފައިސާ ފޮނުވުމުގައި ވަރަށް ބޮޑަށް ވިސްނަންވާނެ ކަމަށެވެ. މަކަރާއި ހީލަތް އޮންލައިންކޮށް ހަދާ މީހުން އުޅޭނެ ކަމަށާއި، ފުރަތަމަ ކަމަކަށް އެއްވެސް ފަންޑު ފޮއްޓެއްގައި އެކައުންޓް އަމިއްލަ މީހެއްގެ އެކައުންޓް ނަންބަރެއް ނީންނާނެ ކަމަށެވެ. އަދި ފަންޑު ފޮށިތަކުގައި އިންނާނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއެސީ) ގެ އެކައުންޓް ނަންބަރު ކަމަށެވެ. އެހެން ނަންބަރެއް އިނިއްޔާ އެއީ ގޯހެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން ޑިރެކްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، މުހައްމަދު އަލީ ވިދާޅުވީ އައިއޭސީ އިން ހިންގާ ހަރަކާތުގައި ފަންޑު ބޭނުންކުރެވޭގޮތާއި، ފަންޑުން ކުރަނީ ކީއްކަން ބަލާލަން ބޭނުންވާނަމަ އެކަން ކުރެވެން އިންނާނެ ކަމަށެވެ. މިފަންޑަށް ފައިސާ ޖަމާވަމުން އަންނަ މިންވަރު ހާމަކުރަމުންދާނެކަމަށާއި މިފަންޑުގެ އެހީގައި ތުރުކީ އަދި ސީރިޔާގެ ރައްޔިތުންނަށް ވެދޭ އެހީތެރިކަންވެސް ހާމަކުރަމުންދާނެކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

ތުރުކީ-ސީރިއާ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ކެމްޕޭން ރާވާފައި ވަނީ އެއް ހަފްތާއަށެވެ. އެހެންނަމަވެސް ހާލަތު ދާގޮތުން ކެމްޕޭންގެ މުއްދަތު އިތުރުވެގެން ހިނގައިދާނެ ކަމަށް ޓީމުން ވަނީ ބުނެފައެވެ.

ތުރުކީ-ސީރިއާ ބިންހެލުމާއި ގުޅިގެން ހުޅުވާލާފައިވާ އިންޓަރނޭޝަން އެއިޑް ކެމްޕޭންގެ ކުއްލި އެހީވުމުގެ ފަންޑުގެ އެކައުންޓް ނަންބަރަކީ 7770000062741، އަމިއްލަ ފަރުދެއްގެ އެކައުންޓް ނަންބަރެއް ނީންނާނެއެވެ. އަދި މިކަމަށް ސަމާލުވުމަށް ކެމްޕޭން ޓީމުން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު