Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްރާއީލުގެ ހަމަލާތައް

އިސްރާއީލުގެ ހަމަލާތަކެއް ދިމިޝްގަށް: ފަސް މީހަކު މަރުވެ 15 މީހަކު ޒަހަމްވި

މި ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ އިމާރާތްތަކަށް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 19 ފެބުރުއަރީ 2023 | އާދީއްތަ 08:38
އިސްރާއީލުން ވަނީ ހުކުރު ދުވަހުގެ ރޭ ސީރިއާގެ ވެރިރަށް ދިމިޝްގަށް ހަމަލާދީފައި --

އިސްރާއީލުން ވަނީ ހުކުރު ދުވަހުގެ ރޭ ސީރިއާގެ ވެރިރަށް ދިމިޝްގަށް ހަމަލާދީފައި --

އިސްރާއީލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތައް ސީރިޔާގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ހުކުރުދުވަހުގެ ރޭ ދަންވަރު ވަދެ، އެ ގައުމުގެ ވެރިރަށް ދިމިޝްގަށް ދިން މިސައިލް ހަމަލާތަކެއްގައި ފަސް މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލައިފިއެވެ.

އަސްކަރީ މަސްދަރަކާ ހަވާލާދީ ސީރިޔާގެ ދައުލަތުގެ މީޑިއާތަކުން ބުނީ ރޭގަނޑު ދަންވަރު ކުޑައިރުކޮޅެއްގެ ތެރޭގައި އިސްރާއީލުން ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އާންމުންގެ ތެރެއިން ފަސް މީހަކު މަރުވެ 15 މީހަކު ޒަޚަމްވެ، ދިރިއުޅޭ ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

މިހަމަލާތައް އަމާޒުކުރީ ވެރިރަށް ދިމިޝްގުގެ އަވަށެއް ކަމަށްވާ ކަފްރު ސޫސާގައި ހުރި، އާންމުން ދިރިއުޅޭ އިމާރާތްތަކަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ، އީރާންގެ ސަރުކާރާ ގުޅުން އޮންނަ ބަޔަކު ދިރިއުޅޭ، އަދި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައި ހުންނަ އިމާރާތެއްގެ ކައިރީގައި ހުރި 10 ބުރީގެ އިމާރާތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއަކީ ވަކި މީހަކަށް ޓާގެޓުކޮށް ދީފައިވާ ހަމަލާއެެއްކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއަކުން ވެސް ބަހެއް ނުބުނެއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު ވެސް ދިމިޝްގުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ސީރިޔާ ސިފައިންގެ ދެ މީހަކާ އެކު ޖުމްލަ ހަތަރު މީހުން މަރުވެ، ވައިގެ ބަނދަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެތައް ގަޑިއިރަކަށް ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލަން ޖެހުނެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު