Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަމަނުޖެހުން

އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އިސްރާއީލުން ހަމަލާދޭން ތައްޔާރުވާ ކަމުގެ މައުލޫމާތު އެމެރިކާ އަށް ލިބިފައިވޭ: ސީއެންއެން

ސީއެންއެން އިން ދެ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެމެރިކާ އިން ފާހަގަ ކޮށްފައިވާ މިލިޓަރީ ތައްޔާރީތަކުގެ ތެރޭގައި ވައިގެ ހަތިޔާރުތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ވައިގެ ތެރޭގައި ހިންގާފައި އަސްކަރީ ތަމްރީންތައް ހިމެނޭ.

ރާއްޖެ އެމްވީ | 21 މެއި 2025 | ބުދަ 04:10
އިސްރާއީލުގެ ވައިގެ ސިފައިންގެ އެފް-16 ގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް އިސްރާއީލުގެ އުތުރުގެ ސަރަހައްދެއްގައި އުދުހެނީ - 24 މާޗް 2025

އިސްރާއީލުގެ ވައިގެ ސިފައިންގެ އެފް-16 ގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް އިސްރާއީލުގެ އުތުރުގެ ސަރަހައްދެއްގައި އުދުހެނީ - 24 މާޗް 2025

އިސްރާއީލުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާ ދިނުމަށް ތައްޔާރު ވަމުން ދާކަމުގެ ޖާސޫސީ މައުލޫމާތު އެމެރިކާ އަށް ލިބިފައިވާ ކަމަށް ސީއެންއެން އިން އަންގާރަ ދުވަހު ރިޕޯޓު ކޮށްފިއެވެ.

މި މަޢުލޫމާތު ލިބިފައިވަނީ އިންޓެލިޖެންސްއާ ގުޅުންހުރި އެމެރިކާ ގިނަ އޮފިޝަލުންން ތަކެއްގެ ފަރާތުން ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެއެވެ.

އޮފިޝަލުންނާ ހަވާލާދީ އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ވެރިން މިކަމާ ގުޅޭގޮތުން ފައިނަލް ނިންމުމެއް ނިންމާފައިވާކަން ސާފުކޮށް އެނގިފައި ނުވާކަމަށާއި، އަދި ހަމަލާ ދިނުމާއި މެދު އެމެރިކާ ސަރުކާރުގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ.

ރޮއިޓަރސް އިން ބުނެފައިވަނީ މިކަން ޔަގީން ކުރުމަށް ކުރި މަސައްކަތުން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ކޮމެންޓަކަށް އެދުމުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ވޮޝިންގްޓަން ގައި ހުރި އިސްރާއީލުގެ އެމްބަސީ އިން ވެސް އަދި އިސްރާއީލުގެ ބޮޑު ވަޒީރުގެ އޮފީހުން ވެސް އެ ސުވާލަށް ޖަވާބެއް ދީފައެއް ނުވާ ކަމަށް ވެސް ރޮއިޓާސް އިން ބުނެފައިވެއެވެ.

އިންޓެލިޖެންސް އާ ގުޅުންހުރި އެއް މަސްދަރަކުން ސީއެންއެން އަށް ބުނެފައިވާ ގޮތުގައި އިސްރާއީލުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދިނުމުގެ ފުރުސަތު "ފާއިތުވި މަސްތަކުގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ."

އީރާނުގައި ހުރި ހުރިހާ ޔޫރޭނިއަމް އެއް ނައްތާލުމަށް އެމެރިކާ އާ އެކު އީރާނުން އެއްބަސް ނުވެއްޖެނަމަ އެފަދަ ހަމަލާ އެއް ދިނުމުގެ ފުރުސަތު އިތުރަށް ބޮޑުވާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

އައު އިންޓެލިޖެންސް މަޢުލޫމާތު ބިނާވެފައި ވަނީ އިސްރާއީލުގެ އިސް އޮފިޝަލުންގެ ޢާންމު އަދި ސިއްރު މުވާސަލާތުތަކުގެ މައްޗަށާއި، އިންޓަސެޕްޓް ކުރެވިފައިވާ އިސްރާއީލުގެ މުވާސަލާތްތަކާއި، އަދި ކުއްލި ހަމަލާ އެއް ދޭން އުޅޭ ކަމަށް ދޭހަވާ ގޮތަށް އިސްރާއީލުގެ މިލިޓަރީގެ ހަރަކާތްތައް ހުރިގޮތް ބެލުމުގެ މައްޗަށް ކަމަށް ސީއެންއެން އިން ރިޕޯޓު ކޮށްފައި ވެއެވެ.

ސީއެންއެން އިން ދެ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެމެރިކާއިން ފާހަގަ ކޮށްފައިވާ މިލިޓަރީ ތައްޔާރީތަކުގެ ތެރޭގައި ވައިގެ ހަތިޔާރުތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ވައިގެ ތެރޭގައި ހިންގާފައި އަސްކަރީ ތަމްރީންތައް ހިމެނެއެވެ.

އަނެއް ކޮޅުން އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގޮތުން އެމެރިކާ އާ އެކު ކުރެވެމުންދާ މަޝްވަރާ ތަކުގައި، އީރާނުން ޔޫރޭނިއަމް ފައްކާ ކުރުން ހުއްޓާލުމަށް އެމެރިކާ އިން ކުރާ ޑިމާންޑް އަކީ "މޮޔަ" ވާހަކައެއް ކަމަށް ވިދާޅުވެ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތު ﷲ އަލީ ޚާމަނާއީ ވަނީ އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އީރާނަށް ޔުރޭނިއަމް އެންރިޗް ކުރުމަށް ހުއްދަ ނުދޭނެ ކަމަށް އެމެރިކާ އިން ބުނުން ފަދަ ވާހަކަތަކަކީ މޮޔަ ވާހަކަތަކެއް ކަމަށާއި އީރާނުން އެއްވެސް ބައެއްގެ ހުއްދަ އަކަށް އިންތިޒާރެއް ނުކުރާ ކަމަށް އާދީއްތަ ދުވަހު އެ ޤައުމުގެ ސެމީ-އޮފިޝަލް މެހްރު ނިއުސް އެޖެންސީން ރިޕޯޓުކުރި ތަޤުރީރެއްގައި ޚާމެނެއީ ވިދާޅުވިއެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ މަޝްވަރާތަކުން "ނަތީޖާ އެއް ނެރެވޭނެކަން" އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އޭޕްރިލް މަހު މެދުތެރެއިން ފެށިގެން، ވޮޝިންގްޓަނާއި ތެހެރާނުން ވަނީ އޮމާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ތެރެއިން ހަތަރު ބުރެއްގެ މަޝްވަރާތަކެއް ބާއްވާފައެވެ. މި މަޝްވަރާތަކުގެ މަޤްޞަދަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އެއްބަސްވާ ނަމަ އޭގެ ބަދަލުގައި އެ ޤައުމުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް ދިނުމެވެ.

ނަމަވެސް، އެ ދެ ފަރާތުގެ މެދުގައި ތަކުރާރުކޮށް ކުރިމަތިވަމުންދާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ރޮއިޓަރސް ނިއުސް އެޖެންސީން ބުނާ ގޮތުގައި މި ހަފްތާ ބަންދުގައި ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެން އޮތް ބުރުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

29 ޖޫން 2017
އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

އީރާނުގެ ދީނީ ތަންތަނަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

24 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު