Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އެސްޓަން ވިލާ އަތުން ފަހު ވަގުތު މޮޅުވުމުން ކުރިއަށް ވުރެ ބޮޑަށް އުންމީދު ލިބިއްޖެ: އާޓެޓާ

އޭނާ ބުނީ، ކުޅުންތެރިންނާމެދު އޭނާގެ އިތުބާރު އަބަދު ވެސް އޮންނަ ކަމަށާއި، އެ މޮޅާާއެކު އިތުބާރު އިތުރަށް ބޮޑުވެއްޖެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2023 | އާދީއްތަ 02:24
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި މޮޅުވުމުން ކުރިއަަށް ވުރެ ބޮޑު އުންމީދެއް އާސެނަލަށް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުގެ މައްޗަށް 4-2 އިން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ކުޅުންތެރިންނާމެދު އޭނާގެ އިތުބާރު އަބަދު ވެސް އޮންނަ ކަމަށާއި، އެ މޮޅާާއެކު އިތުބާރު އިތުރަށް ބޮޑުވެއްޖެ ކަމަށެވެ. އަދި ކުރިއަށް ވުރެ ބޮޑު އުންމީދެއްގައި ކުޅެމުން އައީ، ކުޅުން ނަތީޖާ އަށް ބަދަލުކުރަން ޖެހޭތީ ކަމަށެވެ. އާޓެޓާ ބުނީ ކުރިން ބްރެންޓްފޯޑާ ދެކޮޅަށް ވެސް އާސެނަލުން ކުރީ އެ މަސައްކަތް ކަމަށާއި، ނަމަވެސް އެ މެޗުން މޮޅުނުވެވުނީ ގޯސް ނިންމުމެއްގެ ސަބަބުން ކަމަށެވެ. އަދި އޭގެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭގެ ބަދަލެއް ހައްގު ކަމަށާއި، ނަމަވެސް ފުޓުބޯޅައިގައި ކަންކަން ނިމޭނީ ދަނޑު މަތިން ކަމަށެވެ.

އާޓެޓާ ބުނީ އެސްޓަން ވިލާ އަތުން ލިބުނު މޮޅާއެކު ވެސް ޤަބޫލު ކުރަން ޖެހޭ ކަމަކީ އަދިވެސް ރަނގަޅު ކުރަން އެތައް ކަމެއް ހުރި ކަމަށެވެ. އެގޮތުން އެކަންކަން އިތުރަށް ދެނެގަނެ، އެކަންކަމަށް މަސައްކަތްކޮށް، އަދި އެކަންކަން ރަނގަޅު ކުރުމުގެ ފެންވަރު އެމީހުންގެ ކިބައިގައި ހުންނާނެ ކަމަށެވެ. އަދި އެސްޓަން ވިލާ މެޗުގެ ފުރަތަމަ ފަސް މިނެޓަށް ފަހު ވެސް ޓީމުން ކުރީ ޝުކުރު ހައްގު ހިތްވަރެއް ކަމަށެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ އަނބުރާލެވުނީ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމާމެދު އޭނާ އުފާވާ ކަމަށެވެ. އަދި ކުޅުންތެރިން އެކުގައި ކުރިއަށް ގޮސް ހާސިލުކުރަން އޮތް ކަންތައް އޮތީ ކުރިމަތީގައި ކަމަށެވެ.

ލީގުގައި އާސެނަލް އެއް ވަނައިގައި އޮތީ ކުޅުނު 23 މެޗުން 54 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި މެންޗެސްްޓަރ ސިޓީ އޮތީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 52 ޕޮއިންޓާއެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު