Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރުގެ ފުރިހަމަ ތާއީދު ރައީސް ޞާލިހު އަށް

ދެލޯ މަރާލާފައި ރައީސް ޞާލިހު އަށް އިތުބާރުކުރަން: ޖާބިރު

ރާއްޖޭގެ ވެރިކަން ކުރުމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ރައީސް ޞާލިހުކަމަށް ވެސް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ފެބުރުއަރީ 2023 | ހުކުރު 13:56
ރައީސް ޞާލިހު އަރިހުގައި ޖާބިރު

ރައީސް ޞާލިހު އަރިހުގައި ޖާބިރު

ދެލޯ މަރާލާފައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް އިތުބާރުކުރައްވާ ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ރައީސް ޞާލިހު އާއި އެކުގައި ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި އެކަން ކުރައްވާނީ ގްރީން ޕާޓީ އާއި އެކުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. ކުރިން ވެސް ރައީސް ޞާލިހު އާއި އެކުގައި މަސައްކަތް ކުރައްވާފައިވާ އިރު ރައީސް ޞާލިހު އަކީ ހިންގުންތެރި ބޭފުޅެއް ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަނިޔާވެރިކަމާއި ނުލާ ރާއްޖެ ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރައްވާ ހަމައެކަނި ރައީސަކީ ރައީސް ޞާލިހު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ފަސޭހަ ވާނީ އަދި ފަސް އަހަރު ރައީސް ޞާލިހު އަށް ވެރިކަން ދިނުން ކަމަށް ޖާބިރު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަން ކުރުމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު ވެސް ރައީސް ޞާލިހުގެ ވެރިކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިހުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، 2018 ވަނަ އަހަރު ރައީސް ޞާލިހު އަށް ވެރިކަން ހޯދާދިނުމަށް ވަރަށް މަސައްކަތްކުރެއްވި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވަނީ ރައީސް ޞާލިހު އަށް ވުރެ ގާބިލް ބޭފުޅެއް ވެރިކަމަށް ގެންނަން މިހާރު ނެތް ކަމަށް ވިދާޅުވެފައެވެ. ޖާބިރުގެ ތާއީދު ރައީސް ޞާލިހު އަށް އޮތްކަން ހާމަކުރައްވާފައި ވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލީ 71 އިންސައްތަ މީހުންގެ ތެރެއިން 61 އިންސައްތަ ވޯޓު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ވަގުތީ ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ޕްރައިމަރީގައި ކުރި ހޯއްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

އެމަނިކުފާނު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓާއި އެކުގައެވެ. ދެން ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު