Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔަވީ ކާރިސާތަކުން އިބްރަތް ހާސިލުކުރުން

ބިންހެލުންތައް އަންނަ ހިނދު ހަނދާނަށް އަންނަނީ ޤިޔާމަތް ދުވަހުގެ ބޮޑުވެގެންވާ ޒަލްޒަލާގެ ވާހަކަ: ހުކުރު ޚުތުބާ

17 ފެބުރުއަރީ 2023 | ހުކުރު 08:11

ޝައިތާނާގެ ފިޔަވަޅުތަކުގެ ފަހަތުން ގޮސް މަގު އޮޅިގެންދާ ހިނދު މިފަދަ ކަންކަން އަހަރުމެންނާ ކުރިމަތި ކުރުވަނީ މާތްﷲ ލައްވާފައިވާ އިންޒާރެއްގެ ގޮތުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ފެބުރުއަރީ 2023 | ހުކުރު 08:11
ތުރުކީއަށް އައި ބިންހެލުން

ތުރުކީއަށް އައި ބިންހެލުން

ބިންހެލުންތައް އަންނަ ހިނދު ހަނދާނަށް އަންނަނީ ޤިޔާމަތް ދުވަހުގެ ބޮޑުވެގެންވާ ޒަލްޒަލާގެ ވާހަކަ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ދުނިޔަވީ ކާރިސާތަކުން އިބްރަތް ހާސިލުކުރުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ދުނިޔޭގެ ހަޔާތަކީ އިމްތިހާނުގެ ގޯއްޗެއް ކަމަށެވެ.

އަދި މި ހަޔާތުގައި މާތްﷲ ކުރިމަތި ކުރައްވާ ކޮންމެ ކަމަކީ އޭގައި އެކަލާނގެ ދެނެވޮޑިގެންވާ ގިނަގުނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަންތައްތައް ކަމަށާއި އަޅުތަކުންނަށް އޭގެ ހިކުމަތް ނޭނގި ނަމަވެސް ވާ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.

އެގޮތުން ތުރުކީ ވިލާތުގެ ދެކުނާއި ސީރިޔާގެ އުތުރުގެ ސަރަހައްދުގެ އަހުލުވެރިން ހޭލައްވާލީ ގަދަފަދަ ބިންހެލުމާއެކުގައި ކަމަށާއި ފާއިތުވި ޤަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް އެ ސަރަހައްދަށް ނާންނަވަރުގެ ގަދަ ފަދަ ބިންހެލުމަކާއެކުގައި ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެތައް އިމާރާތެއް އެތަންތަނުގައި ނިދާފައި ތިބި އެތައް ހާސް ބަޔަކާއެކު ވެއްޓި ފުނޑުފުނޑުވެގެން ދިޔައީ ކަމަށާއި އިމާރާތްތައް ނަގައި ސާފުކޮށް މަރުވި މީހުންގެ ހަށިތައް ނަގަމުންދާއިރު އެތައް ހާސް އާއިލާތަކެއް ބިކަވެ، ހާލުގައި ޖެހިފައިވާއިރު އެތައް ހާސް ބަޔަކަށް ވަނީ އަނިޔާ ލިބިފައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އަޅުގަނޑުމެން މި ދުނިޔޭގައި ލައްވާފައިވަނީ މިފަދަ ހާދިސާތަކުން އިބްރަތް ލިބިގަނެ، ހަޔާތުގެ ދުވަސްތައް މާތްﷲ އަންގަވާފައިވާ ގޮތަށް ހޭދަކުރުމަށް، ގިނަގުނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށްފަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ޝައިތާނާގެ ފިޔަވަޅުތަކުގެ ފަހަތުން ގޮސް މަގު އޮޅިގެންދާ ހިނދު މިފަދަ ކަންކަން އަހަރުމެންނާ ކުރިމަތި ކުރުވަނީ މާތްﷲ ލައްވާފައިވާ އިންޒާރެއްގެ ގޮތުން ކަމަށާއި ތެދުމަގަށް ރުޖޫއަވުމަށްޓަކައި ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ދުނިޔަވީ މިފަދަ ކާރިސާތަކަކީ ކަނޑައެޅިގެން މާތްﷲ ގެ ކޯފާކަމަށް ބުނެ ބައެއް ފަހަރު މީހުން ވާހަކަ ދެއްކިނަމަވެސް މިފަދަ ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމަށް ކަނޑަނޭޅޭނެކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި ދުނިޔޭގެ ހަޔާތާއި މަރަކީ ވެސް އިމްތިހާނެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް