Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލު ކުދިން ދަތުރުދާނެ ރަށް

ސްކޫލު ކުދިން ދަތުރުދާނެ ރަށެއް ހަމަޖައްސަން ޖެހުނީ ކުރީ ސަރުކާރުން ފޭދޫ ފިނޮޅު ވިއްކާލުމާއި ގުޅިގެން: މިއުވާން

އެ ފިނޮޅު ވިއްކާލުމާއި ގުޅިގެން ސްކޫލް ކުދިންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެގެންދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ފެބުރުއަރީ 2023 | ހުކުރު 02:50
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ސްކޫލު ކުދިން ދަތުރުދާނެ ރަށެއް ހަމަޖައްސަން ޖެހުނީ ކުރީ ސަރުކާރުން ފޭދޫ ފިނޮޅު ވިއްކާލުމާއި ގުޅިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެ ފިނޮޅު ވިއްކާލުމާއި ގުޅިގެން ސްކޫލް ކުދިންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެގެންދިޔަ ކަމަށެވެ. އެގޮތުން ކުޑަގިރި ކައިރީގައި ސްކޫލް ދަރިވަރުންނަށް ޚާއްސަ އިތުރު ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ހިއްސާކުރާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުޑަގިރި ކައިރީގައި ސްކޫލް ދަރިވަރުންނަށް ޚާއްސަ އިތުރު ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި، އެ މަސައްކަތް އަވަސްކުރުމަށް އެޗްޑީސީ އަށް އިލްތިމާސްކުރައްވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ވާދަވެރި ނީލަމަކާއި ނުލައި، ކުރީ ސަރުކާރުން ފޭދޫ ފިނޮޅު ދީފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެެވެ. އެ ރަށް ވިއްކާލާފައިވަނީ ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށެވެ.

ޕާލް އެޓޯލް ކުންފުންޏަކީ ޗައިނާގެ 'ޝެންޒެން ސުންޕެން އިންވެސްޓްމެންޓް' ނަމަކަށް ކިޔާ ކުންފުންޏަކާއި ހޮންކޮންގެ 'މިރީޗް އިންވެސްޓްމެންޓް' ނަމަކަށް ކިޔާ ކުންފުންޏެއްގެ އިތުރުން އައްޑޫ ވިޔަފާރިވެރިޔަކު ހިއްސާވާ ކުންފުންޏެކެވެ. ކުންފުނީގެ މައި ހިއްސާދާރަކީ ޗައިނާގެ ކުންފުންޏެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނިން ބަލަހައްޓަމުންދިޔަ، 4.1 ހެކްޓަރުގެ ފޭދޫ ފިނޮޅު އެ ކުންފުންޏަށް ވިއްކާލާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު 99 އަހަރަށް އިތުރު ވެސް ކުރެވޭނެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އޭރު ވިދާޅުވީ އެ ރަށް ވިއްކާލާފައިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުންޏަށް 50 އަހަރުގެ ތެރޭގައި 80 މިލިއަނެއްހާ ޑޮލަރު ވަންނަ ގޮތަށް ކަމަށެވެ.

ބީލަމަކާ ނުލައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ލިސްޓު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާނުކުރުމާއެކު ފޭދޫ ފިނޮޅު ވިއްކާނުލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީއާއި ބައެއް އަމިއްލަ ޖަމިއްޔާތަކުން ގޮވާލިއެވެ. މި ފަރާތްތަކުން އޭރުގެ ސަރުކާރަށް ގޮވާލާފައިވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު