Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ނޭމާ ގަތުމަށް ޗެލްސީގެ ވެރިޔާ ފްރާންސަށް

ބޮޑު އަގުގައި އޭނާ ގަތުމަށް ބައެއް ސަޕޯޓަރުން ދެކޮޅު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 ފެބުރުއަރީ 2023 | ހުކުރު 02:17
ނޭމާ ޕީއެސްޖީގެ ޖާޒީގައި: އޭނާ ގަތުމަށް ޗެލްސީން ޝައުގުވެރިވޭ

ނޭމާ ޕީއެސްޖީގެ ޖާޒީގައި: އޭނާ ގަތުމަށް ޗެލްސީން ޝައުގުވެރިވޭ

ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް ގަތުމަށް މަޝްވަރާކުރުމަށް އިނގިރޭސި ކުލަބު ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ ފްރާންސަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރު ޗެލްސީއާ ހަވާލުވުމަށްފަހު އިމެއްނެތި ހަރަދުކުރަމުން އަންނަ ބޮއެލީ މިހާތަނަށް ވަނީ 600 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކުޅުންތެރިން ގަތުމަށް ކޮށްފަ އެވެ. ޗެލްސީ ވަރުގަދަކޮށް ބޭއްވުމަށް އޭނާގެ މިހާރުގެ ޓާގެޓަކީ ނޭމާ އެވެ.

އުމުރުން މިހާރު 30 އަހަރުވެފައިވުމުން އަގުބޮޑުކޮށް ނޭމާ ގެނައުމަށް ޗެލްސީގެ ބައެއް ސަޕޯޓަރުން ގަބޫލެއްނޫނެވެ. ނަމަވެސް ކުޅުންތެރިޔާ ވިއްކާލުމަށް ޕީއެސްޖީގެ ވެރިޔާ ގަތަރުގެ ނަސީރު އަލް ހަލަފީ އެއްބަސްވެއްޖެނަމަ ކިތަންމެ ބޮޑު އަގެއްދޭން ވެސް ޗެލްސީ ވެރިޔާ ހުރީ ތައްޔާރަށެވެ.

ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށް ބާސެލޯނާ ދޫކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނޭމާ ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް މިވީ ހަ އަހަރު ތެރޭގައި އޭނާ އަށް އާދަޔާ ހިލާފު މޮޅަށް ކުޅެވިފައިނުވެ އެވެ. އަދި ޕީއެސްޖީ އެންމެ ބޭނުންވާ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި ވެސް ދެވުނީ އެންމެ ފަހަރަކު ފައިނަލާ ހަމައަށެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރާ ހަމައަށް ޕީއެސްޖީއާއެކު ކޮންޓްރެކްޓް ހަދާފައިވާ ނޭމާ ވެސް މިވަގުތު ހުރީ ތަފާތު ސަބަބުތަކާހުރެ ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފަ އެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ ކުލަބުގައި މާބޮޑަށް ބާރުގަދަވުމެވެ. އަދި ނޭމާ އަކީ އަންނަ ސީޒަނަށް ޕީއެސްޖީގައި ހުރުމަށް އެމްބޭޕާ ބޭނުންވާ ކުޅުންތެރިއެއްވެސްނޫނެވެ. އަނެއްކޮޅުން ނޭމާގެ އަނިޔާގެ މައްސަލަތަކާއި ދަނޑުބޭރުގެ އުޅުމުގެ ސަބަބުން އޭނާގެ ބަދަލުގައި މޮޅު އެހެން ފޯވަޑަކަށް ޕީއެސްޖީ ދަނީ ފާރަލަމުންނެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު