Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތަޢުލީމުގެ ލޯނު

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު އާންމުކޮށްފި

16 ފެބުރުއަރީ 2023 | ބުރާސްފަތި 03:32

އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ، 2 ކެޓަގަރީއަކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ފެބުރުއަރީ 2023 | ބުރާސްފަތި 03:32
ސްޓޫޑެންޓް ލޯނު- އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ، 2 ކެޓަގަރީއަކަށް

ސްޓޫޑެންޓް ލޯނު- އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ، 2 ކެޓަގަރީއަކަށް

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު އާންމުކޮށްފިޢެވެ.

މި އުސޫލަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމާއި ތަމްރީނު ހޯދަން ބޭނުންވާ ދިވެހީންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ފަރާތްތަކަށާއި، ކިޔަވަމުންދާ ފަރާތްތަކަށް ލޯނުގެ ގޮތުގައި މާލީ އެހީ ދިނުމާއި، ލޯނުގެ ގޮތުގައި މާލީ އެހީ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި، ލޯނު ދޭނެ ކަންތައްތަކާއި، ލޯނުގެ ބޭނުންހިފުމާއި، ލޯނު އަނބުރާ ދެއްކުމާ ގުޅޭ ކަންކަން ބަޔާންކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2021/7 ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

Advertisement - newsAdvertisement

މި އުސޫލުގެ މަގުސަދަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާއެއްގައި ކިޔެވުމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ލޯނުގެ ގޮތުގައި މާލީ އެހީ ދީގެން ތަމްރީނު ހޯދުމާއި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މި އުސޫލުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށެވެ. އެއީ އަލަށް ކިޔަވަން ފަށާ ފަރާތްތަކުގެ ކެޓަގަރީއާއި މިހާރު ކިޔަވަމުންދާ ފަރާތްތަކުގެ ކެޓަގަރީއެވެ.

އޭގެތެރެއިން އަލަށް ކިޔަވަން ފަށާ ފަރާތްތައް ކަމުގައި ބަލަނީ މި އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ދިނުމަށް އިޢުލާނު ކުރާ އަހަރުގެ ޖަނަވަރީ މަހުގެ 1 ނުވަތަ އޭގެ ފަހުން ޕްރޮގްރާމެއްގައި ކިޔަވަން ފަށާ ފަރާތްތަކަށެވެ.

މިހާރު ކިޔަވަމުންދާ ފަރާތްތައްކަމުގައި ބަލާނީ މި އުސޫލުގައިވާ ގޮތުގެ މަތީން ލޯނު ދިނުމަށް އިޢުލާނު ކުރާ އަހަރުގެ ޖަނަވަރީ މަހުގެ 1 ގެ ކުރިން ޕްރޮގްރާމެއްގައި ކިޔަވަން ފަށާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން ލޯނަށް އެދެވޭނީ ވަކި ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި އުމުރުން 16 އަހަރު ފުރިފައިވާ، ދިވެހި ރައްޔިތަކަށްވުމާއި ފުލްޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށް ވުމާއި އެމް.އެން.ކިއު.އެފް.ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަން ނުވަތަ ޕްރޮފެޝަނަލް / ލައިސަންސް ޕްރޮގްރާމެއް ފުރިހަމަކުރަން ހުށަހަޅާ ފަރާތަކަށްވުމާއި، އަދިވެސް އިތުރު ޝަރުތުތައް ހިމެނެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ލޯނު ނަގައިގެން ތަޢުލީމާއި ތަމްރީނު ހޯދަން، ކޮންމެ ޤައުމަކަށް ވެސް ދެވިދާނެއެވެ. ނަމަވެސް އިޢުލާނުކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ، އިޢުލާނުކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ލޯނު ނަގާ ފަރާތް އިޚުތިޔާރުކުރާ ޤައުމަކަށް، ކަނޑައަޅައިފައިވާ ރޭޓުންނެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ ލޯނެއް އެހެން ޤައުމެއްގައި ކިޔެވުމަށް ބަދަލެއް ނުކުރެވޭނެކަމަށްވެސް އުސޫލުގައި ބުނެއެވެ. އެހެން ނަމަވެސް ލޯނު ނަގާ ފަރާތް ކިޔެވުމަށް އިޚްތިޔާރުކޮށްފައިވާ ޕްރޮގްރާމް ހިންގުން ރާއްޖޭގެ މަރުކަޒުން ހުއްޓައިލައި އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިނުދޭ ޕްރޮގްރާމެއްކަމަށް ވެއްޖެނަމަ، ނުވަތަ ދިވެހިރާއްޖޭގެ އެހެން މަރުކަޒެއްގައި ކިޔަވައިދޭ ޕްރޮގްރާމެއްކަމަށް ވިޔަސް އެ ފަރާތަށް އެ މަރުކަޒެއްގައި ކިޔަވަން ފުރުޞަތު ނުލިބޭ ހާލަތެއްގައި، އެހެން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު އެ ފަރާތަށް ދެވޭނެއެވެ.

ބޭރު ޤައުމެއްގައި ކިޔަވަމުންދާ ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ޖަމާކުރުމަށްފަހު، އެހެން ޤައުމަކަށް ކިޔެވުން ބަދަލުކުރުމަށް އެދިއްޖެނަމަ، އެކަން ކޮށްދޭނީ، ލޯނުގެ ދަށުން ކިޔަވަން ފުރަތަމަ އެދުނު ޤައުމުގައި ކިޔެވުމަށް ފައިސާ ދިނުމަށް ކަނޑައަޅައިފައިވާ ރޭޓުން، ލޯނުގެ ޖުމުލަ އަދަދު އިތުރުކޮށް ނުދެވޭ ގޮތަށެވެ.

ލޯނަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އިޢުލާނު ކުރުމުން، އެކަމަށް ޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޭގައި ބަޔާންކުރާ ހުރިހައި ލިޔުންތަކާ އެކުގައެވެ.

ލޯނުގެ ފައިސާ ދޫކުރާނީ، އިންސްޓޯލްމަންޓުގެ ގޮތުގައެވެ. އެއީ ކޮންމެ އަހަރު ދެ އިންސްޓޯލްމަންޓެވެ. ފުރަތަމަ އިންސްޓޯލްމަންޓަށްފަހު، ދެން ކޮންމެ ފަހަރަކު ވެސް އިންސްޓޯލްމަންޓަށް އެދެންވާނީ، ލޯނު ނެގި ފަރާތުން ކިޔަވަމުންދާކަން މިނިސްޓްރީއަށް ކަށަވަރު ކުރެވޭ ފަދަ ލިޔުމެއް އެ ދަރިވަރަކު ކިޔަވާ މަރުކަޒު މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުމަށް ފަހުގައެވެ.

ލޯނަށް ހޮވޭ ފަރާތްތަކުގެ ވަގުތީ ނަތީޖާ އާންމު ކުރާނެކަމަށްވެސް އުސޫލުގައި ބުނެއެވެ. އެގޮތުން މި ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، ވަގުތީ ނަތީޖާ އިޢުލާނުކުރާ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅޭނެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް