Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާންގެ ކުޅުންތެރިންނާމެދު ނާގަލްސްމަން ފަޚުރުވެރިވޭ، ދެ ވަނަ ލެގަށް ސަމާލުވާނެ

ނާގަލްސްމަން ބުނީ އަބަދު ވެސް އޭނާ ބުނާ ގޮތަށް އެމްބާޕޭ ނުލައި ކުޅޭ ޕީއެސްޖީއަކާ، އެމްބާޕޭއާއެކު ކުޅޭ ޕީއެސްޖީއެއް ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ފެބުރުއަރީ 2023 | ބުރާސްފަތި 02:25
ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާންގެ ކޯޗު ނާގަލްސްމަން

ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާންގެ ކޯޗު ނާގަލްސްމަން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ބަޔާން މިއުނިކްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ނާގަލްސްމަން މިހެން ބުނީ ގަދަ 16 ގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 އިން ޕީއެސްޖީގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، މެޗުގެ ފުރަތަމަ ފަންސަވީސް މިނެޓުގައި ވެސް ބަޔާނުން ވަނީ މޮޅަށް ކުޅެފައި ކަމަށާއި، މެޗުން މޮޅުވީ ވެސް މޮޅަށް ކުޅުނު ޓީމު ކަމަށެވެ. އެގޮތުން މިއީ ބަޔާނަށް ލިބުނު ވަރަށް މުހިންމު މޮޅެއް ކަމަށާއި، ނަމަވެސް ކުރިއަށް ދެ ވަނަ ލެގެއް އޮތް ކަމަށެވެ. އަދި މެޗުގައި ބަޔާނުން ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން، މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅުނު ކަމަށާއި، ނަމަވެސް ކީލިއަން އެމްބާޕޭ ކުޅެން އެރި ހިސާބުން މަޑުމަޑުން ޕީއެސްޖީން މެޗުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އުފާވާ ކަމަށާއި، ކުރި މަސައްކަތަށް ފަޚުރިވެރިވާ ކަމަށެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ އަބަދު ވެސް އޭނާ ބުނާ ގޮތަށް އެމްބާޕޭ ނުލައި ކުޅޭ ޕީއެސްޖީއަކާ، އެމްބާޕޭއާއެކު ކުޅޭ ޕީއެސްޖީއެއް ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ. އަދި އެއީ ކޮންމެ ޓީމަކަށް ވެސް ކުރިމަތިވާނެ ގޮތެެއް ކަމަށެވެ. ނާގަލްސްމަން ފާހަގަ ކުރި ގޮތުގައި ކޮންމެ ޓީމެއްގެ ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔަކަށް މެޗުގައި ނުކުޅެވޭނަމަ، އެކަން ޓީމުގެ ކުޅުމުން ވެސް ފެންނާނެ އެވެ. ނާގަލްސްމަން ބުނީ ދެ ވަނަ ލެގާ ބެހޭ ގޮތުން އަދި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި، ނަމަވެސް މުޅި ބަޔާނުން ދެ ވަނަ ލެގަށް ސަމާލުވާނެ ކަމަށެވެ. އޭނާ ބުނީ ބަޔާންގެ ކުޅުންތެރިންނަށް އެޓޭކުގައި ޕީއެސްޖީ އަށް ނުރައްކާ ކުރެވޭނެ ކަމަށާއި، އެ މެޗުން އެކަން ފެންނަން ވެސް ފެނިއްޖެ ކަމަށެވެ.

ބަޔާން އާއި ޕީއެސްޖީ ވާދަކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2018

ބަޔާންގެ ކޯޗުގެ މަގާމަށް ކޮވާޗް އައްޔަނުކޮށްފި

13 އެޕްރީލު 2018
ބަޔާންގެ ކޯޗުގެ މަގާމަށް ކޮވާޗް އައްޔަނުކޮށްފި
10 އެޕްރީލު 2018

ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގަށް ސިޓީ ފުރިހަމަ ކުޅުމެއް ދައްކަން ޖެހޭ: ޕެޕް ގާޑިއޯލާ

10 އެޕްރީލު 2018
ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގަށް ސިޓީ ފުރިހަމަ ކުޅުމެއް ދައްކަން ޖެހޭ: ޕެޕް ގާޑިއޯލާ
05 މާރިޗު 2018

ބުންޑެސްލީގާ: ބަޔާންގެ ލީޑު 20 ޕޮއިންޓަށް ފުޅާކޮށްފި

05 މާރިޗު 2018
ބުންޑެސްލީގާ: ބަޔާންގެ ލީޑު 20 ޕޮއިންޓަށް ފުޅާކޮށްފި
18 ޖެނުއަރީ 2018

ސްޕެނިޝް ކޮޕާ ޑެލްރޭ: އެސްޕަންޔޯލް އަތުން ބަލިވެ ބާސާ ދެވަނަ ލެގަށް އިންތިޒާރުކުރަން ޖެހިއްޖެ

18 ޖެނުއަރީ 2018
ސްޕެނިޝް ކޮޕާ ޑެލްރޭ: އެސްޕަންޔޯލް އަތުން ބަލިވެ ބާސާ ދެވަނަ ލެގަށް އިންތިޒާރުކުރަން ޖެހިއްޖެ
05 ޑިސެމްބަރު 2017

ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ

05 ޑިސެމްބަރު 2017
ބަޔާންގެ މެނޭޖްމަންޓުން އެއްބާރުލުމެއް ނުލިބުނު: އަންޗެލޯޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު