Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީނުވީއެއް ނޭނގި މީހުން ގެއްލުން

ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހަރުދަނާކުރަން ގޮވާލާ ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

15 ފެބުރުއަރީ 2023 | ބުދަ 08:22

އެފަދަ ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތައް އިތުރުކޮށް، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ހަރުދަނާ، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމަށް އެ މައްސަލައިގައި ވަނީ ގޮވާލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ފެބުރުއަރީ 2023 | ބުދަ 08:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހަރުދަނާކުރަން ގޮވަލާ ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ބަހުސްކުރަން ފެންނަކަަމަށް ވޯޓުދެއްވާފައި ވަނީ 18 މެންބަރުންނެވެ. އެ ކުއްލި މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށް 29 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ދިރިހުރުމުގެ ހައްގަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ ހައްގަކަށް ވާއިރު ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ، އެކަމުގެ ސަބަބުން މުޖުތަމައުގައި ބިވެރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށެވެ. ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށާއި އެ މީހުން ހޯދުމުގައި ސަރުކާރުން ފަރުވާ ކުޑަކުރާ ކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މި މަހުގެ 1 ވަނަ ދުވަހު ގެއްލިފައިވާ އއ.މަތިވެރި ހަސަން އަލީ އާއި މި މަހުގެ 4 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދާ ސ.މަރަދޫ ގަސްކަރަ މުހައްމަދު އާސިރު އިސްމާއިލް އާއި ބެހޭ އެއްވެސް ޚަބަރެއް ނުވާ ކަަން އެ މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ. އޭނާ އެ މައްސަލަ ހުށަހަޅުއްވަމުން އިތުރަށް ވިދާޅުވީ މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނު ވެލާނާ އިންތަރނޭޝަނަލް އެއާޕޯޓުގެ އެކި ޑިޕާޓްމެންޓްތަކުގެ ސީސީޓީވީ ފުޓޭޖްތައް ހޯދިފައި ނުވާ ކަމަށާއި މިދިޔަ 10 ދުވަސް ތެރޭގައި އޭނާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ހާއްސަކޮށް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލިބެން ހުރި ހުރިހާ ހެއްކާ ގަރީނާ ހޯދުމަށް ސަރުކާރުން އަމަލުކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަކަށް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން މުހައްމަދު އާސިރު އިސްމާއިލާއި ހަސަން އަލީ ވީނުވީއެއް ނެނގި ގެއްލިފައިވާ މިފަދަ ހުރިހާ ފަރާތްތައް ހޯދުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، އެފަދަ ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތައް އިތުރުކޮށް، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ހަރުދަނާ، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމަށް އެ މައްސަލައިގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް