Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަތެޔާސްޕޯ

އަޓްސޫ ހޯދުމުގެ މަސައްކަތް ކުރިއަށް، މިހާތަނަށް ފެނުނީ ދެ ބޫޓު އެކަނި

އެޖެންޓް ބުނީ، އަޓްސޫ ހުރި ކަމަށް ބެލެވޭ ކޮޓަރި ދެނެގަނެވިފައިވާ ކަމަށާއި، މިހާތަނަށް ފެނުނީ ހަމައެކަނި ދެ ބޫޓު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2023 | ބުދަ 02:16
ކްރިސްޓިއަން އަޓްސޫ

ކްރިސްޓިއަން އަޓްސޫ

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ތެރޭގައި ތާށިވެފައި އޮތް ގާނާގެ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށާއި، މިހާތަނަށް ފެނުނީ އޭނާގެ ދެ ބޫޓު އެކަނި ކަމަށް އަޓްސޫގެ އެޖެންޓް ބުނެފި އެވެ.

އަޓްސޫގެ އެޖެންޓް ބުނީ، ބިންހެލުމަށް މިހާރު ނުވަ ދުވަސްވެފައިވާއިރު، މިހާތަނަށް އަޓްސޫ ފެނިފައި ނުވާ ކަމަށެވެ. އެޖެންޓް ބުނީ އޭނާ ހުރީ ބިންހެލުން އައި ސަރަހައްދުގައި އަޓްސޫގެ އާއިލާ މެމްބަރުންނާ އެކު ކަމަށެވެ. އޭނާ ބުނީ އެތަނުން ފެންނަ މަންޒަރަކީ ކެތްކުރަން ފަސޭހެ މަންޒަރެއް ނޫން ކަމަށާއި، އެހާދިސާގެ އަސަރުކޮށްފައިވާ އެންމެންގެ ހިތާމައިގަ ބައިވެރިވެސް ވާ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ތިބެގެން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އަޓްސޫ ހުރި ކަމަށް ބެލެވޭ ކޮޓަރި ދެނެގަނެވިފައިވާ ކަމަށާއި، މިހާތަނަށް ފެނުނީ ހަމައެކަނި އޭނާގެ ދެ ބޫޓު ކަމަށެވެ. އެޖެންޓް ބުނީ މިއީ ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި، ތުރުކީ އާއި އެހެން ޤައުމުތަކުގެ ރެސްކިއު ޓީމަށް އެމީހުން ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އާންމު ރައްޔިތުންނާއި، ވޮލެންޓިއާކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް އަޓްސޫގެ އެޖެންޓް ބުންޏެވެ. އޭނާ ވަނީ އެތަނުގައި ތިބިއިރު، އިތުރު އެހެން ވަސީލަތްތަކެއް ވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން އަޓްސޫގެ އެޖެންޓް ބުނީ މިހާރު ބައެއް ކަންކަން ކުރިއަށްދާ މިންވަރު ކުޑަކޮށް ލަސްވެފައިވާ ކަމަށާއި، އަކަމުގެ ސަބަބުން މީހުން ސަލާމަތް ކުރުމަށް ވެސް އުނދަގޫވާ ކަމަށެވެ. އަދި މަސައްކަތް ކުރަން ތިބި މީހުނަށް ބޭނުންވާ ބައެއް ސާމާނު ނުލިބުމުގެ ސަބަބުން އެތައް ފުރާނައެއް ގެއްލެމުންދާ ކަމަށެވެ.

ބިންހެލުމާއި ގުޅިގެން ތުރުކީގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު ވެސް އިއުލާންކޮށްފަ އެވެ. މީގެ އިތުރުން އެ ޤައުމުގެ ފުޓުބޯޅަ ސީޒަން މެދުކަނޑާލުމަށް ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. ޕްރިމިއާ ލީގުގެ ޗެލްސީ އާއި ނިއުކާސަލް އަށް ވެސް ކުޅުނު އަޓްސޫ އައީ މިހާރުގެ ކުލަބް ހަތެޔާސްޕޯ ގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސައުދީ ދޫކޮށް އޭނާ އެ ކުލަބަށް ބަދަލުވީ ވެސް މިދިޔަ އަހަރު އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމުއްގެ ދަށުން އޭނާ އެ ކުލަބަށް ބަދަލުވީއިރު، އޭނާ ވަނީ ގާނާގެ ޤައުމީ ޓީމަށް ވެސް ކުޅެދީފަ އެވެ. ގާނާގެ ޤައުމީ ޓީމަށް ކުޅެދިން 65 މެޗުގައި އަޓްސޫ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު