Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން ކުރިއެރުވުން

ފަތުރުވެރިކަމުގައި ހުރި މައްސަލަތައް ކުރިއަށް އޮތް 2 އަހަރުތެރޭގައި ހައްލުވާނެ - މައުސޫމް

ދަތުރުފަތުރާއެކު އެހެނިހެން ހިދުމަތްތައް ގާއިމްވާންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ފެބުރުއަރީ 2023 | އަންގާރަ 13:26
މަޖިލީހުގެ ޖަލްސާފައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވާހަކަދައްކަވަނީ

މަޖިލީހުގެ ޖަލްސާފައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވާހަކަދައްކަވަނީ

ފަތުރުވެރިކަމުގެ މައްސަލަތައް ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްލުވެގެންދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ސަލީމްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މެންބަރު ދެއްކެވި ވާހަކައަކީ މިވަގުތު ފެންނަ މަންޒަރަށް ބަލާފައި ގަބޫލުކުރަން ރަނގަޅު ވާހަކައެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރެއްގެ ފަތުރުވެރިކަމުގެ ސިޔާސަތަކީ އެފަދަ މައްސަލަތައް ހައްލުކުރެވޭ ސިޔާސަތަކަށް ވާންޖެހޭ ކަމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ރައްޔިތުންނާ ހަމައަށް ގެންދިއުމަށްޓަކައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ކުރިއަށް ގެންދާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކައިރީގައި އޮތް އެންމެ ބޮޑު މާކެޓް އަދި މިއަހަރު ދެވަނަ މާކެޓް އިންޑިއާއާއި އެންމެ ގާތް ރަށް ހއ. ކެލާ އަދި ހަނިމާދޫ ވެސް ދުރެއް ނޫން ކަމަށެވެ. އެހިސާބަށް މަތިންދާބޯޓު އަންނަންފެށީމާ އެ ބޮޑު މާކެޓުން ވަރަށް ބާރަށް ފަތުރުވެރިން އަންނަން ފަށާނެ ކަމަށެވެ. އިންޑިއާ މާކެޓުން މީހުން ދަތުރުކުރަނީ 4 ދުވަހަށް ކަމަށާއި، މާލެ ސަރަހައްދަށް މަތިންދާ ބޯޓެއް އައިސް، އެތެރޭގެ އުދުހުންތައް ހުރިގޮތުން އެތައްގަޑިއިރަކު މަޑުކޮށްފައި ވަރަށް ބޮޑު އަގެއްދީފައި ގެސްޓްހައުސް ހުންނަ އަތޮޅަކަށް ދަތުރުކުރުމަކީ އެއީ އެހާ ރަނގަޅު ހައްލެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޮޑުތިލަދުންމަތީގެ އާރުޓީއެލްގެ ހިދުމަތް ފާހަގަކޮށްލަންޖެހޭ ކަމަށެވެ. ދިވެހިންނެކޭ ބޭރު މަސައްކަތްތެރިންނެކޭ ފަތުރުވެރިންނެކޭ އެއް އަގެއްގައި ދަތުރުކުރެވޭ ކަމަށާއި، ރަށެއް ފަތުރުވެރިކަމަށް ފަހިކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ. ހަމައެކަނި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓައް އައުމަކުން ކަމަކު ނުދާނެ ކަމަށާއި، ރަށަަށް އައިސް ފަހިކޮށް ބަނދަރުކޮށްލެވެންޖެހޭނެ ކަމަށެވެ. އެކަންތައް އެދަނީ ކުރިއަށް ކަމަށާއި، ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާއި ކަރަންޓާއި އިންޓަރނެޓް ރަނގަޅަށް ހުރެ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދިން މަސައްކަތް ކުރަމުން އާއިލާއެކު ދިރިއުޅެވޭކަމަށްވާއިރު، ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމްވެސް ގާއިމްވާންޖެހޭ ކަމަށެވެ.

އެހުރިހާ ކަމެއްވެސް ދަނީ ހަމަޖެހެމުން ކަމަށާއި، ފަތުރުވެރިކަމުގެ މައްސަލަތައް ދުރުރާސްތާގައި މުޅިން ހައްލުވެގެންދާނެ ކަމަށާއި، އެއީ ކުރިއަށް އޮތް 2 އަހަރުތެރޭގައި އެ މައްސަލަ މުޅިން ހައްލުވެގެންދާނެ ވާހަކަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު