Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނީ ޒެލެންސްކީގެ ސަބަބުން: އިޓަލީގެ ކުރީގެ ބޮޑުވަޒީރު

އިޓަލީގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އެގައުމުން ޔޫކްރެއިނާއެކު ވާކަން އެގައުމުގެ މަޖިލީހުގެ އަގުލަބިއްޔަތާއެކު ކަށަވަރުކޮށް ފެންނަން އެބައޮތް ކަމަށް ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2023 | ހޯމަ 09:18
އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަލަސްކޯނީ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަލަސްކޯނީ

ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ ސަބަބުން ކަމަށް އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަލަސްކޯނީ ވިދާޅުވެއްޖެއެވެ.

ބަލަސްކޯނީ މިހެން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ބަލަސްކޯނީ ވަނީ އޭނާ ވެރިކަމުގައި ހުންނެވިނަމަ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ މިވަގުތު ބައްދަލުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އުމުރުން 86 އަހަރުގެ ބަލަސްކޯނީ ވަނީ މީގެކުރިން އެކި ފަހަރުމަތިން އޭނާ އާއި ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންއާ ދެމެދު އޮތް ގާތްގުޅުމުގެ ވާހަކަދައްކަވަފައެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަލަސްކޯނީ ވަނީ ޔޫކްރެއިންގައި ހަނގުރާމަ ފަށަން ޕުޓިންއަށް މަޖުބޫރު ކުރުވީކަމަށް ވިދާޅުވެ، ޔޫކްރެއިންގެ ވެރިކަމަށް މިއަށްވުރެ ރަނގަޅު މީހުން އައްޔަންކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ބަލަސްކޯނީ އަކީ އެގައުމުގެ ފޮރްޒާ އިޓަލިއާ ޕާޓީގެ ލީޑަރެވެ. މިއީ މިވަގުތު އިޓަލީގެ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެކެވެ.

ޒެލެންސްކީއަށް އަމާޒުކޮށް ބަލަސްކޯނީ މިވާހަކަތައް ދައްކަވާފައި މިވަނީ ޒެލެންސްކީ އާއެކު ފްރާންސް އަދި ޖަރުމަނުގެ އިސްވެރިން، ޔޫރަޕިއަން ޔޫނިއަންގެ އެހެން މެންބަރު ގައުމުތައް ނުލައި ބައްދަލުވުމެއް ބާއްވައި މެންބަރު ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުދައްދަން ފްރާންސުން މަސައްކަތްކުރާ ކަމަށް އިޓަލީގެ މިހާރުގެ ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީ ވިދާޅުވެފައި ވަނިކޮށެވެ.

ޒެލެންސްކީގެ އަމަލުތައް ފެންނަނީ ވަރަށް ނެގަޓިވްކޮށް ކަމަށް ވިދާޅުވެ، ބަލަސްކޯނީ ވަނީ ޑޮނެސްކް އަދި ލުހާންސްކްއަށް ހަމަލާދިނުން ޒެލެންސްކީ ހުއްޓާލިނަމަ މިހަނގުރާމަ ނުފެށުނީސްކަމަށް ވިދާޅުވެފައެވެ.

ބަލަސްކޯނީ ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާ ޒެލެންސްކީއަށް ޕްރެޝަރުކޮށް ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް އެމެރިކާއަށް ގޮވާލާފައެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެނަމަ ޔޫކްރެއިނަށް އެހީގެ ޕްރޮގްރާމެއް ފެށުމަށް ވެސް ވަނީ ގޮވާލާފައެވެ.

ބަލަސްކޯނީ މިފަދައިން ވާހަކަދައްކަވާފައިވާއިރު، އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރެއް ކަމަށްވާ، އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖަނީ ވަނީ އެ ޕާޓީން އޮތީ އީޔޫ އާއި ނޭޓޯ އަދި ހުޅަނގުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޔޫކްރެއިނާއެކު ކަމަށް ޓްވީޓްކުރައްވާފައެވެ.

މީގެ އިތުރުން، އިޓަލީގެ ބޮޑުވަޒީރުގެ އޮފީހުން ވެސް ވަނީ އެގައުމުން ޔޫކްރެއިނާއެކު ވާކަން އެގައުމުގެ މަޖިލީހުގެ އަގުލަބިއްޔަތާއެކު ކަށަވަރުކޮށް ފެންނަން އެބައޮތް ކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު