Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑްރަގް ގެންނަ ބިދޭސީން ފުރުވާލުން

ޑްރަގާ އެކު އެތެރެވާ މީހުން ފޮނުވާލާ މައްސަލަ - މެމްބަރުންގެ މެދުގައި ޤާނޫނީ ބަހުސަކަށް

އެ ޤާނޫނު ޤާނޫނު އަސާސީ އާއި ޚިލާފު ނަމަ އެކަން ނިންމޭނީ ޝަރުޢީ ކޯޓަކުން ކަމަށް އަސްލަމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2023 | ހޯމަ 14:22
މަޖިލިސް

މަޖިލިސް

ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ، އެ ފަރާތެއް ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައި ވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ރާއްޖެއަށް އަންނަ ބިދޭސީން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ ނަމަ އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް 27 ޖެނުއަރީގައި ވަނީ ގެޒެޓްކޮށްފައެވެ. އެ ގަވާއިދުގެ އެހީގައި ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭނަމަ، އެ ފަރާތެއް ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ އުސޫލު ވަނީ ބަޔާންކޮށްފައެވެ.

އެ ޤަވާއިދުގައި ވައިގެމަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ޙާލަތްތަކުގައި އަމަލުކުރާނެ 2 ގޮތެއް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ގޮތަކީ އެމީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ހައްޔަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލު ކުރުމެވެ. ދެވަނަ ގޮތަކީ އެމީހަކު އައި އެއަރލައިންއާ މަޝްވަރާކޮށްގެން އެމީހަކު އަނބުރާ ރާއްޖެއިން ފޮނުވާލުމެވެ. އެ ގަވާއިދު ބުނާގޮތުން ރާއްޖެއައީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ނުވަތަ ދިރުވާލައިގެންކަމަށްވާނަމަ، އޭނާ "ކޮންޓްރޯލްޑް ޑެލިވަރީ" ފަދަ ފުލުހުންނަށް އެއްބާރުލުން ދިނުމުގެ މަސައްކަތްތަކަށް އެއްބަސްވާނަމަ، އެއާލައިންއާ މަޝްވަރާކޮށްގެން އޭނާ އަނބުރާ ފޮނުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު ވެސް އޭނާއަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވިދާނެއެވެ. އެ ގަވާއިދުގައި ބުނެފައި ވަނީ އެފަދަ ފަރާތެއް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭއިރު ބަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލަ ސާބިތު ކުރުމަށް އެކަށީގެންވާ ހެކި ލިބެން ހުރިތޯ ބަލަން ޖެހެއެވެ. އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ޚަރަދު ފަދަ ކަންކަންވެސް ބަލަން ޖެހެއެވެ.

މި ގަވާއިދާއި ގުޅޭކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. އެ ކުއްލި މައްސަލަ އަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރަކު މަޖިލީހަށް އެއްވެސް މައްސަލަ އެއް ހުށަހަޅާނަމަ އަމަލުކުރުމަށް އޮންނަ އާއްމު އުސޫލާއި ޚިލާފަށް ހުށަހެޅި މައްސަލަ އެއް ކަމަށް ވާތީ އެމްޑީޕީ އިން އެ ކުއްލި މައްސަލަ އާއި ދެކޮޅަށް ތްރީލައިން ވިޕެއް ނެރުނެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއި އެކު މަޖިލީހުގައި އެ މައްސަލައިގެބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މައްސަލައިގެ ބަހުސްގައި މެމްބަރުން ދެއްކި ވާހަކަތަކުގެ ތެރޭގައި ބައެއް މެމްބަރުން ވަނީ އެ ގަވާއިދުގެ ޤާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފައްދަވާފައެވެ.

އެގޮތުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވާލެވޭ ގަވާއިދާއި އެކު ގާނޫނުއަސާސީގެ ބާރު ކަނޑުވާލާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ގާސިމް ވަނީ އެފަދަ ގަވާއިދެއް ނުހެދޭނެ ކަމަށް ފާހަގަކުރައްވާ އެ ގަވާއިދު އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ގާސިމްގެ އިތުރުން ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޤާނޫނަކުން ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމެއް އެއީ ކުށެއް ނޫން ކަމަށް ބެލެވޭ ގޮތަށް ޤަވާއިދެއް އޮތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކުށެއް ކުރި ކަމަށް ޝައްކުކުރެވޭ މީހަކު ރާއްޖޭގެ އިހުތިސާސަށް ނެވަދެވި ރާއްޖޭގެ ގަވާއިދު އެ މީހެއްގެ މައްޗަށް ނުހިނގާ ގޮތަށް ގަވާއިދެއް ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ އެ ގަވާއިދަކީ ނުލިބޭ ބާރެއްގެ ބޭނުންކޮށްގެން ހަދާފައިވާ ޤަވާއިދެއް ކަމަށެވެ. އަދި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ މީހަކު ރާއްޖެ އާއި މެދު ގޮތް ނިންމަނީ ކޮމިޓީ އަކުން ކަމަށް ވުމުން އެކަމުގެ ހަމަހަމަކަން ގެއްލޭ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ގަވާއިދުގެ ޤާނޫނީ ހައިސިއްޔަތާއި މެދު ސުވާލު ނުއުފެދޭ ކަމަށާއި އެ ގަވާއިދަކީ ރަނގަޅު ގަވާއިދެއް ކަަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ. އެގޮތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަނީ އެ ބަދަލާއި އެކު ރައްޔިތުންގެ ޓެކްސް ފައިސާ ސަލާމަތް ކުރެވޭ ކަަމަށާއި އެ ފައިސާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ސަލާމަތްކޮށް، އެ މީހުން އަނބުރާ މުޖުތަމައު އަށް ގެނައުމަށް ހޭދަކުރުން މާ ރަނގަޅުކަމަށް ވިދާޅުވެފައެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވާ މީހުންނާއި ދެކޮޅަށް ލިބޭ ހެއްކާއި އެކު އެ މީހަކު ނިސްބަތްވާ ޤައުމުގައި ޝަރީއަތްކުރުން މާ ރަނގަޅު ކަމަށް އީސަ ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެ ޤަވާއިދަކީ މަސްތުވާތަކެތި ރައްޖެ އެތެރެކުރުވުން ހުއްޓުވުމަށް މުހިންމު ގަވާއިދެއް ކަމަށް ފާހަގަކުރައްވާފައެވެ. ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ޤަވާއިދަކީ ޤާނޫނު އަސާސީ އާއި ޚިލާފު ނަމަ އެކަން ނިންމޭނީ ޝަރުޢީ ކޯޓަކުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު