Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ދަރަނީގެ މައްސަލަ

ދަރަނި ދެއްކުމާމެދު މަޖިލީހުން ހުށަހެޅި ކަންކަމަށް އަމަލުކުރަން ސަރުކާރަށް ގޮވާލާ ގަރާރެއް

13 ފެބުރުއަރީ 2023 | ހޯމަ 06:55

އެ ގަރާރު ހުށަހަޅާފައި ވަނީ 167 ވަނަ މާއްދާގެ ދަށުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ފެބުރުއަރީ 2023 | ހޯމަ 06:55
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވާފައިވާ އެ ގަރާރުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު ވަނީ އިއްވާފައެވެ.

Advertisement - newsAdvertisement

އެ ގަރާރު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހި ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ހެއްޓިފައިވާ ގޮތާއި، އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި، ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރކޮށް، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބަލަހައްޓާފައިވާ ގޮތާއި، އަދި އެ ތިން އަހަރު ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދަކަށް އެދި 10 އޮގަސްޓް 2020ގައި މަޖިލީހުގެ ރިޔާސަތުން ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ދިރާސާކޮށް މަޖިލީހުން ވަނީ 27 އޮކްޓޯބަރ 2020ގައި ރިޕޯޓެއް ފާސްކޮށްފައެވެ. އެ ރިޕޯޓްގައި އޭރު ދައުލަތުގެ ދަރަނީގެ ހާލަތު އޮތް ގޮތް ވަނީ ބަޔާންކޮށްފައެވެ.

އަދި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓި ގޮތުގެ އިތުރުން 3 އަހަރު ދުވަހުގެ ތެރޭގައި ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަދޭ މިންވަރު ދެނެގަތުމަށް ލަފާދީފައިވެއެވެ. އެ ރިޕޯޓުގައި ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރަށް ވަނީ ލަފާ ދީފައެވެ.

އެ ރިޕޯޓްގައި ސަރުކާރުން ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަަރަންޏާއި ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޚައްސަ ޓީމެއް އެކުލަވާލާ، އެ ކޮމިޓީގެ ކަމާ ގުޅޭ މާހިރުންގެ ލަފަޔާއެކު މަސައްކަތް ކުރުމަށް ލަފާ ދީފައިވެއެވެ. އަދި 8 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ އެ ކޮމިޓީގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހާއި ހިއްސާކުރުމަށް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ. އަދި މަހަކު އެއް ފަހަރު އެ ކޮމިޓީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ، މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމާއި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތަތައް މޮނީޓަރުކުރުން ހަރުދަނާކުރުމާއި، މެދުރާސްތާ ދަރަނީގެ ސްޓްރެޓެޖީ މުރާޖައާ ކުރުމާއި، ދަރަނީގެ ސްޓްރެޓެޖީ ތަންފީޒުކުރުމަށް ދިމާވާ ދަތިތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ އެ ރިޕޯޓު މަޖިލީހާ ހިއްސާކުރުމަށް ވަނީ ބަޔާންކޮށްފައެވެ.

2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުން ނެގި ދަރަނިތައް ރީސްޓްރަކްޗަރ ކުުރުމަށާއި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާމެދު މަޖިލީހުން ފާސްކުރި ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް މެންބަރު އީވާ ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލައްވާފައެވެ. އޭނާ އެ ގަރާރު ހުށަހަޅުއްވާފައިވަނީ 167 ވަނަ މާއްދާގެ ދަށުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް