Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމާވެށީގެ ކޮންސަލްޓަންޓުން

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރާއިރު، ސިޔާސީ ނުވަތަ މާލީ ނުފޫޒެއް އޮވެގެން ނުވާނެ

13 ފެބުރުއަރީ 2023 | ހޯމަ 06:08

ކޮންސަލްޓަންޓުން ވާންޖެހޭނީ ސިޔާސީ ނުވަތަ މާލީ ނުފޫޒެއް ނެތި މަސައްކަތް ކުރާ ބަޔަކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ފެބުރުއަރީ 2023 | ހޯމަ 06:08
ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން- މިފަދަ ރިޕޯޓުތައް އެކުލަވާލާއިރު އަމަލުކުރަން ޖެހޭ ކޯޑު އޮފް ކޮންޑަކްޓް ވަނީ ޝާއިއުކޮށްފައި

ވިލިމާލެ ފަރަށް ލިބިފައިވާ ގެއްލުން- މިފަދަ ރިޕޯޓުތައް އެކުލަވާލާއިރު އަމަލުކުރަން ޖެހޭ ކޯޑު އޮފް ކޮންޑަކްޓް ވަނީ ޝާއިއުކޮށްފައި

ތިމާވެށީގެ ކޮންސަލްޓަންޓުންގެ ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރަން ފަށައިފިއެވެ.

އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކުލަވާލި މި ކޯޑް އޮފް ކޮންޑަކްޓަކީ "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" ގެ ދަށުން ރަޖިސްޓަރ ކުރެވޭ ތިމާވެށީގެ ކޮންސަލްޓަންޓުން ޢަމަލު ކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓެއް ކަނޑައެޅުމަށް ޓަކައި ފާސްކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓެކެވެ.

Advertisement - newsAdvertisement

މިއީ ތިމާވެށީގެ ކޮންސަލްޓަންޓުންނަކީ މިނިވަންކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބައެއް ކަމުގައި ހެދުމަށް ބާރުއެޅުމާއި، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމާއި، ތިމާވެށ ގެ ކޮންސަލްޓަންޓުންގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ކޯޑު އޮފް ކޮންޑަކްޓެކެވެ.

އެގޮތުން ބަލާއިރު، ކޮންމެ ކޮންސަލްޓަންޓަކު ވެސް މަސައްކަތްކުރަންވާނީ ، އެހެން ފަރާތެއްގެ އިރުޝާދަކަށް ނުވަތަ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއްނެތި ، ތަޢައްޞުބުން އެއްކިބާވެހުރެ، މިނިވަންކަމާއެކުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ކޮންސަލްޓަންޓުން ވާންޖެހޭނީ ސިޔާސީ ނުވަތަ މާލީ ނުވަތަ އެ ނޫން ވެސް ނުފޫޒެއް ނެތި، މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށްކަން ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމުގައި ދޮގު މަޢުލޫމާތެއްދީ ނުވަތަ މަޢުލޫމާތު އޮޅުވައިލުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށްވެސް ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއީ ޞައްޙަ މަޢުލޫމާތުކަން ކަށަވަރުކޮށް، ޝައްކު އުފެދޭ މަޢުލޫމާތެއްނަމަ، ކަމާ ގުޅުންހުރި ފަރާތެއްގެ ކިބައިން އެ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު މެނުވ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި އެ މަޢުލޫމާތު ހިމަނައިގެން ނުވާނެކަަމަށް ބުނެފައިވެއެވެ.

ކޮންސަލްޓަންޓަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ މި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ކޮށްފައިވާ ކަމެއްނަމަ، އެ މައްސަލައަކާ ގުޅިގެން އިޖުރާއަތްތަކާ އެއްގޮތަށް ބަލައި، އަޅަންޖެހޭ ފިޔަވަޅަކާމެދު މިނިސްޓްރީ އަށް ލަފާދިނުމުގެ ބާރު، ތިމާވެށީގެ ކޮންސަލްޓަންޓުންގެ ކަންތައްތައް ބެލުމަށް ޓަކައި އެކުލަވައިލައިފައިވާ ދަފުތަރު ބޯޑަށް ލިބިގެންވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި

18 ސެޕްޓެމްބަރު 2017
ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހަޅައިފި
12 އޯގަސްޓު 2017

ފަޅު ހިއްކުމުގެ ނޭދެވޭ އަސަރުކޮށް ފަރުތައް އެއްކޮށް މަރުވެދާނެ ކަމުގެ ބިރު!

12 އޯގަސްޓު 2017
ފަޅު ހިއްކުމުގެ ނޭދެވޭ އަސަރުކޮށް ފަރުތައް އެއްކޮށް މަރުވެދާނެ ކަމުގެ ބިރު!
06 އޯގަސްޓު 2017

ސައުދުގެ މަންމަގެ ޖަނާޒާ އަސަރު ނަމާދަށް ފަހު

06 އޯގަސްޓު 2017
ސައުދުގެ މަންމަގެ ޖަނާޒާ އަސަރު ނަމާދަށް ފަހު
14 ޖޫން 2017

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ
31 މެއި 2017

ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް

31 މެއި 2017
ކަންބޮޑުވާ މިންވަރުގެ ދެ ފޭރުމެއްގެ ރިޕޯޓް ވަނީ ކޮށްފައި، ފިޔަވަޅުތައް ދަނީ އަޅަމުން: ޕޮލިސް
31 މެއި 2017

ސަރުކާރުން ކުރަނީ އިސްރާފު، އަސަރު ކުރަނީ ރައްޔިތުންގެ ޖީބަށް: ޝިފާޒް

31 މެއި 2017
ސަރުކާރުން ކުރަނީ އިސްރާފު، އަސަރު ކުރަނީ ރައްޔިތުންގެ ޖީބަށް: ޝިފާޒް
30 މެއި 2017

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ
04 މެއި 2017

ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

04 މެއި 2017
ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް