Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަސްވާރު ޕްރޮގުރާމް

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

ދަސްވާރު ޕްރޮގްރާމް ކުރިއަށް ގެންދަނީ އޮޅުވާލައިގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 04:54
ޑރ. މުސްތަފާ ލުތުފީ

ޑރ. މުސްތަފާ ލުތުފީ

ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ނަމަ އެކަމުގެ އަސަރު ދަރިވަރުންނަންކޮށް ނަތީޖާ ވަރަށް ހިތި ވާނެ ކަމަށް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް އަދި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސިލަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މުސްތަފާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ އެޑިއުކޭޝަން މިނިސްޓްރީން ބައެއް ޕްރޮގްރާތައް ކުރިއަށް ގެންދަނީ ދަރިވަރުންނާއި ބެލެނިވެރިންނަން އޮޅުވާލައިގެން ކަމަށެވެ. ދަސްވާރު ޕްރޮގްރާމް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްގައި ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށާއި އެކަމުގެ ނޭދޭވޭ އަސަރު މުސްތަގްބަލްގައި ދަރިވަރުންނަން ކުރާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ސޮސައިޓީގައި ހަމަހަމަކަމާ އިންސާފް ގެއްލޭ ގޮތަށް، މީހުން ބައިބަޔަށް އަޅާ ގޮތަށް ކަންތައްތައް ކުރާ ކަމަށްވާ ނަމަ އޭގެ އަސަރު ނުރަނގަޅު ގޮތަކަށް ނުފެނިއެއް ނުދާނެ. މިއީ ދުނިޔެ ދައްކާފައިވާ ތަޖުރިބާއެއް ފެނިފައިވާ ކަންތައް" ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވިއެވެ.

ދަސްވާރު ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވި ގޮތުގައި ގްރޭޑް އަށެއްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ނަތީޖާއަށް ބެލުމަށް ފަހު، ނަތީޖާ ރަނގަޅު ނޫން ދަރިވަރުން ސަރުކާރުން ބާކީކޮށްލަނީ ދަސްވާރު ޕްރޮގްރާމްގައި ބައިވެރިކުރުމަށް ކަމަށެވެ. އެއްވެސް ކުއްޖެއް ބާކީ ނުކުރާނެ ކަމަށް ބުނެ އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ހަދާ ކޯސް ނިންމުމުންދޭ ސެޓްފިކެޓަކީ ޖީސީ އޯލެވެލްގެ "ސީ" ލެވެލްގެ ތިން ފާސްކަމަށް ނިންމުމަކީ އެޑިއުކޭޝަން ސިސްޓަމާ ހިލާފަށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"އުސޫލެއްގެ ގޮތުން އެއްވެސް ކުއްޖެއް ބާކީ ނުކުރާނެ ކަމަށް ބުނީމަ މީހުން ހީކުރާނެ އެއީ ވަރަށް ރަނގަޅުކަމެއް ކަމަށް. ކާކުތޯ ބޭނުންވަނީ ބާކީވާން. ކޮން ބެލެނިވެރިއެއްތޯ ބޭނުންވާނީ އޭނަގެ ދަރިފުޅު ބާކީ ކުރަން. ނުކުރާނެއެއް ނޫންތޯ. އެހެންވީމަ ކިހާ ރަނގަޅު މި ސަރުކާރުން. މިހެންހަދާފައި ގްރޫޑް އަށެއްގެ ކުދިން ދެ ބަޔަކަށް ބަހާލާފައި މި ބުނަނީ ކަލޭ ފާހެއް ނުވާނޭ ޖީސީ އޯލެވެލް އިން. ކަލޭ ހަދާށޭ އެހެން ޕްރޮގްރާމެއް. ދަސްވާރު ކިޔާ ޕްރޮގްރާމެއް. އެހެން ކުދިން ޖީސީއޯ ލެވެލް ހަދަން. އެހެންކިޔާފައި. މި ބައިކޮށްލަނީ،" މުސްތަފާ ވިދާޅުވިއެވެ.

ދަސްވާރު ޕްރޮގްރާމްގެ ދަށުން ކޮންމެ ކަހަލަ ކޯހެއް ހެދިޔަސް ޖީސީއޯ ލެވެލްއިން ތިން މާއްދާއިން "ސީ" ފާހާ އެއްވަރުގެ ސެޓްފިކެޓް ނުދެވޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. .

އެގޮތަށް އެކަން ކުރަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވައި ދަރިންގެ މުސްތަގްބަލަށް ވިސްނާފައި ނޫން ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ދަސްވާރު ޕްރޮގްރާމްގައި ބައިވެރިކޮށް އެކުދިންނަން ވަޒީފާ ދެނީ އެކުދިންގެ މުސްތަގްބަލައި ދޭތެރޭ ތައުލީމީ ނަޒަރަކުން ވިސްނާފައި ނޫން ކަމަށާއި އެކަން ކުރަނީ މި ސަރުކާރުން ވެފައިވާ 94،000 ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ ވައުދު ފުއްދުމަށް ކަމަށް މުސްތަފާ ވިދާޅިވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާއިންސާފުން ކަންތައްތައް ކުރާ މީހުން އެކަމުގެ އަގު ދައްކަންޖެހޭނެ: ރައީސް މައުމޫން

ނާއިންސާފުން ކަންތައްތައް ކުރާ މީހުން އެކަމުގެ އަގު ދައްކަންޖެހޭނެ: ރައީސް މައުމޫން

14 ޖެނުއަރީ 2018
ރަގަޅު ނޫން ބަޔަކަށް އެބްސޮލިއުޓް ޕަވަރ ލިބުމުން ވާނެ ގޮތް މިއަދު ގައުމުން މި ފެނިގެންދަނީ: ޔުމްނާ

ރަގަޅު ނޫން ބަޔަކަށް އެބްސޮލިއުޓް ޕަވަރ ލިބުމުން ވާނެ ގޮތް މިއަދު ގައުމުން މި ފެނިގެންދަނީ: ޔުމްނާ

22 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
ނާޒިމް ޖަލުގައި 1000 ދުވަސް: ޝަރުއީ ނިޒާމުން ނާޒިމަށް ދަނީ އަނިޔާ ދެމުން ކަމަށް އާއިލާއިން ބުނެފި

ނާޒިމް ޖަލުގައި 1000 ދުވަސް: ޝަރުއީ ނިޒާމުން ނާޒިމަށް ދަނީ އަނިޔާ ދެމުން ކަމަށް އާއިލާއިން ބުނެފި

06 ނޮވެމްބަރު 2017
އެޑިއުކޭޝަންގެ ސިޔާސަތު ކަނޑައަޅަން ތިބީ ތައުލީމީ ފަންނުވެރިންނެން ނޫން: އިބްރާ

އެޑިއުކޭޝަންގެ ސިޔާސަތު ކަނޑައަޅަން ތިބީ ތައުލީމީ ފަންނުވެރިންނެން ނޫން: އިބްރާ

05 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު