Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

ސަރުކާރުން ކުރަނީ އިސްރާފު، އަސަރު ކުރަނީ ރައްޔިތުންގެ ޖީބަށް: ޝިފާޒް

ސަރުކާރުގެ އާމްދަނީ އިތުރެއް ނުވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 31 މެއި 2017 | ބުދަ 04:49
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

މި ސަރުކާރު ފެންނަނީ އިންތިހާއަށް އިސްރާފު ބޮޑު ސަރުކާރެއްގެ ގޮތުގައި ކަމަށާއި އޭގެ އަސަރު ރައްޔިތުންގެ ޖީބަށް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ރައްޔިތުންނަށް ލިބޭ އާމްދަނީ ބޮޑުނުވެ، މުދަލުގެ އަގު މި ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައި ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ޖީބަށް ލިބެންޖެހޭ މިންވަރަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އުވާލި ޑައިރެކްޓް ޓެކްސް އަލުން ނަގަން ފަށައި، އޭގެ މައްޗަށް ޖީއެސްޓީ ވެސް މިހާރު ދެގުނަ ނަގަން ފަށާފައި ކަމަށާއި މިފަދަ ކަންކަމުން ރައްޔިތުން މިނިވަން ކުރުމަށް އޮތް ހަމައެކަނި ހައްލަކީ ވެރިކަން ބަދަލުކުރުން ކަމަށެވެ.

ޝިފާޒްގެ ވާހަކައިގައި ފާހަކުރީ ދައުލަތުން ކުރާ ޚަރަދު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށާއި މިފެނިގެންދަނީ ރައްޔިތުން އަތުން ޖޫރިމަނާގެ ގޮތުގައި އިންތިހާއަށް ނަގާ ފައިސާއިން ވެސް ރައްޔިތުންނަށް ރާހަތެއް ނުލިބޭ މަންޒަރު ކަމަށެވެ. އަދި ރައްޔިތުންގެ އަތުން އެކި ނަންނަމުގައި ފާއިސާ ނަގައިގެން އަންނާނެ ތަރައްޤީއެއް ވެސް އަދި ރަނގަޅުވާނެ އިޤްތިޞާދެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއް އޮތް ކަމުގައިވީ ނަމަވެސް އިޤުތިޞާދު ރަނގަޅުވުމުން އިދިކޮޅު ފަރާތްތަކު ވެސް އެކަން ފާހަގަކުރާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުން އިޤުތިޞާދު ރަނގަޅު ވާހަކަ ނުދައްކާ. ސަރުކާރުގެ އާމްދަނީ އިތުރެއް ނުވޭ. އެކަން ވާނަމަ ބޭރުގެ ފަރާތްތަކުންވެސް އެކަން ފާހަގަކުރީސް" އޭނާ ވިދާޅުވި އެވެ.

އިޤުތިޞާދު ރަނގަޅުވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ނުފެންނަ ކަމަށާއި އެކަމުގެ އިހުސާސް ރައްޔިތުންނަކަށް ނުކުރާކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް މި ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުން ފައިދާއެއް ވީ ވާހަކަ ނުދެއްކުމަށް ޝިފާޒް ވަނީ ގޮވާލައްވާލާފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު