Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ސެކިއުރިޓީ

އަންހެން ސެކިއުރިޓީއިންނަށް މަޖިލީހުން ފިރިހެން މެންބަރުން ނުނެރެވޭ ގޮތަށް ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި

13 ފެބުރުއަރީ 2023 | ހޯމަ 04:51

އެ ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އަށް ބަދަލު ގެނައުމަށް ހުށަހެޅުއްވި ގަރާރެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ފެބުރުއަރީ 2023 | ހޯމަ 04:51
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އަންހެން ސެކިއުރިޓީއިންނަށް މަޖިލީހުން ފިރިހެން މެންބަރުން ނުނެރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އެ ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އަށް ބަދަލު ގެނައުމަށް ހުށަހެޅުއްވި ގަރާރެކެވެ. އެ ގަރާރު ހުށަހަޅަނީ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގެންގުޅޭ އުސޫލުތައް އެހެން މުއައްސަސާތަކުގައި ވެސް އެފަދަ ކަންކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި އެއްގޮތަށް، ހަރުދަނާކުރުމަށް ޓަކައި ކަމަށް ރޮޒަައިނާ ވަނީ އެ ގަރާރުގައި ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ރޮޒައިނާ ވަނީ ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

6 ފެބްރުއަރީ 2023ގައި މަޖިލީސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ނިޒާމް ގެއްލި، މަޖިލީހުގެ ބައެއް މެންބަރުންގެ ނަން އިއްވުމާއި ގުޅިގެން އެ މެންބަރުން މަޖިލީހުގެ މާލަން ދޫކޮށް ވަޑައިގަތުމަށް ދެކޮޅުހެއްދެވުމުން އެ މެންބަރުން މަޖިލީހުން ނެރުމުގައި މަޖިލީހުގެ ސެކިއުރިޓީ އިން މަސައްކަތް ކޮށްފައެވެ. ރޮޒައިނާގެ ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަަމުުގެ ތެރޭގައި އެ ދުވަހު މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓި އަންހެން މުވައްޒަފުންނަށް މީސްމީޑިއާގައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން ފަދަ ތަންތަނުގައި ހިނގާ އުސޫލުތަކަށް ބަލާއިރު އަންހެނުން ބަލާ ފާސްކޮށް ހައްޔަރުކުރަނީ އަންހެނުން ކަމާއި، ފިރިހެނުން ބަލާ ފާސްކޮށް ހައްޔަރުކުރުމުގައި ހަރަކާތްތެރިވަނީ ފިރިހެނުންކަން އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި އެ އުސޫލާއި ޚިލާފަށް މަޖިލީހުގައި ވެސް މީގެ ކުރިން އަމަލުކޮށްފައި ނުވާކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް 2023 ވަނަ އަހަަރަށް މަޖިލީސް ފެށުމުގެ ޖަލްސާގައި މަޖިލީހުން މެންބަރުން ނެރުމަށް ޓަކައި އަންހެން ސެކިއުރިޓީ އޮފިސަރުން ގައިގަ އަތްލާ، ދަމާ ކޫއްތާ މަންޒަރު އާއްމުވުމަކީ އާއްމު އިޖުތިމާއީ މިންގަނޑާއި ޚިލާފު ކަމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަޖިލީހުގެ އަންހެން ސެކިއުރިޓީއިންގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަތައް މީސްމީޑިއާގައި ދެކެވުނުކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ކަންކަން ހިނގާފައިވާ ގޮތަށް ބެލުމަށް ފަހު ކުރިއަށް އޮތްތަނުގައި އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލުގެންނަން ރޮޒައިނާ ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި މަޖިލީހުގެ ޖަލްސާގައި ހާޒިރުވުމަށް ހުއްދަ އޮތް މީހަކު ފިޔަވައި އެ ނޫން މީހަކު ޖަލްސާ އެއް ހިނގަމުންދާ ވަގުތު މަޖިލީސްކުރާ މާލަމުގައި ނުބެހެއްޓުމަށް ހުށަހަޅުއްވާފައިވެއެވެ. އަދި މާލަމުން މީހަކު ނެރޭނަމަ ފިރިހެނުން ނެެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވާނީ ފިރިހެނުން ކަމާއި، އަންހެނުން ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނީ އަންހެނުން ކަމަށާއި އެ މަސައްކަތް ކުރާނީ މަޖިލީހުގެ އިންޓަރނަލް ސެކިއުރިޓީ އޮފިސަރުން ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް