Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

އަފްގާނިސްތާން، މެލޭޝިޔާ، ސިންގަޕޫރު އަދި ރާއްޖެ ބައިވެރިވާ "ފޯ ނޭޝަންސް ކަޕް" މި މަހުގެ 23 ގައި

ފިރިހެން ޑިވިޝަންގައި ހަތަރު ޤައުމުން ވެސް ވާދަކުރާނެ، ނަމަވެސް އަންހެން ޑިވިޝަންގައި އަފްޣާނިސްތާން ވާދަ ނުކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2023 | އާދީއްތަ 15:07
ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ފޯ ނޭޝަންސް ކަޕް ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ޔޫތު މިނިސްޓްރީން ގުޅިގެން ރާއްޖޭގައި ބާއްވާ "ފޯ ނޭޝަންސް ކަޕް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޚްލޫފް އެވެ. މީގެ އިތުރުން ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ)، ނައިބު ރައީސް އަލީ އަޝްރަފް (އަޝްރާ) އަދި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަލީ ޝަމީމް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

މި މަހުގެ 23 އިން 27 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅޭ މުބާރާތުގައި ވާދަކުރާނެ ހަތަރު ޤައުމަކީ ރާއްޖޭގެ އިތުރުން، އަފްޣާނިސްތާން، މެލޭޝިޔާ އަދި ސިންގަޕޫރެވެ. ފިރިހެން ޑިވިޝަންގައި ހަތަރު ޤައުމުން ވެސް ވާދަކުރާނެ އެވެ. ނަމަވެސް އަންހެން ޑިވިޝަންގައި އަފްޣާނިސްތާން ވާދަ ނުކުރާނެ އެވެ. މުބާރާތް ރާވާފައި ވަނީ ރައުންޑް ރޮބިން އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމަށް ޖެހޭނީ ސެމީ ފައިނަލްގައި ވާދަކުރާށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ އެ މުބާރާތް ވެގެންދާނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސާފް ގޭމްސް އަށް ފަހު ކުރެވުނު މަސައްކަތުން ތަފާތެއް ފެންނާނެ ކަމަށް އުންމީދެއް ކުރެވޭ މުބާރާތަކަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އުންމީދަކީ ރަނގަޅު ކާމިޔާބެއް ލިބުން ކަމަށެވެ.

މި މުބާރާތް ބާއްވަން ރާއްޖެއިން ނިންމީ މިދިޔަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި ސެންޓްރަލް ޒޯން މުބާރާތް ބޭއްވޭނެ ހާލަތެއް މެދުވެރިނުވުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު