Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

އިތުރު އެއް އަހަރަށް ޗެލްސީގެ އެއްބަސްވުން ސިލްވާ އައުކޮށްފި

ސިލްވާ ބުނީ އަދިވެސް އަމާޒަކީ ޗެލްސީއާއެކު ކުރިއަށް ގޮސް ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2023 | އާދީއްތަ 02:42
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި އެވެ.

ޗެލްސީއާއެކު ސިލްވާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އޮތީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ހަމަވާ ގޮތަށެވެ. އެހެންކަމުން ޗެލްސީން ވަނީ ސިލްވާއާއެކު އެއްބަސްވުން އައުކުރުމުގެ މަޝްވަރާ މީގެ ދުވަސްތަކެއް ކުރިން ފަށައިފަ އެވެ. ޗެލްސީން ބޭނުންވީ ސިލްވާ އިތުރު އެއް އަހަރު ދުވަހަށް ކުލަބުގައި މަޑުކުރުމަށެވެ. އެހެންކަމުން އަންނަ 2024 ވަނަ އަހަރުގެ ނިޔަލަށް ޗެލްސީގައި މަޑުކުރުމަށް އެއްބަސްވެ، ސިލްވާ ވަނީ މިހާރު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ސިލްވާ ބުނީ، އޭނާ އެންމެ ފުރަތަމަ ޗެލްސީ އަށް ބަލުވީ ވެސް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް މިއީ އެ އެއްބަސްވުން އައު ކުރި ހަތަރު ވަނަ ފަހަރު ކަމަށެވެ. އޭނާ ބުނީ ޗެލްސީއާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށް، ކުލަބުގައި މަޑުކުރަން ނިންމުމަކީ އޭނާ އަށް ލިބޭ ވަރަށް ޚާއްސަ އުފަލެއް ކަމަށެވެ. އަދި އަދިވެސް އަމާޒަކީ ޗެލްސީއާއެކު ކުރިއަށް ގޮސް ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ޕީއެސްޖީ ދޫކޮށް ޗެލްސީ އަށް ބަދަލުވި ސިލްވާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 107 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ ޗެލްސީއާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގައި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. މީގެ އިތުރުން ސިލްވާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕްގެ ފައިނަލްގައި ދެ ފަހަރު އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ.

ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ސިލްވާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 113 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. ބްރެޒިލާއެކު ސިލްވާ ވަނީ 2013 ވަނަ އަހަރުގެ ކޮންފަޑެރޭޝަން ކަޕާއި، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު