Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

ޕޮގްބާ އަދިވެސް އަނިޔާ އިން ރަނގަޅު ނުވޭ

ޕޮގްބާ އަދިވެސް ހުރީ އަނިޔާގައި، އޭނާ އަށް އެނބުރި އާދެވޭނެ ތާރީޚެއް ވެސް ނޭންގޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ފެބުރުއަރީ 2023 | އާދީއްތަ 02:40
ފްރާންސްގެ ޕޮގްބާ

ފްރާންސްގެ ޕޮގްބާ

ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސް ޕައުލް ޕޮގްބާ އަދިވެސް އަނިޔާއިން ރަނގަޅު ނުވާ ކަމަށް އެ ޓީމުގެ ކޯޗު މާސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ފަހުން ޕޮގްބާ އަށް ރަސްމީ މެޗެއް ކުޅުމުގެ ފުރުސަތު އަދި ނުލިބެ އެވެ. ޔުވެންޓަސް އަށް ބަދަލުވެ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ސަބަބުން ކުޅުމާ ދުރުގައި އޭނާ ހުންނަންޖެހުނު އިރު، ކަކުލުގެ އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ. އަނިޔާއާއެކު ޕޮގްބާ އަށް ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ވެސް ގެއްލިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕޮގްބާ ކަކުލުގެ އޮޕަރޭޝަނެއް ކުރިއިރު، މިދިޔަ ޖެނުއަރީ މަހު އޭނާ ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުނީ، ޕޮގްބާ އަށް އަދިވެސް ކުޅެވޭ ވަރު ނުވާ ކަމަށާއި، އޭނާ ޓީމުގައި ހިމެނެން ނެތް ކަމަށެވެ. އަަދި އެއީ އެކަން މިހާތަނަށް އޮތް ގޮތް ކަމަށާއި، ހަގީގަތަށް ވާހަކަ ދައްން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ޕޮގްބާ އަދިވެސް ހުރީ އަނިޔާގައި ކަމަށާއި، އޭނާ އަށް އެނބުރި އާދެވޭނެ ތާރީޚެއް ވެސް ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް އޭނާ އިންތިޒާރު ކުރަމުން އަންނަނީ ޕޮގްބާ އެނބުރި ޓީމާ ގުޅޭނެ ދުވަހަކަށް ކަމަށެވެ. އަނިޔާވެ ޕޮގްބާ އަށް ކުޅެވޭ ގޮތް ނުވުމުގެ ސަބަބުން ޔުވެންޓަސް އިން އޭނާގެ އެއްބަސްވުން އުވާލަން ބޭނުންވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް ޔުވެންޓަސް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު