Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެކްސިކޯ ޤައުމީ ފުޓުބޯޅަ ޓީމު

މެކްސިކޯގެ ކޯޗަކަށް އާޖެންޓީނާގެ ޑިއޭގޯ

މެކްސިކޯގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ޤައުމުގެ ކޯޗަކަށް ޑިއޭގޯ ހަމަޖެއްސިކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ވަގުތެއްގަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2023 | ހޮނިހިރު 07:07
މެކްސިކޯގެ ކޯޗަކަށް ހަމަޖެއްސި އާޖެންޓީނާގެ ޑިއޭގޯ ކޮކާ

މެކްސިކޯގެ ކޯޗަކަށް ހަމަޖެއްސި އާޖެންޓީނާގެ ޑިއޭގޯ ކޮކާ

މެކްސިކޯ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ ޑިއޭގޯ ކޮކާ ހަމަޖައްސައިފި އެވެ.

މެކްސިކޯގެ ކޯޗުކަމުގެ މަގާމުގައި އެންމެ ފަހުން ހުރީ ޖެރާޑޯ މާޓިނޯ އެވެ. މެކްސިކޯގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ޤައުމުގެ ކޯޗަކަށް ޑިއޭގޯ ހަމަޖެއްސިކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެ ޤައުމުގެ ކޯޗުކަމަށް ޑިއޭގޯ ހަމަޖައްސާފައި ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. މެކްސިކޯގެ ކޯޗުކަމަށް ޑިއޭގޯ ހަމަޖެއްސީ އެ އަހަރު އެ ޤައުމުގައި އޮންނަ ފީފާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމަށެވެ. އެ އަހަރުގެ މުބާރާތް ބާއްވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ އެކުވެގެންނެވެ.

ޑިއޭގޯ ހަމަޖެއްސުމަށްފަހު ވާހަކަ ދައްކަމުން މެކްސިކޯ ޤައުމީ ޓީމުގެ ޑިރެކްޓަރު ބުނީ އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ، ފުޓުބޯޅަ ދަންނަ ކޯޗެއް ކަމަށެވެ. އޭނާ ބުނީ ޑިއޭގޯ އަށް މެކްސިކޯގެ ފުޓުބޯޅަ ވަރަށް ރަނގަޅަށް އިނގޭނެ ކަމަށާއި، ޓީމެއް ގޮވައިގެން މަސައްކަތް ކުރާނެ ގޮތްތައް ވެސް އޭނާ އަށް އިނގޭނެ ކަމަށެވެ. އޭނާ ބުނީ ޤައުމީ ޓީމުން މާޗު މަހުން ފެށިގެން މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އުންމީދު ކުރަނީ ރަނގަޅު ނަތީޖާތަކެއް ފެނުން ކަމަށެވެ.

ކޯޗުކަމާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ޑިއޭގޯ ބުނީ، އޭނާ މެކްސިކޯގެ ކޯޗުކަމާ ހަވާލުވީ ހަމައެކަނި ވަޒީފާއެއް އަދާކުރުމަށް ނޫން ކަމަށެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން އޭނާ އަށް ވެސް ޕްރޮފެޝަނަލް ކޯޗެއްގެ ގޮތުގައި ލޯ ހުޅުވޭނެ ކަމަށާއި، އޭނާ އަށް ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އޭނާ ބުނީ މެކްސިކޯގެ ޤައުމީ ޓީމު ކުރިއަރުވައި، ޤައުމީ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ލިބުނު ފުރުސަތަކީ ދޫކޮށްލެވޭނެ ވަރުގެ ފުރުސަތެއް ނޫން ކަމަށެވެ.

މެކްސިކޯއާއެކު ޑިއޭގޯގެ އެންމެ ފުރަތަމަ މަސައްކަތަކީ ކޮންކާކަފް މުބާރާތަށް ކޮލިފައިވުމެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު އެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު