Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުއީ ދާއިރާގެ މަސައްކަތްތައް

ފަނޑިޔާރުން އިސްކަން ދެއްވަންވީ ގައުމުގެ އާއްމު މަސްލަހަތަށް: އުއްތަމަ ފަނޑިޔާރު

10 ފެބުރުއަރީ 2023 | ހުކުރު 13:11

47 އަހަރަށްފަހު ހެތްކާބެހޭ ގާނޫނު އުވި، ހެތްކާބެހޭ އާ ޤާނޫނަކާއެކު މަސައްކަތް ކުރުމަކީ ޝަރުޢީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ފެބުރުއަރީ 2023 | ހުކުރު 13:11
"ޤަޟާއީ އަހަރު 2023" އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޤަޟާއީ އަހަރު 2023" އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަނޑިޔާރުން މަސައްކަތް ކުރައްވާ އިރު މަގްސަދަކަށް ހައްދަވަންވީ ޤާނޫނުތަކާއި ޤަވާއިދާއި އެއްގޮތަށް އަމަލުކުރައްވާ، ރައްޔިތުންގެ ސަލާމަތާއި ގައުމުގެ އާއްމު މަސްލަހަތު ހިމާޔަތް ކުރެއްވުން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަަމުން އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ޤާނޫނާއި ޤަވާއިދުތަކާއި، ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށާއި އެއާއި ޚިލާފަށް ޝަރުއީ ދާއިރާއިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ. އަދި ޝަރުއީ ދާއިރާ އިން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުގެ ވެރިކަން ނަގަހައްޓާ، ހިމާޔަތްކޮށް ކުރިއެރުވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއަށް މި ރާއްޖޭގެ އާންމު މަސްލަހަތު ދިފާއު ކުރަން ފަނޑިޔާރުން އިސްކަން ދެއްވަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ޝަރުޢީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރަައްވާ އެކަމަށްޓަކާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، 47 އަހަރަށްފަހު ހެތްކާބެހޭ ގާނޫނު އުވި، ހެތްކާބެހޭ އާ ޤާނޫނަކާއެކު މަސައްކަތް ކުރުމަކީ ޝަރުޢީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޤަބޫލުކުރައްވާ ކަަމަށެވެ. ފާއިތުވި އަހަރަކީވެސް ރާއްޖޭގެ މަދަނީ އިޖުރާތުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމާއި، މައްސަަލަތައް ކުރިއަށް ގެންދާ ގޮތާއި، މަދަނީ މައްސަލަތަކުގައި ކޯޓުތަކުން އިއްވާ ޙުކުމްތައް ތަންފީޒުކުރުމުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި އަހަރަކީ ޝަރުޢީ ދާއިރާގެ ނިޒާމީ ބޮޑު ބަދަލަކަށް މިޞްރާބު ޖަހާފައިވާ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަަން ފާހަގަކުރެއްވިއެވެ. އެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވަނީ އެ މަސައްކަތަކަށްޓަކައި ރައީސަށް މަރުޙަބާ ދަންނަވާފައެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާފަދައިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިޞްލާޙު ގެނައުމާއި ޤާނޫނު އަސާސީއާ ގުޅުންހުރި ޤާނޫނުތަކަށް އިޞްލާޙު ގެނައުމާއެކު، އެކަމުގެ ސަބަބުން މުޅި ޝަރުޢީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ނިޒާމު ތަރައްޤީވެ ކުރިއަރަމުން ދިއުމާއެކު، އެނިޒާމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކުރެވޭނީ ޤާނޫނު ރަނގަޅަށް ތަންފީޒުވެގެން ކަމަށެވެ. އެހެންކަމުން ޤާނޫނުތައް ތަންފީޒުކުރަން ތިބި ފަރާތްތައް ޤާނޫނުތަކަށް އަހުލުވެރިވުން މުހިންމުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް