Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އިގްތިސާދީ ހާލަތު

ޕާކިސްތާނުގެ 1.1 ބިލިއަން ޑޮލަރުގެ އެއްބަސްވުން ނިންމުމަށް އައިއެމްއެފް އިން އިތުރު ވަގުތުބޭނުންވޭ

އައިއެމްއެފްގެ ފަންޑު މިދިޔަ ޑިސެމްބަރުގައި ލިބޭނެކަމަށް ބެލެވުނު ނަމަވެސް އަދި ކޮޅެއްގައި ނުޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ފެބުރުއަރީ 2023 | ހުކުރު 04:19
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މިހުން ތިބި ޓެންޓްތަކެއް

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މިހުން ތިބި ޓެންޓްތަކެއް

ޕާކިސްތާނަށް ބޭނުންވާ 1.1 ބިލިއަން ޑޮލަރުގެ ފަންޑުތައް ހުޅުވާލާނެ އެއްބަސްވުމަކާ ގުޅޭ ގޮތުން ޕާކިސްތާނާ އެކު މަޝްވަރާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެދިފައިވާ ކަމަށް ޕާކިސްތާނުގެ ފިނޭންސް ސެކްރެޓަރީ ހަމީދު ޝެއިހް ވިދާޅުވެއްޖެއެވެ.

ފައިސާގެ ތާށިކަން ދިމާވެފައިވާ ޕާކިސްތާނަށް އިތުރު ގޮންޖެހުންތަކަކާއި ދިމާވެފައިވަނި މިދިޔަ އަހަރު އެގައުމުގައި ފެންބޮޑުވުމުގެ ސަބަބުންނެވެ. އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ޕާކިސްތާނުން އެދިފައިވާ 6.5 ބިލިއަން ޑޮލަރުގެ ތެރެއިން މިދިޔަ ޑިސެމްބަރުގައި ބައެއް ލިބޭނެކަމަށް ބެލެވުނު ނަމަވެސް މަޝްވަރާތަކަށް އަދި ކުރިއެރުމެއް ލިބިފައިނުވެއެވެ.

ޕާކިސްތާނާއި އައިއެމްއެފްއާ ދެމެދު ސްޓާފް ލެވެލްގެ އެއްބަސްވުމުގައި ވަރަށް އަވަހަށް އާދެވޭނެ ކަމަށާއި، އައިއެމްއެފްގެ މިޝަނުން އެދުނީ ސްޓާފް ލެވެލްގެ މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ ޝެއިޚް ރޮއިޓާސް އަށް މައުލޫމާތު ދެއްވާފައިވެއެވެ.

އޭނާ ވިދާޅުވީ ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ "އަމަލުތަކާއި ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު" ކަމަށެވެ. ސްޓާފް ލެވެލްގެ މަޝްވަރާތައް ނިންމާލަން އޮތީ ބުރާސްފަތި ދުވަހުއެވެ. މަސްދަރުތަކާ ހަވާލާދީ ޕާކިސްތާނުގެޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއިލްއައުޓާ ގުޅިގެން ދެ ފަރާތުގެ މެދުގައި ހުރިހާ ކަމެއް ވަނީ ނިންމާފައެވެ.

ޕާކިސްތާނުން އެދިފައިވާ ފަންޑު ދޫކުރުމަށް އައިއެމްއެފް އިން ޕާކިސްތާނާ އެކު ސްޓާފް ލެވެލްގެ އެއްބަސްވުމަކަށް އަންނަން ޖެހޭއިރު، އެކަމަށް އެއްބަސްވާނީ އެމެރިކާގައި ހުންނަ އައިއެމްއެފްގެ ހެޑް އޮފީހުން ފާސްކުރުމަށް ފަހުގައި ކަމަށް ޝެއިޙް ވަނީ ވިދާޅުވެފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފައިސާއަކީ ޕާކިސްތާނުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށް ބޭނުންވާ ފައިސާ ކަމަށާއި، އައިއެމްއެފްގެ ޑީލްގެ ދަށުން އެހެން ޖަމިއްޔާތަކަށާއި ސަރުކާރުތަކަށް ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިވާ ކަމަށެވެ. ނަމަވެސް ކޮންމެ ޑީލަކުން ވެސް ޑިމާންޑްކުރާ މާލީ އެޑްޖަސްޓްމަންޓްތަކުގެ ސަބަބުން އިންފްލޭޝަން މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެ އިންފްލޭޝަން އަހަރުން އަހަރަށް ބަލާއިރު ޖެނުއަރީ މަހު 27.5 އިންސައްތައަށް އަރާފައިވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ފިނޭންސް މިނިސްޓަރު އިސްހާގު ދާރާއާ ހަވާލާދީ މީގެ ކުރިން ބުރާސްފަތި ދުވަހުގެ ޕާކިސްތާނުގެ ޑޯން ނޫހުން ބުނެފައި ވަނީ "މިއަދު ކަންކަން ނިންމާލެވޭނެ ކަމަށް ބެލެވޭ" ކަމަށެވެ.

އެއްބަސްވުމަކަށް އައިސް ފައިސާ ދޫކުރާއިރު 6.5 ބިލިއަން ޑޮލަރުގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ބާކީވާނެއެވެ. 2019 ވަނަ އަހަރު ފާސްކުރި ބެއިލްއައުޓް ޕްރޮގްރާމް ނިންމާލަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

އައިއެމްއެފްގެ ފަންޑިން އަކީ އެގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސާދަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ބޭރު ފައިސާގެ ރިޒާވް ތިން ހަފްތާއަށް ވުރެ މަދު މުއްދަތަކަށް އިމްޕޯޓަށް ހަރަދުކުރެވޭ ވަރަށް ވެއްޓިފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި ބޮޑުވަޒީރު ޝަރީފް ވަނީ ޕާކިސްތާނުގެ އިގްތިސާދީ ހާލަތު "ތަސައްވަރުވެސް ނުކުރެވޭ" ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު