Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރި ޕިކްނިކް އައިލެންޑް - ޕްރައިވެޓް އިވެންޓްތަކަށްވެސް ތަން ދޫކުރާނެ

9 ފެބުރުއަރީ 2023 | ބުރާސްފަތި 13:44

ކުޑަގިރިއަށް މާލެއިންނާއި ހުޅުމާލެއިން ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު، 15 މިނެޓުން އެރަށަށް ދެވޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ފެބުރުއަރީ 2023 | ބުރާސްފަތި 13:44
ކ. ކުޑަގިރި

ކ. ކުޑަގިރި

ކުޑަގިރި ޕިކްނިކް އައިލެންޑް އާއްމުންނަށް ހުޅުވާލުމާއެކު އެރަށުން ޕްރައިވެޓް އިވެންޓްތަކަށްވެސް ތަންތަން ދޫކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން އެފަދައިން ބުނެފައިވާއިރު ކުޑަގިރި އާއްމުންނަށް ހުޅުވާލަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމަށްޓަކައި ރަޖިސްޓްރީވުން ބުރާސްފަތި ދުވަހު ހަވީރު 04:00ގައި ހުޅުވާލުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ބުކިންގ ފުލްވެފައެވެ. ހޮނިހިރު ދުވަހު ކުޑަގިރިއަށް ދިއުމަށް ފުރުސަތު ހުޅުވާލީ ޖުމުލަ 300 މީހުންނަށެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑިރެކްޓަރ މާކެޓިންގ އެންޑް ސޭލްސް، ނިއުޝާދު ޝަރީފް ވިދާޅުވީ، ކުޑަގިރިން ޕްރައިވެޓް އިވެންޓްތަކަށް ތަންތަން ދޫކުރާނީ އެ ރަށަށް ދާ އާއްމުންނަށް އުނދަނގޫ ނުވާގޮތަށް ކަމަށެވެ. އަދި އެ ފުރުސަތު ދިނުމުގައި ބަލާނީ އާއްމުންނަށް ދަތި ނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނައުޝާދު އިތުރަށް ވިދާޅުވީ ހަފްތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެހެންނަމަވެސް ކުޑަގިރިއަށް އެ ދާން ބޭނުންވާ ފަރާތްތަކުން ދުރާލައި ބުކިން ހައްދަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބުކްކުރާއިރު އައިޑީކާޑު ނަމްބަރު ކަށަވަރުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ބުކިންގ ހައްދާއިރު ކޮންމެ މީހަކަށްވެސް ބުކިން ހެއްދޭނީ 7 މީހުންނަށްކަން ނިއުޝާދު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓެންޓް މެނޭޖަރު ޕީއާރް އަހްމަދު މިމްރާހު ވަނީ، ކުޑަގިރިއަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތޫނު އެއްޗެއްސާއި އަދި ބާބަކިއު ހެދުމަށް ބޭނުންކުރާ އެއްޗެހިވެސް ގެންދިއުމަކީ މަނާކަމެއްކަމަށް ވިދާޅުވިއެވެ.

ކުޑަގިރިއަށް ދިއުމަށް ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާއެވެ. އަދި އެންޓްރެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާއެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކޮށްފައި އެއްބައެވެ. އެ ފީ ވެސް ނަގަނީ ސަރުކާރު ބަންދު ދުވަސްތައް ނޫން އެހެން ދުވަސްތަކުގައި ކުޑަގިރިއަށް ދާ ނަަމައެވެ.

ކުޑަގިރިއަށް މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ. ކުޑަގިރީގައި ފާޚާނާބަރި، ޗޭންޖިންގ ރޫމާއި ނަރސިންގ ރޫމްވެސް ގާއިމުކޮށްފައިވެއެވެ. އެ ނަރސިންގ ރޫމްގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން، މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން

23 ނޮވެމްބަރު 2017
ސީޕްލޭން ވެއްޓުމުން ކްރޫއިން އަމަލު ކުރީ އޮންނަ އުސޫލުގެ ތެރެއިން: އައިލެންޑް އޭވިއޭޝަން
19 އޮކްޓޯބަރު 2017

ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ

19 އޮކްޓޯބަރު 2017
ބަނޑޮސް އައިލެންޑް ރިސޯޓް ކައިރީގައި އޮތް ދޯންޏެއްގައި ރޯވެއްޖެ
22 ސެޕްޓެމްބަރު 2017

މިނިސްޓަރ ތޯރިޤް މާޝަލް އައިލެންޑްސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

22 ސެޕްޓެމްބަރު 2017
މިނިސްޓަރ ތޯރިޤް މާޝަލް އައިލެންޑްސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
05 ސެޕްޓެމްބަރު 2017

ރާއްޖެޓީވީއިން ފަށާ ޓެލެތޯންއަށް އެންމެ ފުރަތަމަ ފައިސާގެ އެހީ ހަވާލުކުރި ފަރާތަކީ ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

05 ސެޕްޓެމްބަރު 2017
ރާއްޖެޓީވީއިން ފަށާ ޓެލެތޯންއަށް އެންމެ ފުރަތަމަ ފައިސާގެ އެހީ ހަވާލުކުރި ފަރާތަކީ ސީޕާޓްނާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
20 ޖުލައި 2017

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
16 ޖޫން 2017

ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!

16 ޖޫން 2017
ސަމާ އައިލެންޑް ހާދިސާގައި އެކްސިޑެންޓްވި ދޯނީގެ ކައްޕީގެ ބަންދަށް އަނެއްކާ ވެސް 10 ދުވަސް ޖަހައި، ފަޅުވެރިން ޑީޕޯޓްކޮށްލަނީ!
03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
08 މެއި 2017

ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ

08 މެއި 2017
ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ
01 މެއި 2017

އައިލެންޑް ޕާލް ފަޅާލައި ހުޅުޖެހި ތުހްމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

01 މެއި 2017
އައިލެންޑް ޕާލް ފަޅާލައި ހުޅުޖެހި ތުހްމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް