Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުންގެ ތަމްރީން ޕްރޮގްރާމް

ފަނޑިޔާރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް: ދެވަނަ ބެޗްގެ ބައިވެރިން ހޮނިހިރު ދުވަހު ފުރަނީ

މިއީ ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށް އެ އެކަޑަމީން ތަމްރީނު ފޯރުކޮށްދޭ ދެވަނަ ފަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2023 | ބުރާސްފަތި 08:23
ތަމްރީނުގެ ދެވަނަ ބެޗުގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނާ ޖޭއެސްސީން ބައްދަލުކުރުން

ތަމްރީނުގެ ދެވަނަ ބެޗުގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނާ ޖޭއެސްސީން ބައްދަލުކުރުން

އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިއާގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބެޗް ހޮނިހިރު ދުވަހު ފުރާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިއާގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ޤާބިލްކަން އިތުރު ކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި، ދާއިރާގެ ޢިލްމާއި ތަޖުރިބާ ބަދަލު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ތަމްރީނުގެ ދެވަނަ ބެޗުގައި ބައިވެރިވެވަޑައިގަންނަވާ ފަނޑިޔާރުންނާ ޖޭއެސްސީން ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާ ހައިކޮމިޝަނުގެ ބައެއް ފަރާތްތަކާއި، އުއްތަމަ ފަނޑިޔާރު ޑރ.މުއުތަސިމް އަދުނާނާއި، ޖޭއެސްސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މިފަހަރުގެ ތަމްރީނު ޕްރޮގްރާމްގައި 50 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ. ދެވަނަ ބެޗުގެ ބައިވެރިން ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މި ތަމްރީނު މެދުވެރިކޮށް ޖުޑީޝަރީއާ ބެހޭ މައުލޫމާތުގެ އިތުރުން، ފަނޑިޔާރުންގެ ހުނަރުތައް ކުރިއެރުވުމާއި، ކޯޓު މެނޭޖްމަންޓާއި، ކޭސް މެނޭޖްމަންޓާއި، އައިސީޓީ މެދުވެރިކޮށް ޖުޑީޝަލް ޕްރޮސެސްތައް ކުރިއަށްދާ ގޮތާއި ގުޅޭ ތަމްރީނުތައް ފޯރުކޮށްދެވިގެންދާނެއެވެ.

މިއީ ދާއިރާއާއި ގުޅޭ ދިރާސާތައް އެކުގައި ކުރުމަށް މަގުފަހި ކުރުމުގެ މަޤްޞަދުގައި، ޖުޑީޝަލް ސާރވިސް ކޮމިޝަނާއި ނެޝަނަލް ޖުޑީޝަލް އިންސްޓިޓިއުޓް އޮފް އިންޑިއާ އާ ދެމެދު 2020 ވަނަ އަހަރު ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން ކުރިއަށް ގެންދެވޭ ދެވަނަ ތަމްރީން ޕްރޮގްރާމެވެ.

އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި އެ ކޮމިޝަނާމެދު 2020 ވަނަ އަހަރު ވެފައިވާ އެމްއޯޔޫއެއްގެ ދަށުން، މީގެ ކުރިންވެސް 49 ފަނޑިޔާރަކު އިންޑިއާގެ ބޯޕާލްއަށް ވަޑައިގެންފައިވެއެވެ.

އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއަކީ 1993 ވަނަ އަހަރު ޤާއިމުކޮށްފައިވާ އެކަޑަމީއެކެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައިވެސް އެ އެކަޑަމީން އިންޑިއާގެ އިތުރުން، އަވައްޓެރި ޤައުމުތަކުގެ ފަނޑިޔާރުން ތަމްރީނު ކުރަމުން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އަދި މިޔަންމާ ފަދަ ޤައުމުތައް ހިމެނޭކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ސަރުކާރުން ފެށި ރުއް އާލާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަ 1 މިލިއަން ރުއް ހުރީސް: ރައީސް ނަޝީދު

އެމްޑީޕީ ސަރުކާރުން ފެށި ރުއް އާލާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަ 1 މިލިއަން ރުއް ހުރީސް: ރައީސް ނަޝީދު

30 މެއި 2017
ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!

ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!

30 މެއި 2017
މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ

މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ

29 މެއި 2017
ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

22 އެޕްރީލު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު