Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮޑީ ބިލްޑް ކުރުން

ބޮޑީ ބިލްޑިންގގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ކުނި ހޮވަން ދިއުން ނޫން ގޮތެއް ނެތް

9 ފެބުރުއަރީ 2023 | ބުރާސްފަތި 06:17

ރޭގަނޑުގެ ވަގުތުތަކުގައި އޭނާއަކީ އެތައް ބައެއްގެ ތަލިން ކުޅު ހިއްކާލާ ވަރުގެ ބޮޑީ ބިލްޑަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 ފެބުރުއަރީ 2023 | ބުރާސްފަތި 06:17
ޢަލީ އަލް ޝަރްކަވީ؛ ބޮޑީ ބިލްޑަރ

ޢަލީ އަލް ޝަރްކަވީ؛ ބޮޑީ ބިލްޑަރ

އެކަކު އެހީ ނުވި ކަމުގައި ވީ ނަމަވެސް، ޢުއްމީދެއް ހާސިލުކޮށް، ހުވަފެންތަކުގައި އަސްލު ކުލަ ޖެއްސުމުގެ ޢަޒުމުގައި ހިތްވަރާއެކު ކުރިއަށް ގޮސް ކާމިޔާބީގެ މަންޒިލަށް ވާސިލުވާން ހުރި މީހަކީ ޚުދު އަމިއްލަ މީހާ ކަމީ ގިނަ ފަހަރަށް، ޤަބޫލު ކުރަން ޖެހިފައި އޮންނަ ހިތި ޙަޤީޤަތެކެވެ. ކުރިމަތިލާން ޖެހުނު އެފަދަ އެތައް ގޮންޖެހުމަކާއެކުވެސް އަމިއްލަ ފައިމައްޗަށް ތެދުވި، ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ދާ އޮހުރުވަމުން އެކަކީ މިޞްރުގެ ޒުވާން ބޮޑީ ބިލްޑަރ، ޢަލީ އަލް ޝަރްކާވީއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި އޭނާއަކީ އެތައް ބައެއްގެ ތަލިން ކުޅު ހިއްކާލާ ވަރުގެ ބޮޑީ ބިލްޑަރެކެވެ. ދުވާލުގެ ވަގުތުތަކުގައި އެއީ ކުނި ހޮވާ މީހެކެވެ. ބޮޑީ ބިލްޑިންގގެ ރޮނގުން ކުރިއަށް ދިއުމުގެ ވަރުގަދަ ޢަޒުމުގައި ހުރި ޝަރްކާވީއަށް މިއަދު އެނޫން ގޮތެއް ނެތެވެ. އޭނާ އެކަން ކުރަނީ، ބޮޑީ ބިލްޑިންގގެ ތަމްރީނުތަކަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތެއް ނެތިގެންނެވެ. އޭނާއަށް ސްޕޮންސަރއެއް ދޭނެ މީހަކު ނުވެގެންނެވެ.

ޣަރްބިއާގައި ދިރިއުޅެމުން އަންނަ 29 އަހަރުގެ ޒުވާނާގެ ދިރުއުޅުމުގެ ކަންކަން ހަމަޖެއްސުމަކީ މިއަދު އޭނާއަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ތަކުލީފެވެ. ސްޕޮންސަރއަކާ ނުލާ އެކަން ކުރުމަކީ ދަތި، އަދި އެހާމެ އުނދަގޫ ކަމެކެވެ.

ޝަރްކާވީގެ ހިތުގައި ކުޅިވަރަށް ލޯބި ޖެހުނީ ފުރާވަރު ޢުމުރުގެ ދުވަސްވަރުއެވެ. އޭގެ ފަހުން އޭނާއަކީ ސަރަޙައްދީ ފެންވަރުގެ އިތުރުން މިޞްރުގެ ޤައުމީ ފެންވަރުގައި ގިނަ ޗެމްޕިއަންޝިޕްތަކެއް ކާމިޔާބު ކޮށްފައި ވާ ކުޅަދާނަ ބޮޑީ ބިލްޑަރެކެވެ.

ކުނި ހޮވުމުގެ މަސައްކަތަކީ ފަހަރެއްގައި ހަޑި މަސައްކަތެއް ނޫނެވެ. ކުށަކަށް އަރައި ނުގަނެ، ޢަބުރުވެރި ދިރިއުޅުމެއް އުޅެވޭނަމަ ކޮންމެ ކަމަކީވެސް ޤަދަރުވެރި މަސައްކަތެކެވެ. ޝަރްކާވީގެ ޢުމުރުން އެންމެ 2 އަހަރުގައި އޭނާގެ ބައްޕަ މަރުވިއެވެ. ޔަތީމުވެފައިވާ ދަރިފުޅު ގޮވައިގެން ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޝަރްކާވީގެ މަންމަ، ކުނި ހޮވުމުގެ މަސައްކަތުގެ ތެރެއަށް ވަނެވެ. މާ ގިނަ ދުވަހެއް ނުވެ، ޝަރްކާވީވެސް އޭނާގެ މަންމައާއެކު ކުނި ހޮވުމުގެ މަސައްކަތުގެ ތެރެއަށް ވަނެވެ.

ބޮޑީ ބިލްޑިންގގެ ރޮނގުން ކުރިއަށް ދިއުމުގައި ޝަރްކާވީގެ ހިތްވަރަކަށް ވަނީ މިޞްރުގެ ވޯލްޑް ޗެމްޕިއަން އަދި 2 ފަހަރެއްގެ މަތިން މިސްޓަރ އޮލިމްޕިއާ ޗެމްޕިއަންކަން ހޯދި މަމްދޫހް އިލްސްބިއާއީ ނުވަތަ ބިގް ރެމީއެވެ. ޝަރްކާވީ އަދިވެސް ހުރީ ސްޕޮންސަރއެއް ލިބޭނެ ކަމުގެ ޢުއްމީދުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2022

ޕާކިސްތާނުގެ "މިނީ ބްރެޒީލް" ގެ ޢުއްމީދު، ޙަޤީޤަތަކަށް ވެދާނެބާ؟

05 ޑިސެމްބަރު 2022
ޕާކިސްތާނުގެ "މިނީ ބްރެޒީލް" ގެ ޢުއްމީދު، ޙަޤީޤަތަކަށް ވެދާނެބާ؟
16 ސެޕްޓެމްބަރު 2022

އުދުހޭ ސައިކަލު: "ހީވީ ސްޓަރ ވޯޒް ގެ ދުނިޔެ ޙަޤީޤަތަކަށް ވީ ހެން"

16 ސެޕްޓެމްބަރު 2022
އުދުހޭ ސައިކަލު: "ހީވީ ސްޓަރ ވޯޒް ގެ ދުނިޔެ ޙަޤީޤަތަކަށް ވީ ހެން"
24 އެޕްރީލު 2020

''ބޭހަދް-2'' ނުހެދުމަށް ނިންމާފައިވާ ޚަބަރު ދޮގުކޮށްފި

24 އެޕްރީލު 2020
''ބޭހަދް-2'' ނުހެދުމަށް ނިންމާފައިވާ ޚަބަރު ދޮގުކޮށްފި
08 މެއި 2019

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

08 މެއި 2019
ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
30 އޯގަސްޓު 2018

ޕްރިޔަންކާއާ އެކު ފިލްމެއް ހެދުމަށް ދަނީ ވާހަކަ ދެކެވެމުން: ވިޝާލް ބަރްދްވާޖް

30 އޯގަސްޓު 2018
ޕްރިޔަންކާއާ އެކު ފިލްމެއް ހެދުމަށް ދަނީ ވާހަކަ ދެކެވެމުން: ވިޝާލް ބަރްދްވާޖް
09 މެއި 2018

މެޓް ގާލާ 2018: ޕްރިޔަންކާ އާއި ދީޕިކާ ގެ ހެދުމަށް ސަމާލުކަން

09 މެއި 2018
މެޓް ގާލާ 2018: ޕްރިޔަންކާ އާއި ދީޕިކާ ގެ ހެދުމަށް ސަމާލުކަން
15 އެޕްރީލު 2018

މިއަހަރު ކޭންސް ފިލްމު ފެސްޓިވަލްގައި ދައްކާ ފުރަތަމަ ފިލްމަކަށް އެވްރިބޮޑީ ނޯސް

15 އެޕްރީލު 2018
މިއަހަރު ކޭންސް ފިލްމު ފެސްޓިވަލްގައި ދައްކާ ފުރަތަމަ ފިލްމަކަށް އެވްރިބޮޑީ ނޯސް
03 މެއި 2017

މެޓް ގާލާގެ ހެދުން ތަކުން ދީޕިކާ ޕަދުކޯންގެ ހެދުމަށް ޓްވިޓާގައި ތައުރީފް

03 މެއި 2017
މެޓް ގާލާގެ ހެދުން ތަކުން ދީޕިކާ ޕަދުކޯންގެ ހެދުމަށް ޓްވިޓާގައި ތައުރީފް
27 އެޕްރީލު 2017

ސަލްމާންހާންގެ 3 ބޮޑީގާޑުން ވަކިކޮށްފި

27 އެޕްރީލު 2017
ސަލްމާންހާންގެ 3 ބޮޑީގާޑުން ވަކިކޮށްފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް