Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަލްމާން ހާން

ސަލްމާންހާންގެ 3 ބޮޑީގާޑުން ވަކިކޮށްފި

ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަމިއްލަ މައުލޫމާތާއި އޭނާ އުޅޭގޮތުގެ ވާހަކަ މިޑިއާތަކަށް ދިން މައްސަލައެއްގައި ތުހުމަތު ކުރެވިގެން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 އެޕްރީލު 2017 | ބުރާސްފަތި 10:24
ސަލްމާން ހާން

ސަލްމާން ހާން

ސިއްރު އަމިއްލަ މައުލޫމާތުތަކެއް އާންމު ކޮށްގެން ފިލްމީތަރި ސަލްމާން ޚާންގެ ތިން ބޮޑީގާޑުން ވަކިކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާންގެ ތިން ބޮޑީގާޑުން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަމިއްލަ މައުލޫމާތާއި އޭނާ އުޅޭ ގޮތުގެ ވާހަކަ މިޑިއާތަކާ ހިއްސާކުރި މައްސަލައެއްގައި ތުހުމަތު ކުރެވިގެންނެވެ.

ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސަލްމާނަކީ އޭނާގެ މުއައްޒަފުންނަށް އިތުބާރުކުރާ އެމީހުންނަށް ރަނގަޅު މީހެކެވެ. އެހެންކަމުން އޭނާގެ އަމިއްލަ ވާހަކަތައް ވެސް އެމީހުން ތިއްބަސް އޭނާ ދައްކާ ކަމަށްވެއެވެ. އެހެންކަމުން އެމީހުން ވަކިކުރީ ބޮޑީ ގާޑުންނަށް ނޫނީ ނޭނގޭނެ ވާހަކަތައް އާންމުވާން ފެށުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ޚާންގެ ތިން ބޮޑީގާޑުން ވަޒީފާއިން ވަކިކޮށްފައިވާއިރު މީގެ ހަފްތާތަކެއްހާ ދުވަސްކުރިން ސަލްމާން ވަނީ އޭނާގެ މެނޭޖަރ ރެޝްމާ ޝޭޓީ ވެސް ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސަލްމާންގެ މެނޭޖަރު ރޭޝްމާ ޝެޓީ މަގާމުން ވަކި ކުރީ އާއިލީ ބައްދަލުވުންތަކާއި އެނޫން ވެސް ބައްދަލުވުންތައް އިންތިޒާމް ކުރުމުގައި ތަކުރާރުކޮށް އޭނާ ފަރުވާ ކުޑަކުރުމުގެ ސަބަބުންނެވެ. އަދި ރޭޝްމާގެ ފަރާތުން ވެސް ބައެއް މައުލޫމާތު މީޑިއާގައި އާންމުވަމުންދާތީ އެވެ.

ސަލްމާން ޚާންގެ ބޮޑީގާޑުންތަކެއް ވަކިކޮށްފައިވާއިރު އެކްޓަރ އާލިއާ ބަޓް ވެސް ވަނީ އޭނާގެ ބޮޑީގާޑުން ވަކިކޮށްފައެވެ. އާލިއާ އޭނާގެ ބޮޑީގާޑު ވަކި ކުރީ ރާބޮއެގެން ކާރު ދުއްވި ކަމަށް ބުނެއެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2025

މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ހިންގައިގެން ނެސްލޭގެ ސީއީއޯ ވަޒީފާއިން ވަކިކޮށްފި

02 ސެޕްޓެމްބަރު 2025
މުވައްޒަފަކާ އެކު ލޯބީގެ ގުޅުމެއް ހިންގައިގެން ނެސްލޭގެ ސީއީއޯ ވަޒީފާއިން ވަކިކޮށްފި
17 ފެބުރުއަރީ 2019

މުޅި ޕާކިސްތާން ކުށްވެރި ނުކޮށްގެން ކަޕީލް ޝަރްމާ ޝޯއިން، ސިއްދޫ ވަކިކޮށްފި

17 ފެބުރުއަރީ 2019
މުޅި ޕާކިސްތާން ކުށްވެރި ނުކޮށްގެން ކަޕީލް ޝަރްމާ ޝޯއިން، ސިއްދޫ ވަކިކޮށްފި
19 ޖޫން 2018

ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި

19 ޖޫން 2018
ސައުދީގެ މުނިފޫހިފިލުވުމާއިބެހޭ އިދާރާގެ ވެރިޔާ މަޤާމުން ވަކިކޮށްފި
11 މެއި 2017

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު