Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

އަޅުގަނޑުމެންނަކީ ވަކި ނަސްލަކާއި ދިމާކޮށްގެން އުޅޭބަޔަކަށް ހަދަން ފަށައިފިނަމަ ފަތުރުވެރިކަމަށް ލިބިފައި އޮތް ރީތިނަން ހަރާބުވާނެ: މިނިސްޓަރު ޝާހިދު

ރާއްޖެ އަބަދުވެސް ވާންވާނީ އެހެން ޤައުމުތަކަށް މަރުހަބާ ކިޔާ، އެހެން ޤައުމުތަކާއި ގުޅުން ބަދަހިކުރާ ޤައުމެއްގެ ގޮތުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ފެބުރުއަރީ 2023 | ބުރާސްފަތި 02:09
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަޅުގަނޑުމެންނަކީ ވަކި ބަޔަކާއި ނުވަތަ ވަކި ނަސްލަކާއި ދިމާކޮށްގެން އުޅޭބަޔަކަށް ހަދަން ފަށައިފިނަމަ ފަތުރުވެރިކަމަށް ލިބިފައި އޮތް ރީތިނަން ހަރާބުވެގެން ހިނގައިދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޓީސީއަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބުދަ ދުވަހުގެރޭ އޮތް ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް ވާންވާނީ އެހެން ޤައުމުތަކަށް މަރުހަބާ ކިޔާ، އެހެން ޤައުމުތަކާއި ގުޅުން ބަދަހިކުރާ ޤައުމެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ސިނާޢަތަކީ ފަތުރުވެރިކަންކަމަށްވީއިރު، އެހެން ޤައުމުތަކާއި، އެޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ދޭތެރޭ ކަންތައްތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތަކެއްވާ ކަމަށެވެ. އެގޮތުން، ރާއްޖެ އަބަދުވެސް ދެމި އޮންނަންވާނީ އެހެން ޤައުމުތަކަށް މަރުހަބާކިޔާ، އެހެން ޤައުމުތަކާއި ގުޅުން ބަދަހި ކުރާ ޤައުމެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ވޭތުވެދިޔަ 15 އަހަރު އެކުންފުނިން ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށްކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެކުންފުނީގެ ހިއްސާދާރުންނަށް ގެއްލުންވިޔަނުދިނުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ އެ ކުންފުންޏަށް ތައުރީފު ކުރައްވާ 2020 އަދި 2021 ވަނަ އަހަރު ވެސް ކުންފުންޏަކީ ހިއްސާދާރުންނަށް ފައިދާވާ ތަނަކަށް ހެދުމުން އެކަމަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިއްބެވީ ހަތަރު އަންހެން ބޭފުޅުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މުޖުތަމައުގައި އަންހެނުންނަށް ލިބެންޖެހޭ ފުރުސަތުތައް ހޯދައިދިނުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

15 އަހަރުގެ ތެރޭގައި އެޅޭ 15 ވަނަ ފަންގިފިލާއަކީ އެމްޑީސީގެ ފަހު ފަންގިފިލާއަށް ނުވުމަކީ އުންމީދު ކަމަށާއި ކުންފުނިން ކާމިޔާބީއާ ހަމައަށް ވާސިލްވީ މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު