Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލްގައި ގަކްޕޯ

ކޫމަން ގަބޫލުކުރާ ގޮތުގައި ގަކްޕޯ ލިވަޕޫލާ ގުޅުނީ މާ އަވަހަށް

ހަ މެޗުން ގަކްޕޯއަށް އަދި ގޯލެއް ނުޖެހޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 ފެބުރުއަރީ 2023 | ބުދަ 15:53
ކޯޑީ ގަކްޕޯ ޗެލްސީއާ ދެކޮޅަށް ކުޅެނީ

ކޯޑީ ގަކްޕޯ ޗެލްސީއާ ދެކޮޅަށް ކުޅެނީ

ވަރލްޑްކަޕްގައި ވިދާލި ނެދަލެންޑްސްގެ ފޯވާޑް ކޯދީ ގަކްޕޯ ލިވަޕޫލާ ގުޅުނީ މާ އަވަހަށްކަމަށް, ނެދަލެންޑްސްގެ ގައުމީ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ވަރލްޑްކަޕަށްފަހު ނެދަލެންޑްސް ކޯޗުކަމާ އަލުން ހަވާލުވި ކޫމަން ބުނީ އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި ގަކްޕޯ ލިވަޕޫލާ ގުޅުނީ އެންމެ ރަނގަޅު ވަގުތުގައި ނޫންކަމަށެވެ. އަދި އޭނާއަށް ވިސްނޭ ގޮތުގައި 23 އަހަރުގެ ފޯވާޑް ލިވަޕޫލާ ގުޅުން އަވަސްކަމަށް ކޫމަންއާ ހަވާލާދީ ރިޕޯރޓްކޮށްފައިވެއެވެ. ގަކްޕޯ ލިވަޕޫލާ ގުޅުނީ ޖެނުއަރީ ޓްރާންސްފާގައެވެ. މިހާތަނަށް ކުޅުނު ހަ މެޗުން ގޯލެއް ނުޖެހެއެވެ. ލީގުގައި ތިން މެޗު އެފްއޭކަޕްގައި ތިން މެޗު ވަނީ ކުޅެފައެވެ. ލިވަޕޫލްވެސް އޮތީ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ލީގުގައި ލިވަޕޫލް އޮތީ 29 ޕޮއިންޓާއެކު 10 ވަނައިގައެވެ.

ކޫމަން ފާހަގަކުރީ ރަނގަޅު ހާލަތެއްގައި ލިވަޕޫލް ނެތީސް އެޓީމާ ގަކްޕޯ ގުޅުމެވެ. ގައުމީ ކޯޗު ބުނީ ލަނޑު ނުޖެހޭނަމަ ކުޅުންތެރިޔާގެ މުހިއްމުކަމެއް ނެތްކަމަށާއި, އެހާލަތުގައި ޓީމް މޮޅުވެސް ނުވާނެކަމަށެވެ. އެފަދަ ހާލަތަކީ ޚާއްޞަކޮށް ޒުވާން ކުޅުންތެރިންނަށް އުނދަގޫ ހާލަތެއްކަން ކޫމަން ފާހަގަކުރިއެވެ. އޭނާ ބުނީ ތަޖުރިބާއާއެކު ހުރި 28 ހަކަށް އަހަރުގެ ކުޅުންތެރިއްގެ ހާލަތު ތަފާތުވާނެކަމަށެވެ.

ގަކްޕޯ ލިވަޕޫލަށް ބަދަލުވީ ރަނގަޅު ފޯމެއްގައި ހުރެއެވެ. ވަރލްޑްކަޕްގައި ހަ މެޗުން ތިން ގޯލް ގައުމީ ޓީމަށް ޖެހިއެވެ. ނެދަލެންޑްސް ލީގުގައި ޕީއެސްޖީ އަށް ކުޅުނު 14 މެޗުން ނުވަ ގޯލް ޖަހާ 12 ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނެވެ.

އިތުރަށް ކިޔާލަން

20 ޖުލައި 2017

މިގޮތުގައި ކުރިއަށްދާން ޖެހޭ: ސެކުލޮސްކީ

20 ޖުލައި 2017
މިގޮތުގައި ކުރިއަށްދާން ޖެހޭ: ސެކުލޮސްކީ
25 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި

25 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި
17 ޖޫން 2017

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް

17 ޖޫން 2017
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް
29 މެއި 2017

އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ

29 މެއި 2017
 އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު